މަރު ހަނދާން ކުރުން؛ ހެޔޮވެރިކަމުގެ ވަސީލަތެއް

މާލޭގެ އާސަހަރާ

މާލޭގެ އާސަހަރާ

ޚަލީފާ ޢަބްދުލްމަލިކް ބިން މަރްވާން އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮއްވައި، އެއް ދުވަހަކު އަރިހު ބޭކަލުން ސުވާލުކުރެއްވި އެވެ. މިހާރު ކަލޭގެފާނަށް އިހުސާސްވެވަޑައިގަންނަވަނީ ކިހިނަކުންތޯ އެވެ؟ އެކަލޭގެފާނު ވިދާޅުވި އެވެ. އިހުސާސްވަނީ ހަމަ މިކަން މާތް ﷲ ސިފަކުރައްވާފައިވާ ގޮތަށެވެ. އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ.

އެއީ އަލްއަންޢާމް ސޫރަތުގެ ނުވަދިހަ ތިންވަނަ އާޔަތެވެ. "އަދި (މަޙްޝަރަށް ފޮނުއްވާހިނދު، އެމީހުންނަށް އަންގަވާނެ އެވެ.) ތިޔަބައިމީހުން، ތިމަންކަލާނގެ ހަޒުރަތަށް ތިޔައައީ، އެކަހެރީންގެ ގޮތުގަ އެވެ. ފުރަތަމަފަހަރު ތިމަންކަލާނގެ ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަންކަލާނގެ ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފަ އެވެ. ތިޔަބައިމީހުންނާއެކު، ތިޔަބައިމީހުންގެ އެހީތެރިން ވަނިކޮށެއް ނުފެނެ އެވެ. އެތަކެއްޗަކީ، ތިޔަބައިމީހުންގެ ތެރޭގައި ޝަރީކުން ކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗެވެ. ތިޔަބައިމީހުންނާ އެތަކެއްޗާ ދެމެދުގައިވާ ގުޅުންތައް ކެނޑި، ވަކިވަކިވެއްޖެކަން ކަށަވަރެވެ. އަދި (އެހީތެރިވާނެކަމަށް) ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި، ތިޔަބައިމީހުންގެ ކިބައިން ގެއްލިއްޖެ އެވެ."

ހަމަ މިއާލާސްކަންފުޅުގައި އިތުރަށް އާލާސްކަންފުޅު ގަދަވެ ވަކި ހިސާބަކުން ވިދާޅުވި އެވެ. ގަނޑުވަރުގެ ހުރިހާ ދޮރުތަކެއް ހުޅުވާލާށެވެ! ދެން ހުރިހާ ދިމާއެއްގައި ހުރި ދޮރުތައް ހުޅުވާލެވުނެވެ. ޚަލީފާ ޢަބްދިލްމަލިކަށް ފެނިވަޑައިގަތީ، ދުރުހިސާބެއްގައި ހުރި ލޯންޑްރީއެއްގައި މަސައްކަތްކުރަންހުރި އާދައިގެ މުވައްޒަފަކު އޭނާ ދޮވެގެން ނެގި ހެދުމަކުން ފެން ފެލާލާ މަންޒަރެވެ. މިމަންޒަރަށް ވަރަށް ފުންނޭވާއަކާއި ވިސްނުމަކާއެކު ޚަލީފާ ބައްލަވާލެއްވި އެވެ. 

ވިދާޅުވި އެވެ. ތިމަން މީ އެފަދަ އާދައިގެ ވަޒީފާއެއްގައި އެއްޗެހި ދޮންނަ މީހަކު ކަމުގައިވީނަމަ ކޮންފަދަހެއްޔެވެ؟ އަދި ހަމަ އެކަނި އެދުވަހަކަށް ފުދޭ މިންވަރަށް ލިބޭ މުސާރައަކަށް އުޅޭ އާދައިގެ މީހަކަށް ވީނަމަ ކޮންފަދަހެއްޔެވެ؟ އެހެންނަމަ މިހާރު މި އުފުލާ ވޭންތަކާއި އިހުސާސްތައް ތަހައްމަލުކުރަން ނުޖެހުނީހެވެ. ޚަލީފާ އިޝާރާތް އެކުރެއްވީ އެވެރިކަމަށްޓަކައި ކުރެވުނުހާ ހަނގުރާމައާއި ހިނގާދިޔަ ލޭއޮހޮރުވުމާއި ފިތުނަވެރިކަމުގައި ހިނގާދިޔަ އެންމެހާ ކަމަކުން ލިބިވަޑައިގަންނަވަމުންދިޔަ ވޭނީ އިހުސާސަށެވެ.

މަރުގެ ދާނަށް ހުށަހެޅުނު ހިނދު ވެރިކަމުގެ އަސްލު ހައިބަތަކީ ކިހާ ކުޑަ އެއްޗެއްކަމުގެ އިހުސާސްވެވަޑައިގަތީ އެވެ. އަދި އާދައިގެ އާންމު މީހެއްގެ ގޮތުގައި އުޅުންވެސް އެޔަށްވުރެ މާއުފާވެރި ހަޔާތެއްކަމުގެ އިހުސާސް ވެވަޑައިގަތީ އެވެ. ކޮންމެއަކަސް މި ޚަބަރު އިސާހިތަކު ފެތުރިގެންދިޔަ އެވެ. 

މިވާހަކަ މަދީނާގެ އިލްމުވެރިޔާ ސަޢީދު ބުނުލް މުސައްޔިބްގެ ކަންފަތްޕުޅުގައި ޖެހުމުން ވިދާޅުވިކަމުގައިވެ އެވެ. މަރުގެ ވަގުތުގައި އެބައިމީހުން އަހަރެމެންނާ ދިމާއަށް އަންނަގޮތް މެދުވެރިކުރެއްވި އަދި މަރުގެ ވަގުތުގައިވެސް އަހަރެމެން އެމީހުންނާ ދިމާއަށް ދާން މެދުވެރިނުކުރެއްވި ކަލާނގެ އަށް ޙަމްދުހުއްޓެވެ. 

ސަޢީދު ބުނުލްމުސައްޔިބް މި ވިދާޅުވި ވާހަކައަކީ އެއްވެސް ފަގީރަކު އާންމު ދެރަ މީހަކު ނުވަތަ އަޅުވެރިއަކު މަރުގެ ވަގުތު ޖެހޭ ހިނދުގައި ތިމަންނާއީ ރަސްކަލެއްކަމުގައިވީނަމައޭ ނުބުނެ އެވެ. އެކަމަކު ރަސްކަލުންނާއި އަމީރުންނާއި ޚަލީފާއިންގެ ހާލަތު އެހުންނަނީ އޭގެ އިދިކޮޅަށެވެ. މަރުގައި މިކަން ލެއްވި ކަލާނގެއަށް ޙަމްދުކުރާކަމަށެވެ.

މިއިން ލިބޭ އެންމެ ބޮޑު އެއް އިބުރަތަކީ މަރު ހަނދާންކުރުމަކީ، ތިމާއަށް ވެރިކަމާއި ބާރުވެރިކަމުން ލިބޭ ހައިބަތުން ހިތުގައި އުފައްދާ ކިބުރުވެރިކަން ފިލައިގެންދާކަމެއްކަމެވެ. އަދި ހިތްތިރިކަމާއި އެކު ރައްޔިތުންނަށް އަދުލުވެރި ވެރިކަމެއްކޮށްދޭން ބޭނުންވާ މީހާ އެކަމަށްޓަކައި އޭނާގެ ނަފުސު ބެލެންސްކޮށް ތައްޔާރުކުރުމުގެ ވަސީލަތެއްކަމުގައި މަރުހަނދާންކުރުން ވެގެންދާނެކަމެވެ. 

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. "ލައްޒަތްތަކަށް ނިމުން ގެނުވާ އެތީގެ މަތީން އެބަހީ މަރުގެ މަތީން ހަނދާންކުރުން ގިނަކުރާށެވެ!" ކޮންމެ ލައްޒަތަކީ ކޮންމެވެސް އިރަކުން އެޔަށް ނިމުން އަންނާނެ އެއްޗެއްކަން ޔަގީންކޮށްދެނީ މަރެވެ. ދުނިޔަވީ ބާރުވެރިކަމާއި ލައްޒަތުތަކީ ވަގުތީ ކަމެކެވެ. ދާއިމީ އެއްޗަކަށް މަސައްކަތްކުރާ ފަދައިން ވަގުތީ އެއްޗެއްސަށް މަސައްކަތްކުރުމަކީ ފަހުން ހިތާމަކުރަންޖެހޭނެ ކަމެކެވެ. މިކަމުން ތިމާ ރައްކާތެރިކޮށްދޭނެ މަގަކީ، މަރުހަނދާންކުރުމެވެ. ދުނިޔަވީ ލައްޒަތުތަކަށް ނިމުން އަންނާނެކަމާއި އެއީ ވަގުތީ އުފަލެއްކަން ހަނދާންކުރުމެވެ. 

މަރުހަނދާންކުރުމަކީ އާންމު އުސޫލަކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބެއްކަމުގައި ލެއްވިފައިވާ ކަމެކެވެ. ހަދީސްގައި އަމުރުވެވިގެންވާ ކަމެކެވެ. އަދި މަރުހަނދާންކުރުމަކީ ވެސް ކޮންމެ ކަމެއް ބެލެންސްކޮށްގެން ކުރުމަށް އިރުޝާދުލިބިފައިވާ އިސްލާމްދީނުގައި މެދުމިނަކަށް ކުރުން އަންގަވާފައިވާ ކަމެކެވެ. އެއްގޮތަކަށް ވެސް ދުނިޔައަކީ ވަގުތީ ތަނެއްކަމުގައި ބުނެ މަރުހަނދާން ކުރުމުގެ ނަމުގައި ދުނިޔެ އާރާސްތުކުރުމުން މަނާވެގަނެ އަބަދު އަޅުކަމަށް ހުސްވުމަކީ އެއީ އޮތް ކަމެއް ނޫނެވެ. ނަމަވެސް މިއީއަކީ ދިވެހިންގެ ތެރޭގައި އޮތް މައްސަލައެއް ކަމަކަށް ނުފެނެ އެވެ. 

އަޅުގަނޑުމެންގެ މައްސަލައެއްކަމަށް ފެންނަނީ މަރު ހަނދާން ނުކުރުމެވެ. އަދި އަޅުގަނޑުގެ މިއަދުގެ މައުލޫއަކީ އާންމު ރައްޔިތުން މަރުހަނދާންކުރާ ވަރަށްވުރެ ބޮޑަށް ސިޔާސީ ވެރިން ގައުމުގެ ހަރުމީހުން މަރުހަނދާންކުރުމަކީ އެއީ ހެޔޮވެރިކަމަށް އޮތް ވަސީލަތެއްކަމުގައި އަޅުގަނޑަށް ފެންނާތީ އެވާހަކައެވެ. މިލިޔުމުގެ ފެށުމުގައި ގެނެސްދީފައި އެވަނީ ވެސް އޭގެ މިސާލީ ވާހަކައެކެވެ. 

އަޅުގަނޑު ދެކޭ ގޮތުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތްކުރާ ކޮންމެ މީހަކީ، މަހަކު އެއްފަހަރު ނަމަވެސް ކަށު ނަމާދެއްގައި ބައިވެރިވެވޭތޯ ބަލަންޖެހޭ މީހެކެވެ. އަދި ތަފާތު ބާރުވެރި މަގާމުތަކުގައި ތިބޭ މީހުންނަށް ހަފުތާއަކު އެއްފަހަރު ގަބުރުސްތާނަށް ޒިޔާރަތްކުރުމަކީ ގާނޫނީ ގޮތުން ލާޒިމްކަމެއްކަމުގައި ހަދަންޖެހޭ ކަމެކެވެ. އެހެނީ ހުއްދަ ކަންކަން ވަކި އާންމު މަސްލަހަތަކަށްޓަކައި ގާނޫނީ ގޮތުން ލާޒިމްކޮށް ގާނޫނު ހެދުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެކެވެ. އަދި މިހާރުވެސް ކުރަމުންދާ ކަމެކެވެ. ގަބުރުސްތާނުތަކަށް ޒިޔާރަތްކުރުމަށާއި އެއީ އާޚިރަތް ދުވަސްމަތީން ހަނދާންކޮށްދޭ ކަމެއްކަމުގައި މާތް ނަބިއްޔާ އަހަރެމެންނަށް އިރުޝާދުދެއްވާފައިވެ އެވެ. 

އަޅުގަނޑަށް ހަމަ ޔަގީނެވެ. އަހަރެމެންގެ ތެރޭގައި މިއުޅޭ ސިޔާސީ ވެރިންނަށް އެމީހުންނަކީ ވެސް މަރުވާނެ މީހުންކަން ތަކުރާރުކޮށް ހަނދާންވާނަމަ، ކިތަންމެ ކަމެއް މިހާރަށްވުރެ ރަނގަޅަށް ހިނގާނެ އެވެ. އެއީ މާ ދީންވެރި މީހުންނަށް ނުވިޔަސް މިކަން މިދެންނެވި މަގުން ހިނގާނެ އެވެ. ސަބަބަކީ އާޚިރަތް ނޭދި ދުނިޔެ އެދޭ މީހަކު ވިޔަސް އެމީހަކު ނިމިދާ ފަހުން ވެސް އެމީހަކާ މެދު ހެޔޮ ބަސް ބުނަން ބޭނުން ނުވާނެ އިންސާނަކު ނުހުންނާނެތީ އެވެ. 

އެޔާ ހިލާފަށް ކޮންމެވެސް އެއް ދުވަހަކުން ތިމާމެން މަރުވާނެކަން ހަނދާން ނެތި ތިމާމެންނަކީ ތާއަބަދަށް ދުނިޔޭގައި ހައިބަތާއި ބާރުވެރިކަމުގައި އުޅެވިދާނެކަމުގެ ކުށްހީ ހިތަށް ވަދެފައިވާ ބަޔަކު ނަމަ، އެބައެއްގެ ފުށުން އަދުލުވެރިކަމަށް ރައްޔިތަކު އުންމީދުކުރާނެ ކަމެއް ނެތެވެ.

ދިވެހި ރައްޔިތުންނޭވެ! މިއުޅޭ ސިޔާސީ ވެރިން ގިނަ ގިނައިން ޖަނާޒާތަކުގައި ބައިވެރިކުރެވޭތޯ ގަދައަޅާ މަސައްކަތްކުރާށެވެ! އެބައިމީހުން ރަށްރަށަށް ކުރާ ޒިޔާރަތްތަކުގައި ކޮންމެވެސް ބަހަނާއެއް ދައްކައިގެން ނަމަވެސް އެމީހުން ގެންގޮސް ރަށްރަށުގެ ގަބުރުސްތާނުތަކަށް ވައްދައިގެން މަރުވާނެކަން އެމީހުންނަށް ހަނދާންކޮށްދޭށެވެ! އެއީ ހެޔިވެރިކަމަކަށް ތިޔަ ރައްޔިތުންނަށް ކުރެވޭނެ މުހިންމު މަސައްކަތެކެވެ. 

ވެރިން އެބައިމީހުންނަކީ އެހެން އިންސާނުން ފަދައިން ހަމަ ދުނިޔޭގައި އުޅެފައި ދާދި އަވަހަށް މަރުވެދާނެ ބަޔެއްކަން ހިތަށް އަރާނަމަ، އެބައިމީހުންގެ ހަގީގީ ބާރުވެރިކަމަކީ މާބޮޑު ހައިބަތެއް ނޫންކަން ވިސްނޭނެ އެވެ. އަދި ފަހުން މާދަމާ ތިމާ ޖަވާބުދާރީވާންޖެހޭނީ ވެސް އެކަނިމާ އެކަނި ހުރެކަން އަބަދުމެ އިހްސާސްކުރާނެ އެވެ. ޚަލީފާ ޢަބްދުލް މަލިކް ބިން މަރްވާން މަރަށް ހާޒިރުވި ވަގުތު އަލްއަންޢާމް ސޫރަތުގެ 93 ވަނަ އާޔަތް ހަނދާންކުރި ފަދައިންނެވެ.

"އަދި (މަޙްޝަރަށް ފޮނުއްވާހިނދު، އެމީހުންނަށް އަންގަވާނެ އެވެ.) ތިޔަބައިމީހުން، ތިމަންކަލާނގެ ހަޒުރަތަށް ތިޔައައީ، އެކަހެރީންގެ ގޮތުގަ އެވެ. ފުރަތަމަފަހަރު ތިމަންކަލާނގެ ތިޔަބައިމީހުން ހެއްދެވި ފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، ތިމަންކަލާނގެ ދެއްވި ތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފަ އެވެ. ތިޔަބައިމީހުންނާއެކު، ތިޔަބައިމީހުންގެ އެހީތެރިން ވަނިކޮށެއް ނުފެނެ އެވެ. އެތަކެއްޗަކީ، ތިޔަބައިމީހުންގެ ތެރޭގައި ޝަރީކުން ކަމަށް ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެއްޗެވެ. ތިޔަބައިމީހުންނާ އެތަކެއްޗާ ދެމެދުގައިވާ ގުޅުންތައް ކެނޑި، ވަކިވަކިވެއްޖެކަން ކަށަވަރެވެ. އަދި (އެހީތެރިވާނެކަމަށް) ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި، ތިޔަބައިމީހުންގެ ކިބައިން ގެއްލިއްޖެ އެވެ."

 

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox