ރޮނާލްޑޯ އަކީ ފުޓްބޯޅައިގައި އެ ފަދަ ދެ ވަނަ އެއް ނެތް މިސާލެއް: މާޓިނޭޒް

Jun 17, 2026, 2:52 PM
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރެއިން ރޮނާލްޑޯ ޕްރެކްޓިހެއްގައި ބައިވެރިވަނީ: ޕޯޗުގަލްގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ލިބޭނެ ކަަމަށް ބެލެވޭ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރެއިން ރޮނާލްޑޯ ޕްރެކްޓިހެއްގައި ބައިވެރިވަނީ: ޕޯޗުގަލްގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ލިބޭނެ ކަަމަށް ބެލެވޭ.

ހިއުސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - ހަ ވަަނަ ވޯލްޑް ކަޕެއްގައި ވާދަކުރަން ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ތައްޔާރުވަމުން އަންނައިރު، އޭނާ އަކީ ފުޓްބޯޅައިގައި އެ ފަދަ ދެ ވަނަ އެއް ނެތް މިސާލެއް ކަމަށް ޕޯޗުގަލްގެ ކޯޗު، ސްޕެއިނުގެ ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދާ އެންމެ ވަރުގަދަ އެއް ސްކޮޑު އޮތީ ޕޯޗުގަލްގަ އެވެ. އެ ޓީމުން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ކޮންގޯއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނަ ސަުވާލު މާޓިނޭޒަށް އަމާޒުވެފައިވަނީ ރޮނާލްޑޯއާ ބެހޭގޮތުންނެވެ. 

ކުރިން ބެލްޖިއަމް ގައުމީ ޓީމަށް ކޯޗުކޮށްދިން މާޓިނޭޒް ބުނެފައިވަނީ، ރޮނާލްޑޯ ޓީމުގައި ހިމެނުމުގެ ފައިދާތަކުގެ ވާހަކަ އާއި ނުރަނގަޅު ކަންތައްތަކުގެ ވާހަަކަ މީޑިއާ އިން ފެންނަމުން އަންނަ ކަމަށާއި އެހެން ކަމުން މި ކަންކަމާ ގުޅޭގޮތުން ސުވާލު އަންނާނެ ކަން ވެސް އެނގޭ ކަމަށެވެ. 

Advertisement

"ރޮނާލްޑޯ އަކީ ފުޓްބޯޅަ އަށް އެ ފަދަ ދެ ވަނައެއް ނެތް މިސާލެއް. މަގުމަތީގައި ކުޅެމުން ފުޓްބޯޅައިގެ ލޯބީގައި ކުރިއަށްދާއިރު، ރޮނާލްޑޯ އަކީ މިސާލެއް ގޮތުގައި ދެކޭ،" މާޓިނޭޒް ބުންޏެވެ. 

"މިއީ، އޭނަ (ރޮނާލްޑޯ)ގެ ހަ ވަަނަ ވޯލްޑް ކަޕް. އެކަމަކު، އޭނާގެ ތައްޔާރުވުމާއި ހުރި ލެވަލާއި ހުރިހާ ކަމަކަށް ބަލާއިރު، އެއީ ފުރަތަމަ ވޯލްޑް ކަޕް ލެވަލްގެ އިންޓެންސިޓީއޭ ބުންޏަސް ދޮގަކަށް ނުވާނެ. ދެން، ޖަޒުބާތީ ކަންކަމަށް ނުވިސްނައި. އޭނަ އެ ހުރީ ވަރަށް ވިސްނުންތެރިކަމާ އެކު ޕޯޗުގަލް ޓީމު ލީޑުކުރަން ތައްޔާރުވެގެން،" 

އުމުރުން 41 އަަހަރުގައި ވެސް ރޮނާލްޑޯ އަކީ އޭނާ ކުރާ ކަންކަމުގައި ތަފާތު ދައްކާނެ ކުޅުންތެރިއެއް ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެވެ. އަދި، ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ރޮނާލްޑޯ އަކީ، ލަނޑު ޖެހުމުގެ އިތުރަށް އެެހެން ކުޅުންތެރިންނަށް އެ ފުރުސަތުތައް ހޯދައިދިނުމުގައި ވެސް އިސް ރޯލެއް އަދާކުރާނެ ކުޅުންތެރިއެއް ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެވެ. 

ޕޯޗުގަލްގެ މިޑްފީލްޑަރު، ބްރޫނޯ ފެނާންޑޭސް ބުނީ، މިހާރު އެ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަށް ރޮނާލްޑޯ ފެނުނީ އެ ގައުމުގައި 2004 ވަނަ އަހަރު ހޯސްޓްކުރި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އުމުރުން 19 އަހަރުގައި ކުޅެ، އެ ޓީމު ފައިނަލާ ހަމައަށް ގެންގޮސްދިން މުބާރާތުން ކަމަށެވެ. އަދި، ރޮނާލްޑޯ ލެވަލްގެ ކުޅުންތެރިއަކާ އެކު ކުޅެލުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި ފަހަރުގެ ވޯލްްޑް ކަޕާ މެދު އެކި ވިސްނުންތަކުން ބަަލާއިރު ބޮޑެތި އުންމީދުތަކެއް އެބަހުރި ކަމަށެވެ. 

މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު މާޓިނޭޒް، ޕޯޗުގަލްގެ ކޯޗުކަމުން ވަކިވާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން، ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެއީ ހުރިހާ ކަމެއް ނިމިފައިވާކަމެއް ގޮތުގައި ފާހަގަކޮށް، ސީދާ ހަގީގަތެއް ނޫން ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox