ވޭވަށު ފެނަކަ ބްރާންޗުން 12 މުވައްޒަފުން ވަކިކޮށްފި

ފެނަކަ ވޭވަށް ބްރާންޗް: އެ ބްރާންޗުން 12 މުވައްޒަފުން ވަނީ ވަކިކޮށްފައި

ފެނަކަ ވޭވަށް ބްރާންޗް: އެ ބްރާންޗުން 12 މުވައްޒަފުން ވަނީ ވަކިކޮށްފައި

މ. ވޭވަށް ފެނަކަ ބްރާންޗުން 12 މުވައްޒަފުން ވަކިކުރަން ނިންމައި، އެ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ހަވާލުކޮށްފި އެވެ. 

ވޭވަށު ފެނަކަ ބްރާންޗުން ވަކިކުރި މުވައްޒަފުންނަށް ފޮނުވި ލިޔުމުގައިވާ ގޮތުން އެ މުވައްޒަފުން ވަކިކުރީ މ. އަތޮޅުގެ ރަށްތަކުގެ އޮޕަރޭޝަން ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމުމާ ގުޅިގެން، ސްޓެލްކޯއަށް މުވައްޒަފުން ނެގުމަށް އެ ކުންފުނިން ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮސެސްއަށްފަހު އެވެ. 

އެ ސްކްރީނިން ޕްރޮސެސް އިން ހޮވުނު މުވައްޒަފުންގެ ތެރޭގައި އެ 12 މުވައްޒަފުން ނުހިމެނޭތީ، އެ މުވައްޒަފުން ވަކިކުރަން ފެނަކައިން ނިންމީ ކުންފުނީގެ ރިޑަންޑަންސީ އުސޫލުގެ ދަށުން ކަމަށް ފެނަކައިން ބުންޏެވެ. 

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ރިޑަންޑަންސީ އުސޫލުގެ ދަށުން ދެ މަސް ދުވަހުގެ ނޯޓިސްއަށްވާ ފައިސާ ދިނުމަށްފަހު އެވެ.  ވަކިކުރި މުވައްޒަފުންގެ ތެރޭގައި ގިނައީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މީހުންނެވެ. 

ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 33 ޕަސަންޓު މުވައްޒަފުން ވަކިކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާއެކުވެސް ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ވަކިކުރަމުންނެވެ. އޭގެ ތެރޭގައި ކުންފުނިތަކަށް ގިނަ ދުވަހު ހިދުމަތްކުރި ތަޖުރިބާކާރު މުވައްޒަފުން ހިމެނެ އެވެ. 

މީގެއިތުރުން ސިޔާސީ ގޮތުންވެސް އެސްއޯއީތަކުން މުވައްޒަފުން ދަނީ ކަނޑަމުންނެވެ. އެގޮތުން މި އަހަރު މިހާތަނަށް ޖުމްލަ 14 މީހުން ކަނޑާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިދިކޮޅު އެމްޑީޕީއަށް ތާއީދުކޮށްގެން ކަނޑާލި މީހުންނެވެ. 

އެސްއޯއީތަކުން މުވައްޒަފުން ކަނޑަމުންދާތީ އެކަމާ ގުޅިގެން އެމްޑީޕީން ދަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުތައްވެސް ބާއްވަމުންނެވެ. ސިޔާސީ ގޮތުން އަދި ނުހައްގުން ވަކިކުރާ މުވައްޒަފުންނަށް އެމްޑީޕީގެ ވެރިކަމުގައި އެ ވަޒީފާ ރުޖޫއަކޮށްދޭނެ ކަމަށް އެ ޕާޓީން ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox