ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް މި ހަފުތާ ތެރޭގައި ޑިޖިޓަލްކޮށް ގޯތި ހަވާލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް މުއްތަލިބު ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް މުއްތަލިބު ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް މި ހަފުތާ ތެރޭގައި ގޯތި ހަވާލުކޮށް ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ މިދިޔަ ސަރުކާރުން ފެށި ހުރިހާ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންދިޔުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

އެގޮތުން، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް މި ހަފުތާ ތަރޭގައި ޑިޖިޓަލްކޮށް ގޯތި ހަވާލުކޮށް ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

Advertisement

"މިހާރު ގުޅީފަޅުގެ މަސައްކަތް ނިންމައި، ގުޅީފަޅުން އިރާދަކުރެއްވިއްޔާމުން މި ހަފުތާގެ ތެރޭގައި އަޅުގަނޑުމެން މި ބަލަނީ ގޯތި ދެވެން ހުރި ހުރިހާ ފަރާތްތަކަށް ވެސް އެ ޑިޖިޓަލް ގޮތަށް އެ ބޭފުޅުންގެ ގޯތި ސީދާ ފެންނަ ގޮތަށް ބަލާފައި އެ ބޭފުޅުންގެ ގޯއްޗާ ހަވާލުވުމުގެ ފުރުސަތު ދޭން، އަދި، އެ ތަނުގެ ވަށާ ފާރު ރޭނުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ހުޅުވައިލަން،" މުއްތަލިބު ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތަކެއް ގެނެސް، އެތަނުން 3,520 ގޯތި ދޫކުރުމަށް ނިންމާފައެވެ. މީގެ ތެރޭގައި ކުރިން ގިރާވަރުފަޅުން ދޭން ނިންމި 1,114 ގޯތި ވެސް ހިމެނެއެވެ.

އެ ތަނުން ގޯތި ލިބުނު ހުރިހާ އެންމެންނަށް ގޯތި ހަވާލުކޮށް އަދިވެސް ނުނިމެ އެވެ. އެ މަސައްކަތް ލަސްވަނީ ގުޅީފަޅަކީ ބޮޑު ސަރަހައްދަކަށް ވެފައި، އެތަނުގައި އެއްގަމު ދަތުރުފަތުރުގެ ދަތިކަން ހުރުމުން ކަމަށް މީގެ ކުރިން މުއްތަލިބު ވިދާޅުވެފައިވެ އެވެ. އެކަން ހައްލު ކުރުމަށްޓަކައި ގުޅީފަޅަށް ބަހެއް ގެންގޮސްގެން އެ މަސައްކަތް ހަލުވި ކުރާނެ ކަމަށް ވެސް އޭރު މުއްތަލިބު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ހުޅުމާލެ ތިންވަނަ ފިޔަހިން ދޫކޮށްފައި ހުރި ހުރިހާ ގޯއްޗެއް ގާތްގަނޑަކަށް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އަދި، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިރާވަރުގެ އަދި އިތުރަށް 50 ވރަކަށް ހެކްޓަރުގެ ބިން ހިއްކަން އެބައޮތް، މިއީ މިޑްލް އީށްޓް ކްރައިސިސްއާ އެއްކޮށް އޭރުގައި ހިނގަމުން އައި މަސައްކަތް މަޑުޖެހިފައި އަނެއްކާ ވެސް މި މަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.

ގިރާވަރު ފަޅު ހިއްކައި ނިމުމުން، އެ ތަނުން ގޯތި ލިބުނު މީހުންނަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން އެމްއެފްއެމްސީ އާ ހަވާލުކޮށްގެން ގިރާވަރު ހިއްކުމުގެ މަސައްކަތް ފަށައި 54 ހެކްޓަރުގެ ބިން ހިއްކި އެވެ. ނަމަވެސް އެ މަސައްކަތް ފަހުން ހުއްޓި، މި ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްގެން އެ މަޝްރޫއު ހަވާލުކޮށްގެން ބާކީ ނުހިއްކިހުރި 97 ހެކްޓަރުގެ ބިން ހިއްކަން ފެށީ ޖެނުއަރީ 31، 2025، ގަ އެވެ.

  ގިރާވަރުފަޅު ހިއްކައި ނިންމުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ދިން ތާރީހަކީ މިދިޔަ ފެބްރުއަރީގެ ނިޔަލަށެވެ. ނަމަވެސް އެ ތާރީހަށް ގިރާވަރުފަޅު ހިއްކައި ނުނިންމުމުން، މާޗު 21، ގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އޭޕްރިލްގެ ނިޔަލަށް އެ ތަން ހިއްކައި ނިންމާނެ ކަމަށެވެ.

އެ މަސައްކަތް ނިންމަން ސަރުކާރުން އެންމެފަހުން ދީފައި އޮތް ތާރީހަކީ މިދިޔަ މެއި 31، އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox