އާ މުވައްޒަފުން ނެގުން މަޑުޖައްސާލަން ސީއެސްސީން އަންގައިފި

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ. -- ފޮޓޯ: އަދަދު

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ. -- ފޮޓޯ: އަދަދު

މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، ސިވިލް ސާވިސްގެ މަގާމުތަކަށް އާ މީހުން ނެގުން މެދުކަނޑާލުމަށް އަންގައިފި އެވެ.

ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ވަޒީފަތަކުގެ މުސާރަ ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި އޮތީ ބޮޑުކޮށްފަ އެވެ. އަދި ސިވިލް ސާވިސްގެ އެހެން ވަޒީފާތަކުގެ މުސާރަ ނޮވެމްބަރު 1، 2025 އިން ފެށިގެން ބޮޑުކުރަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

އެހެންވެ، ސީއެސްސީ ވިއުގަ އަދާހަމަކުރުމާއ،ި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްގެން ދާތ،ީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ހަމަޖެއްސުމުގައި އަދި ކުރިއެރުން ދިނުމުގައި އަމަލު ކުރާނެ ގޮތްތަކެއް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައި އިއްޔެ އިއުލާނުކޮށްފައިވެ އެވެ.

އެ މިންގަނޑުގައި ވާ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ފަރާތްތައް (ޑޮކްޓަރުން، ނަރުހުން، ސިއްހީ ދާއިރާގެ ބައެއް މަގާމުތައް، އަދި ޓީޗަރުން) ފިޔަވައި ދާއިމީ އެހެން މަގާމުތަކަށް މީހުން ހޯދުމަށް ކޮށްފައިވާ އިއުލާންތަކުގެ ދަށުން ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ ވަޒީފާ ނޮވެމްބަރު 1 އާ ހަމައަށް ހަމަޖައްސާފައި ނުވާނަމަ، އެ މަސައްކަތް މަޑުޖައްސާލަންޖެހެ އެވެ.

އެފަދަ ހާލަތަށް ދާ މީހުންގެ ވަޒީފާ ހަމަޖައްސަން ވާނީ ސީއެސްވިއުގަ އަދާހަމަކޮށް، އެކަން ކޮމިޝަނުން އެނގުމުން ކަމަށް ވެސް އުސޫލުގައިވެ އެވެ.

ސަރުކާރުން މި އަހަރުގެ ބަޖެޓު ސިވިލް ސާވިސްގެ މުސާރަ އެއްހަމަ ކުރުމަށް 500 މިލިޔަން ރުފިޔާ ހިމެނި އެކަން މިކުރަނީ ދިގު ދަންމަމުން އައިސް އަހަރު ނިމެން ދެ މަހަށް ވެފައި ވަނިކޮށެވެ. ސިވިލް ސާވިސްގެ މުސާރަ ބޮޑުނުކޮށްގެން މުއިއްޒަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.

ސިވިލް ސާވިސް މުވައްޒަފުން މުސާރަ ބޮޑުކުރުން ފަސްކުރި ނަމަވެސް، މުއިއްޒު ވައުދުވި މިންވަރަށް ވުރެ ސިޔާސީ މުވައްޒަފުން އިތުރުކޮށް، އަދި ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ ބޭނުމުގައި ގިނަ ބަޔަކު ވައްދައި، ދައުލަތުގެ ބަޖެޓުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox