މެސީގެ ވެސް ރެކޯޑެއް، ޗެމްޕިއަން އާޖެންޓީނާ އިން ފުރިހަމަ ރެކޯޑަކާ އެކު ނޮކައުޓް ބުރަށް

Jun 28, 2026, 9:00 AM
ޖޯޑަން ކޮޅަށް ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ

ޖޯޑަން ކޮޅަށް ލަނޑު ޖެހުމަށް ފަހު މެސީ އުފާފާޅުކުރަނީ

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 28) - ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން 3-1 އިން ޖޯޑަން ބަލިކޮށް ފުރިހަަމަ ރެކޯޑަކާ އެކު، މި ފަހަރުގެ މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކޮށްފި އެވެ. 

އާޖެންޓީނާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުން މޮޅުވެގެން ނޮކައުޓް ބުރުން ފުރުސަތު ހޯދި ތިން ވަނަ ޓީމެވެ. މީގެ ކުރިން، މެކްސިކޯ އާއި ފްރާންސުން ވެސް ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. 

އެ ގޮތުން، އާޖެންޓީނާ އިން ލިއޮނަލް މެސީގެ ހެޓްރިކާ އެކު، 3-0 އިން ފުރަތަމަ މެޗުގައި އަލްޖީރިއާ ބަލިކުރި އެވެ. އަދި، ދެ ވަނަ މެޗުގައި މެސީގެ ދެ ލަނޑާ އެކު، އޮސްޓްރިއާ އަތުން މޮޅުވި އެވެ. އަދި، މެސީ، ފުރަތަމަ އެގާރައިގައި ނުހިމަނައި ކުޅުނު މެޗުގައި ޖޯޑަން ބަލިކޮށް ނުވަ ޕޮއިންޓް ހޯދި އެވެ.

ޖޯޑަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ލޮ ސެލްސޯ އުފާފާޅުކުރަނީ.
ޖޯޑަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ލޮ ސެލްސޯ އުފާފާޅުކުރަނީ.

މި ގްރޫޕްގެ އަނެއް މެޗުގައި އަލްޖީރިއާ އާއި އޮސްޓްރިއާ ވަނީ 3-3 އިން އެއްވަރުވެފަ އެވެ. އެއާ އެކު ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި އޮސްޓްރިއާ އަދި ތިން ވަނަ ޓީމުގެ ގޮތުގައި އަލްޖީރިއާ އަށް ވަނީ އަނެއް ބުރުން ފުރުސަތު ލިބިފަ އެވެ. 

އާޖެންޓީނާ އިން ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅުނު މެޗުގައި 19 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ، ހިލޭ ޖެހުމަކުން ޖިއޮވާނީ ލޮ ސެލްސޯ ޖެހި ގޯލެކެވެ. އޭގެ ކުރިން ލޮ ސެލްސޯ ޖެހި ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އާޖެންޓީނާ އިން ފުރަތަަމަ ހާފުގައި ދެ ވަނަ ގޯލެއް ޖަހައި، ލީޑުފުޅާކުރިއިރު، މިއީ ޕެނަލްޓީ އަކުން ލައުޓާރޯ މާޓިނޭޒް ޖެހި ގޯލެކެވެ. މި ޕެނަލްޓީ އަކީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ދިން ޕެނަލްޓީ އެކެެވެ. 

ދެ ވަނަ ހާފަށް ކުޅެން އަރައި، ޖޯޑަން އިން ކުރި އެޓޭކެއްގައި ތަނަވަސްވި ފުުރުސަތެއްގައި އެ ޓީމުން ލަނޑު ޖެހި އެވެ. މިއީ، މެޗުގެ 55 ވަނަ މިނިޓްގައި އެހްސާން ހައްދާދު ދިން ބޯޅައަކަށް އަރައި، މޫސާ ތަމާރީ ޖެހި ގޯލެކެެވެ. 

ބަދަލަަަކަށް ކުޅެން އެރި މެސީ ވަނީ 80 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އާޖެންޓީނާގެ ތިން ވަނަ ގޯލު ޖަހައިފައެވެ. މިއީ، ވޯލްޑް ކަޕްގައި މެސީ ޖެހިޖެހިގެން ލަނޑު ޖެހި ހަތް ވަނަ މެޗެވެ. މިއީ ވެސް ރެކޯޑެކެވެ. މިއީ، ވޯލްޑް ކަޕްގައި މެސީގެ 19 ވަނަ ގޯލެވެ. މި ފަހަރުގެ މުބާރާތުގައި ހަ ވަނަ ގޯލެވެ. 

އަލްޖީރިއާ ކޮޅަށް އޮސްޓްރިއާގެ ދެ ވަނަ ލަނޑު ޖެހި ސަބިޓްޒާ އުފާފާޅުކުރަނީ
އަލްޖީރިއާ ކޮޅަށް އޮސްޓްރިއާގެ ދެ ވަނަ ލަނޑު ޖެހި ސަބިޓްޒާ އުފާފާޅުކުރަނީ

މި ގްރޫޕްގެ އަނެއް މެޗުގައި އޮސްޓްރިއާ އިން ލީޑުނެގީ، 28 ވަނަ މިނިޓްގައި ޑޭވިޑް އަލަބާ ނެގި ހުރަހަކަށް އަރައި މާކޯ އާނައުޓޮވިޗް ޖެހި ގޯލެކެވެ. އެކަމަކު، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އަލްޖީރިއާގެ ރަފީކް ބެގާލީ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލުން އެ ޓީމުން އެއްވަރުކުރި އެވެ. 

ދެ ވަނަ ހާފުގެ ކުޅުން ފެށިތާ، 10 މިނިޓް ތެރޭ ކޮންރަޑް ލައިމާ ދިން ބޯޅައަކުން މާސެލް ސަބިޓްޒާ ވަނީ ގޯލެއް ޖަހައި އޮސްޓްރިއާ އަށް އަލުން ލީޑުނަގައިދީފަ އެވެ. އެކަމަކު، ލީޑު ހިފަހައްޓައިލެވުނީ ފަސް މިނިޓެވެ. އަލްޖީރިއާގެ ތަރި، ރިޔާދު މާރޭޒް ވަނީ ލިބުނު ފުރުސަތުގައި ގޯލު ޖަހައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި، މާރޭޒް ވަނީ ފަހުން ލަނޑެއް ޖަހައި، އަލްޖީރިއާ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު ފަހު ވަގުތު، ސާސާ ކަލަޑްޒިޗް ވަނީ ގޯލު ޖަހައި އެއްވަރުކޮށް އޮސްޓްރިއާ އަނެއް ބުރަށް ގެންގޮސްދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox