މެލޭޝިއާގެ ޑައިވް އެކްސްޕޯގައި ރާއްޖޭގެ ބޯޓިން ސިނާއަތާއި ކަނޑުފަޅުގެ ރީތިކަން އިޝްތިހާރުކޮށްފި

Jun 7, 2026, 12:40 PM
ބޯޓިން އެސޯސިއޭޝަނުން މެލޭޝިއާގެ ޑައިވް އެކްސްޕޯގައި ބައިވެރިވި

ބޯޓިން އެސޯސިއޭޝަނުން މެލޭޝިއާގެ ޑައިވް އެކްސްޕޯގައި ބައިވެރިވި

މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ މެލޭޝިއާ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ 20 ވަނަ މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯގައި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބައިވެރިވެ ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަމާއި ސަފާރީ އުޅަނދުތަކުގެ ތަޖުރިބާ އިޝްތިހާރު ކޮށްފި އެވެ.

އެންބީއޭއެމްގެ ރައީސް އިސްމާއިލް ޝަރީފް ވިދާޅުވީ ޖޫން 5-7 އަށް ބާއްވާ މި މައުރަޒަކީ ރާއްޖޭގެ މެރިން ޓޫރިޒަމާއި ލިވަބޯޑް ދާއިރާގެ އިތުރުން ޑައިވިން ސިނާއަތް އޭޝިއާގެ ބާޒާރުގައި ފުޅާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ. ދަތުރުފަތުރުގެ އާދަކާދައަށް އަންނަމުންދާ ބަދަލުތަކާއެކު، އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ކަނޑައެޅުމަށް މިއީ އެންމެ މުނާސަބު ވަގުތު ކަމަށް ޝަރީފު ފާހަގަ ކުރެއްވި އެވެ. 

މި މައުރަޒުގައި ބައިވެރިވާ ދިވެހި ވަފުދުން ދަނީ ސަރަހައްދީ ޓުއާ އޮޕަރޭޓަރުންނާއި ޑައިވް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާ ބައްދަލުކޮށް، ރާއްޖޭގެ ކަނޑުތަކުގެ މުއްސަނދިކަމާ ބެހޭ މައުލޫމާތު ހިއްސާކުރަމުންނެވެ. 

Advertisement

އެންބީއޭއެމްގެ ޕެވިލިއަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ މަތީ ފެންވަރުގެ ލިވަބޯޑްތަކާއި ޑައިވް ސަފާރީތަކުގެ މައުލޫމާތު ދަނީ ފޯރުކޮށްދެމުންނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މިފަދަ އުޅަނދުތަކުން ލިބޭ ތަޖުރިބާއަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ހޯދަން އުނދަގޫ ފުރުސަތުތަކެކެވެ.

"މައިޑް 2026 ގައި ބައިވެރިވުމުން ޑައިވް ކުރުމަށް ޝައުގުވެރިވާ، މަތީ ފަންތީގެ ފަތުރުވެރިންނާ ސީދާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭ،" އެންބީއޭއެމްގެ ރައީސް ޝަރީފް ވިދާޅުވި އެވެ.

"ކައިރި ގައުމަކަށް ވުމާއި ސީދާ ފްލައިޓްތައް ހުރުމަކީ އޭޝިއާ މާކެޓުން ރާއްޖޭގެ ބޯޓިން އަދި ޑައިވް ދާއިރާއަށް ބޮޑު ކުރިއެރުމެއް ހޯދުމަށް އޮތް އެންމެ ފަހި ފުރުސަތު."

މައިޑް ފަދަ ބައިނަލްއަގުވާމީ ބޮޑު އެކްސްޕޯތަކުގައި މެދުނުކެނޑި ބައިވެރިވުމުން، ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ފެންވަރު މަތިވެ، އާ ޕާޓްނާޝިޕްތައް އުފެދި، ކަނޑު އަޑީގެ ދުނިޔެ ބަލާލުމަށް ދުނިޔޭގައި އޮތް އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާން ކަމަށް  އެންބީއޭއެމް ބުންޏެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox