ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ 105 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ފޮނުވައިފި

ޗައިނާގެ ކޮމިއުނިސްޓު ޕާޓީއަށް ރާއްޖޭގެ ސިޔާސީ ޕާޓިތަކުން ފޮނުވި ސިޓީތައް

ޗައިނާގެ ކޮމިއުނިސްޓު ޕާޓީއަށް ރާއްޖޭގެ ސިޔާސީ ޕާޓިތަކުން ފޮނުވި ސިޓީތައް

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީގެ 105 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެ ޕާޓީއަށް ފޮނުވައިފި އެވެ. 

ކޮމިއުނިސްޓު ޕާޓީއަށް ތަހުނިޔާގެ ސިޓީ ފޮނުވި ޕާޓިތަކުގެ ތެރޭގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހިމެނެ އެވެ. މި ސިޓީތަކުގައި ސޮއިކޮށްފައިވަނީ އެ ޕާޓީތަކުގެ ލީޑަރުންނެވެ. 

އޭގެ އިތުރުން، ޖުމްހޫރީ ޕާޓީ (ޖޭޕީ)، އަދާލަތު ޕާޓީ (އޭޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ހިމެނެ އެވެ. 

އެ ސިޓީތަކުގައި ވަނީ ކޮމިއުނިސްޓު ޕާޓީގެ ދަށުން ޗައިނާގެ ރައްޔިތުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް ޗައިނާގެ ރައީސް އަދި އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ޝީ ޖިންޕިންއަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ޝީގެ ތަރައްގީގެ ފަލްސަފާ އާއި ހަތަރު ގްލޯބަލް އިނީޝިއޭޓިވްސް ފުރިހަމައަށް ބަލައިގަންނަކަން ރާއްޖޭގެ ޕާޓީތަކުން ހާމަކޮށްފައިވާ ކަމަށް ކޮމިއުނިސްޓު ޕާޓީން ބުނެފައިވެ އެވެ.

ހަމައެހެންމެ، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމަށް އިސްކަންދެއްވައި، ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ޕާޓީތަކުގެ މެދުގައި އެއްބާރުލުން ދިނުން އިތުރަށް ބަދަހިކުރުމަށް އުންމީދުކުރާ ކަމަށް ރާއްޖޭގެ ޕާޓީތަކުން ވަނީ ބުނެފަ އެވެ. 

ޗައިނާގެ 18 އަހަރު ފުރިފައިވާ އާބާދީގެ އަށް ޕަސެންޓު މީހުންނަކީ ކޮމިއުނިސްޓު ޕާޓީގެ މެމްބަރުންނެވެ. މިވަގުތު 101 މިލިއަނަށް ވުރެ ގިނަ މެމްބަރުން އެ ޕާޓީގައި އެބަތިއްބެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox