ގާނޫނުގައި ބުނާ ގޮތާ ހިލާފަށް ކިނބިދޫ ކައުންސިލްގެ ރައީސްގެ ދައްތަ އެސްޖީގެ މަގާމުގައި ބަހައްޓަން ނިންމައިފި

Jun 6, 2026, 6:18 PM
ކިނބިދޫ ކައުންސިލް

ކިނބިދޫ ކައުންސިލް

ތ. ކިނބިދޫ ކައުންސިލްގެ ރައީސްގެ މަގާމާ މި ފެށުނު ދައުރު ހަވާލުވި މުހައްމަދު ޝާފިއުގެ އެއްބަނޑު އެއްބަފާ ދައްތަ އައިމިނަތު ސަހިއްޔާ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރުމުގެ ފުރުސަތު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމީ ދިވެހި ސިވިލް ސާވިސް ގާނޫނާއި ގަވާއިދުގައި ބުނެފައިވާ ގޮތާ ހިލާފަށްކަން ހާމަވެއްޖެ އެވެ.  

ޝާފިއު އެ މަގާމަށް އިންތިހާބުވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުންނެވެ. 

ސިވިލް ސާވިސް ގާނޫނުގައި ބުނާ ގޮތުން އެފަދަ ވަޒީފާއެއް އަދާކުރާ އޮފީހެއްގެ އެންމެ އިސްވެރިޔަކީ މަންމަ، ބައްޕަ، ދަރިއެއް، އަނބި، ފިރި، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހަކަށް ވެގެން ނުވާނެ އެވެ. އެފަދަ މީހަކީ ސީދާ ގޮތުން ސުޕަވައިޒްކުރަންޖެހޭ ނުވަތަ ރިޕޯޓުކުރަންޖެހޭ މީހެއްކަމުގައި ވާނަމަ ސިވިލް ސާވިސްގެ ގާނޫނުގައި 41 ވަނަ މާއްދާގައި ބުނާ ޝަރުތު ފުރިހަމައެއްނުވާނެ އެވެ. 

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަނުކުރަނީ ކައުންސިލްތަކުގެ ލަފަޔާއެކު ސީއެސްސީ އިންނެވެ. އެއީ ކައުންސިލްގެ އިދާރީ އެންމެ އިސް މަގާމެވެ. ލާމަރުކަޒީ ގާނޫނުގެ 126 ވަނަ މާއްދާގެ ށ. ގައި އެސްޖީގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާއިރު ކައުންސިލް އިދާރާގެ މަސައްކަތްތައް ރިޕޯޓުކުރަން ޖެހެނީ ކައުންސިލް ރައީސަށެވެ. 

އެހެން ނަމަވެސް، ސީއެސްސީއިން ނިންމީ ކިނބިދޫ ކައުންސިލްގެ އެސްޖީގެ ހައިސިއްޔަތުން އުފުލަން ޖެހޭ އެންމެ ބޮޑު ޒިންމާ ކަމަށްވާ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް އެ ކައުންސިލުގެ އެހެން މުވައްޒަފަކާ ހަވާލު ކުރުމަށެވެ. އަދި އިދާރީ އެހެނިހެން ކަންކަން ކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލުގެ ނައިބު ރައީސްއާ ހަވާލުކުރުމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާނޫނެއްގައި ބުނެފައި އޮތް ޝަރުތެއް އުނިވެގެން ގޮސްފައިވާތީ އެސްޖީ މަގާމުން ވަކިކުރެވިގެންދާނެ ކަމަށް ސީއެސްސީއިން އެންމެ ފުރަތަމަ އެ ކައުންސިލަށް އެންގި އެވެ. އީދު ބަންދަށް ފަހު ކުއްލިއަކަށް އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް، އަދިވެސް ކައުންސިލަށް އެކަން ރަސްމީކޮށް އަންގާފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ސިވިލް ސާވިސް ޤާނޫނުގެ 41 ވަނަ މާއްދާގެ ހ. ގެ ދަށުން ބަޔާންކޮށްފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ އެ ކޮމިޝަނުގެ ބައްދަލުވުމަކުން ނިންމައިގެން އެއަށް ބަދަލު ގެނެވޭނެ ޝަރުތުތަކެއް ނޫނެވެ. އަދި ކޮމިޝަނުގެ މެންބަރުންގެ ތަރުޖަމާކޮށް އެއަށް ތަފްސީލާއި ތަފްސީރު ދެވޭނެ ޝަރުތަކެއް ނޫނެވެ.

ސިވިލް ސާވިސް ގަވައިދުގައި އޮތް ޝަރުތެއްނަމަ ކޮމިޝަނުން އެ ގަވައިދު އިސްލާހުކޮށްގެން އެއަށް ބަދަލު ގެނައުމުގެ ފުރުސަތު އޮންނާނެ އެވެ. މި ހާލަތުގައި ކިނބިދޫ ކައުންސިލްގެ އެސްޖީ މަގާމުގައި ބެހެއްޓުމަށް ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނު އިސްލާހު ކުރަން  ޖެހޭނީ މަޖިލިސް މެދުވެރިކޮށެވެ. 

އެ ކައުންސިލުގެ ނައިބު ރައީސްއާ ބައެއް މަސްއޫލިއްޔަތުތައް ހަވާލުކުރުމަށް ސީއެސްސީއިން ނިންމިއިރު ލާމަރުކަޒީ ގާނޫނަކީ އެ ކޮމިޝަނުގެ ބާރު ހިނގާ ދާއިރާ ތެރޭގައި ހިމެނޭ ގާނޫނެއް ނޫނެވެ. އިންތިހާބުވެފައި ތިބޭ ކައުންސިލަރުންނަކީ ސީއެސްސީއަށް އެއްވެސް ގާނޫނީ ބާރެއް ހިންގޭނެ ބައެއް ނޫނެވެ. 

ލާމަރުކަޒީ ގާނޫނުގައި ކައުންސިލްގެ ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ ކަމެއް ސީއެސްސީއަށް ހަވާލެއް ނުކުރެވޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox