ދިރާގުގެ ސީއީއޯގެ މަގާމަށް ދެކުނު އެފްރިކާގެ ވަލްޑޭ

Jul 2, 2026, 12:12 PM
ދިރާގުގެ އާ ސީއީއޯ ވަލްޑެމާ ފެރަޑާޒް. އޭނާ ވަނީ 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މުއާސަލާތީ ދާއިރާގައި ހިދުމަތް ކުރައްވާފައި

ދިރާގުގެ އާ ސީއީއޯ ވަލްޑެމާ ފެރަޑާޒް. އޭނާ ވަނީ 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މުއާސަލާތީ ދާއިރާގައި ހިދުމަތް ކުރައްވާފައި

ރާއްޖޭގައި ފުޅާ ދާއިރާގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި އިސްމާއިލް ރަޝީދު ރިޓަޔާ ކުރައްވާތީ އެ މަގާމު ފުރުއްވުަމަށް ދެކުނު އެފްރިކާގެ ވަލްޑެމާ ފެރަޑާޒް (ވަލްޑޭ) އެ ކުންފުންޏާ ގުޅިއްޖެ އެވެ. 

ރާއްޖެއަށް އެކި ދާއިރާތަކުން 40 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އިސްމާއިލް ރިޓަޔާކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވީ އިއްޔެ އެވެ. އޭނާ ރިޓަޔާ ކުރައްވާތީ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓްގެ ގޮތުގައި އިއްޔެއިން ފެށިގެން ވަލްޑޭ ވަނީ ހަމަޖައްސާފަ އެވެ. 

އޭނާ ދިރާގާ ގުޅުނީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ލީޑަޝިޕް ތަޖުރިބާއާއެކު އެވެ. އޭނާ ވަނީ އެފްރީކާ، ޔޫރަޕް، އޭޝިއާ އަދި ކެރިބިއަންގެ މުއާސަލާތީ ދާއިރާގައި ހިދުމަތްކޮށްފަ އެވެ.  

"ވަލްޑޭ ވަނީ ތަރައްގީވެފައިވާ މާކެޓުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގައި ޓެލެކޮމް ވިޔަފާރިތައް ބިނާކުރުމާއި، ކުރިއެރުވުމާއި، އަދި ޒަމާނީ ބަދަލުތައް ގެނައުމުގައި ނަމޫނާ ދައްކަވައި، މި ދާއިރާގައި ޝަރަފުވެރި ކެރިއަރެއް ބިނާކުރައްވައިފައި،" ދިރާގުން ބުނެފައިވެ އެވެ. 

ދެކުނު އެފްރިކާގެ ފުރަތަމަ މޯބައިލް ނެޓްވޯކް ތައާރަފުކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރެއްވި އެވެ.  އޭގެ އިތުރުން، އެމްވީއެންއެކްސް، ޑިޖިސެލް، ސެލް ސީ، ޓެލްކޮމް މޯބައިލް އަދި ވޮޑަފޯން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ސީނިއާ ލީޑަޝިޕް މަގާމުތައް އޭނާ ފުރުއްވި އެވެ.

 މި އިންތިގާލީ މަރުހަލާގައި އިސްމާޢިލް އާއެކު ވާލްޑޭ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ދިރާގުން ބުނެ އެވެ. ދިރާގުން އިސްކަންދޭ ކަންތައްތަކާއި، ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި، ދިގު މުއްދަތުގެ މިސްރާބަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރިޓަޔާކުރައްވަނީ

ދިރާގަށް 40 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު، އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ. އޭނާގެ ބަދަލުގައި ސީއީއޯގެ މަގާމަށް، ބައިނަލްއަގްވާމީ ތަޖުރިބާލިބިފައިވާ ވަލްޑެމާ ފެރަޑާޒް މިހާރު ވަނީ އައްޔަންކޮށްފައެވެ. މި ބަދަލާއެކުވެސް ކުންފުނީގެ އަމާޒުތަކާއި މިސްރާބަށް ބަދަލެއް ނާންނާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ 52 ޕަސެންޓު ހިއްސާ އޮންނަނީ ބަހުރެއިންގެ ކުންފުންޏެއް ކަމަށްވާ ބިޔޯންގެ ދަށުގަ އެވެ. ދިވެހި ސަރުކާރުގެ 42 ޕަސެންޓު ހިއްސާ އޮންނައިރު އާންމު ހިއްސާދާރުން އެ ކުންފުނީގެ ހަ ޕަސެންޓު ކޮންޓްރޯލް ކުރެ އެވެ. 

ދިރާގުން ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަތާ 36 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކަށް 2008 ވަނަ އަހަރުން ނިމުނުއިރު އެ ކުންފުނީގެ ހިދުމަތް ލިބެ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox