އެއާ އޭޝިއާއިން އެއާބަސްގެ 150 ބޯޓު ގަންނަނީ

May 7, 2026, 6:31 AM
އެއާ އޭޝިއާގެ ބޯޓެއް

އެއާ އޭޝިއާގެ ބޯޓެއް

މެލޭޝިއާގެ އެއާ އޭޝިއާ ކުންފުނިން އެއާބަސް މަރުކާގެ އެންމެ ފަހުގެ އޭ220-300 މަރުކާގެ 150 ބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ އެއާބަސްގެ މި މަރުކާގެ ބޯޓުތަކަށް މިހާތަނަށް އެއްފަހަރާ ލިބުނު އެންމެ ބޮޑު އޯޑަރެވެ.

މި އޯޑަރާއެކު މި މަރުކާގެ ބޯޓުތައް ގަތުމަށް ދުނިޔޭގެ އެކި ކުންފުނިތަކުން ދީފައިވާ ޖުމްލަ އޯޑަރުގެ އަދަދު ވަނީ 1،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކެނެޑާގެ މިރަބެލްގައި ހުންނަ އެއާބަސްގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެއާ އޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ކެޕިޓަލް އޭގެ ސީއީއޯ އަދި އެއާ އޭޝިއާ ގްރޫޕްގެ އެޑްވައިޒަރު ޓޯނީ ފެނާންޑޭޒް އެވެ. އެއާބަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކޮމާޝަލް އެއާކްރާފްޓްގެ ސީއީއޯ ލާސް ވަގްނަރ އެވެ. މި ރަސްމިއްޔާތުގައި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ބައިވެރިވެވަޑައިގަތެވެ. 

މި އެއްބަސްވުމާއެކު އެއާ އޭޝިއާ ވެގެންދާނީ އޭ220 މަރުކާގެ ބޯޓުތައް އަލަށް ބޭނުންކުރަން ފަށާ ކުންފުންޏަކަށެވެ. އަދި މި ބޯޓުގެ އައު ކެބިން ކޮންފިގަރޭޝަން ނުވަތަ 160 ގޮނޑީގެ ޖާގަ ހިމެނޭ ބޯޓުތައް އެންމެ ފުރަތަމަ ބޭނުންކުރާ ކުންފުންޏަކީވެސް އެއާ އޭޝިއާއެވެ. 

އެއާ އޭޝިއާގެ މިހާރުގެ ފްލީޓަށް އިތުރުވާ މި ބޯޓުތަކަކީ އެ ކުންފުނީގެ ދަތުރުތައް ފުޅާކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބޯޓުތަކެކެވެ. މި ބޯޓުތައް ބޭނުންކުރާނީ އޭޝިއާގެ ގައުމުތަކާއި މެދުތެރޭ އޭޝިއާގެ މަންޒިލްތަކަށް ދަތުރުކުރުމަށެވެ. މީގެ ސަބަބުން މިހާރު ބޭނުންކުރާ ބޮޑެތި ބޯޓުތައް ދިގު ދަތުރުތަކަށް ހާއްސަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޓޯނީ ފެނާންޑޭޒް ވިދާޅުވި ގޮތުގައި މި އޯޑަރަކީ އެ ކުންފުނީގެ ދުރު ރާސްތާގެ އަމާޒުތައް ހާމަކޮށްދޭ ކަމެއް ކަމަށާއި، އޭ220 ބޯޓުތަކުގެ ސަބަބުން އައު މާކެޓްތަކަށް ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއާބަސް އާއެކު އޮތް 20 އަހަރަށްވުރެ ދިގު ގުޅުމަކީ އެ ކުންފުނީގެ ކާމިޔާބީގެ އަސްލު ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެއާބަސްގެ ސީއީއޯ ލާސް ވަގްނަރ ވިދާޅުވީ އޭ220 ބޯޓަކީ އެއާ އޭޝިއާއަށް އެންމެ އެކަށީގެންވާ ބޯޓު ކަމަށެވެ. މި ބޯޓަކީ ދަތުރުތަކަށް ހިނގާ ހަރަދު ކުޑަ އަދި ދުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

އޭ220 މަރުކާގެ ބޯޓުތަކަކީ އެ މަރުކާގެ ބޯޓުތަކުގެ ތެރެއިން އެންމެ ދުރަށް ދަތުރުކުރެވޭ، ތެޔޮ ހޭދަވާ މިންވަރު އެންމެ ކުޑަ އަދި ކެބިން އެންމެ ތަނަވަސް ބޯޓުތަކެވެ. މި ބޯޓުތަކުގައި 100 އާއި 160 އާ ދެމެދުގެ ފަސިންޖަރުންނަށް ދަތުރުކުރެވޭއިރު، މެދުކެނޑުމެއްނެތި 6،700 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ހުރެއެވެ. 2026 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ދުނިޔޭގެ 25 ކުންފުންޏަކަށް މި މަރުކާގެ 501 ބޯޓު ވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox