މަރު ހަނދާން ކުރުން؛ ހެޔޮވެރިކަމުގެ ވަސީލަތެއް
މަރު ހަނދާންކުރުމަކީ، ތިމާއަށް ވެރިކަމާއި ބާރުވެރިކަމުން ލިބޭ ހައިބަތުން ހިތުގައި އުފައްދާ ކިބުރުވެރިކަން ފިލައިގެންދާކަމެއްކަމެވެ. އަދި ހިތްތިރިކަމާއި އެކު ރައްޔިތުންނަށް އަދުލުވެރި ވެރިކަމެއްކޮށްދޭން ބޭނުންވާ މީހާ އެކަމަށްޓަކައި އޭނާގެ ނަފުސު ބެލެންސްކޮށް ތައްޔާރުކުރުމުގެ ވަސީލަތެއްކަމުގައި މަރުހަނދާންކުރުން ވެގެންދާނެކަމެވެ.