ބީއެމްއެލްގެ ޑޮލަރު ކޮންޓްރޯލްތަކަށް މި މަހުގެ ފަހުކޮޅު ލުޔެއް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރައީސް މުއިއްޒު އާއީ ބީއެމްއެލްގެ ޗެއާޕާސަން ހަބީބާއި ސީއީއޯ ޝަރީފު: ބޭންކުން ޑޮލަރު މުއާމަލާތްތައް ލިމިޓުކުރީ ޓޫރިޒަމް ހީނަރުވެ، ޑޮލަރު ތާށި ވުމުން --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އާއީ ބީއެމްއެލްގެ ޗެއާޕާސަން ހަބީބާއި ސީއީއޯ ޝަރީފު: ބޭންކުން ޑޮލަރު މުއާމަލާތްތައް ލިމިޓުކުރީ ޓޫރިޒަމް ހީނަރުވެ، ޑޮލަރު ތާށި ވުމުން --- ފޮޓޯ: ރައީސް އޮފީސް

ރުފިޔާ ކާޑުތަައް ބޭނުންކޮށްގެން ޑޮލަރުން ކުރާ މުއާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނައި ކޮންޓްރޯލްތަކަށް މި މަހުގެ ފަހު ކޮޅު ލުޔެއް ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްއިން މި ކޮންޓްރޯލްތައް ކަނޑައެޅީ، އިރާނު ހަނގުރާމައާ ގުޅިގެން ކުރިން ލިބޭ ވަރަށް ޑޮލަރު ނުލިބޭ ކަމަށް ބުނެ އެވެ. މި ގޮތުން ބޭންކުން ވަނީ ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބައެއް ސައިޓުތަކަށް ޑެއިލީ ލިމިޓެއް ކަނޑައަޅާ، އެ ސައިޓުތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ފަށާފަ އެވެ. 

ރައީސް އޮފީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ މި މަސް ނިމޭހާ ތަނުގައި ލުއިކޮށްދޭނެ ކަމަށް ބޭންކުން އިޝާރާތްކޮށްފައިވާ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ދިމާވާތީ، ހަމަ މިހާރު ކުޑަކޮށް ލިމިޓު ކޮށްލައިގެން އުޅެނީ. އެހެން ނަމަވެސް އަޅުގަނޑު އިއްޔަގަ ބޭންކަށް ރައީސް އޮފީހުން މައުލޫމާތު ހޯދަން ބެލިއިރުގަ، މި މަސް ނިމޭ ހިސާބުގަ އަނެއްކާ ވެސް ވަރަށް ބޮޑު ތަނުން ލުއި ކޮށްދޭން ކަމުގެ އިޝާރާތްކުރައްވާފަ ވަނީ،" އެމަނިކުފާނު ވިދާޅުވި އެވެ. 

ބީއެމްއެލްގެ ޑޮލަރު ލިމިޓުތަކާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެފަ ވާއިރު، ބީއެމްއެލްއިން ބުނި ސައިޓުތައް ނޫން ސައިޓުތަކަށް ފައިސާ ނުދެއްކޭ ކަމަށް ވެސް މީހުން އަންނަނީ ބުނަމުންނެވެ. މިކަމުގައި އެ ބޭންކުން ދޭ ޖަވާބަކީ އަލުން ފައިސާ ދެއްކޭތޯ މަސައްކަތް ކުރުމަށެވެ. 

ޑޮލަރު ކޮންޓްރޯލްތަކަށް ލުޔެއްދޭ ކަމުގެ ވާހަކަތަކެއް ދެކެވެން މި ފެށީ އިރާނު  ހަނގުރާމައާ ގުޅިގެން ޓޫރިޒަމަށް އައި ލޮޅުން މައިތިރިވެ، ޓޫރިސްޓުން އަންނަ އަދަދު އުފުލެން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. 

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި މަހުގެ 29 ދުވަހުގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އިތުރުވެފަ އެވެ. 

މިއީ މާޗު އަދި އޭޕްރިލްގައި އައި ބޮޑު ވެއްޓުމަށް ފަހު، ޓޫރިސްޓު ނަމްބަރުތައް އިތުރުވީ ފުރަތަމަ މަހެވެ. 

ބީއެެމްއެލްއިން ބުނާ ގޮތުގައި އެ ބޭންކުން ދިވެހި ރުފިޔާ ކާޑުތަކަށް ވިއްކާ ޑޮލަރަކީ ޓޫރިސްޓުންގެ ކާޑުތަކުން ކުރާ މުއާމަލާތްތަކުން އެ ބޭންކަށް ލިބޭ ޑޮލަރެވެ. އެހެންކަމުން ޓޫރިސްޓުން އިތުރުވެ، ކާޑުތަކުން ކުރާ މުއާމަލާތްތައް އިތުރުވާ ވަރަކަށް އެ ބޭންކަށް ވަންނަ ޑޮލަރު އިތުރު ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox