މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓު ހުށަނާޅަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީން

މި އިންތިހާބުގައި އެމްޑީޕީ އަދި ޕީއެންސީގެ ދިދަތަކެއް ދަމާފައި: ގިނަ

މި އިންތިހާބުގައި އެމްޑީޕީ އަދި ޕީއެންސީގެ ދިދަތަކެއް ދަމާފައި: ގިނަ

މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓު ހުށަނާޅަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނީ އަދާލަތު ޕާޓީ އާއި އެމްއެންޕީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން އޮޑިޓު ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ސިޔާސީ ޕާޓީތަކުގެ އޮޑިޓު ރިޕޯޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިދިޔަ މެއި 20، އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އޮޑިޓު ރިޕޯޓުތަކަށް ބަލާއިރު، މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެ ޕާޓީ އެމްޑީޕީ އަދި ޕީއެންސީންނެވެ.

އިދިކޮޅު އެމްޑީޕީއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރެއިން ބޮޑު ބަޔަކީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދިން 8.4 މިލިއަން ރުފިޔާ އެވެ. އެ ޕާޓީގެ މިދިޔަ އަހަރުގެ އާމްދަނީގެ ތެރޭގައި ދެން ހިމެނެނީ އާންމު ފަރުދުންގެ ފަރާތުން އެހީގެ ގޮތުގައި ލިބުނު އެއް މިލިއަން ރުފިޔާ އާއި ކުންފުނިތަކުން އެހީގެ ގޮތުގައި ލިބުނު 57،095ރ. އެވެ.

އެމްޑީޕީއަށް މިދިޔަ އަހަރު ލިބުނު ޖުމުލަ އާމްދަނީގެ ތެރެއިން އެ ޕާޓީން ހަރަދުކޮށްފައި ވަނީ 8.3 މިލިއަން ރުފިޔާ އެވެ. އެންމެ ބޮޑު ހަރަދެއް އެމްޑީޕީން ކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. މުސާރަ އާއި އިނާޔަތްތަކަށް އެމްޑީޕީން މިދިޔަ އަހަރު 3.1 މިލިއަން ރުފިޔާ ހަރަދުކުރިއިރު، ކުއްޔަށް 1.5 މިލިއަން ރުފިޔާ އެ ޕާޓީން ހަރަދުކޮށްފައިވެ އެވެ.

ވެރިކަން ކުރާ ޕީއެންސީއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 14.1 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 13.3 މިިލިއަން ރުފިޔާއަކީ އިލެކްޝަންސް ކޮމިޝަނުން ލިބުނު ފައިސާ އެވެ. ބާކީ 842،000ރ. އަކީ އަމިއްލަ ފަރާތްތަކުން އެހީގެ ގޮތުގައި ދީފައިވާ ފައިސާ އެވެ.

ޕީއެންސީއަށް ލިބުނު ޖުމުލަ އާމްދަނީގެ ތެރެއިން އެ ޕާޓީން މިދިޔަ އަހަރު ހަރަދުކޮށްފައި ވަނީ 9.1 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 8.8 މިލިއަން ރުފިޔާ ޕީއެންސީން ހަރަދުކޮށްފައި ވަނީ އިދާރީ ކަންކަމަށެވެ. ޕާޓީ ޕްރޮމޯޓު ކުރުމަށް 376،062ރ. ޕީއެންސީން ހަރަދުކޮށްްފައިވެ އެވެ.

ޕީއެންސީން މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ކުއްޔަށެވެ. މިދިޔަ އަހަރު އެ ޕާޓީން ކުއްޔަށް 3.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ ޕާޓީގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ހަރަދުކޮށްފައި ވަނީ 2.3 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox