"ޗެމްޕިއަނަކީ ބަންގްލަދޭޝް، ފެނުނީ ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދާ އެއް ސަބަބު"

ރާއްޖެއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން ބަންގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖެއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން ބަންގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަން ޓީމަކީ ބަންގްލަދޭޝްގެ ޒުވާން ޓީމު ކަމަށާއި އެ ގޮތަށް އެކަން ދިމާނުވީ ނާއިންސާފުން ކަންތައްތަކެއް ހިނގައިގެން ކަމަށާއި ފަހު މެޗުގައި ފެނިގެންދިޔައީ ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދާ އެއް ސަބަބު ކަމަށް ބަންގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު ބުނެފި އެވެ. 

ރާއްޖެ އަތުން މޮޅުވެގެން ފައިނަލަށް ދެވެން އޮތް ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ވަނީ މިރޭ 1-1 އިން ރާއްޖެއާ އެއްވަރުވެފަ އެވެ. 

މިއަދު ހަވީރު ކުޅުނު މެޗުން އަފްގާނިސްތާން އަތުން 2-0 އިން މޮޅުވެ، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ޕާކިސްތާނުންނެވެ.

މި މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން އަފްގާނިސްތާނާއި ޕާކިސްތާނާ ލަނޑެއް ނުޖެހި އެއްވަަރުވި، ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމަށް ފައިނަލަށް ދެވެން އޮތީ މިރޭ ރާއްޖެ ބަލިކޮށްގެންނެވެ. އެ ނޫން ނަތީޖާއެއް ނުކުމެގެން ފައިނަލަަށް ދަނީ، އަފްގާނިސްތާން އެވެ.  އެހެންކަމުން، އެއްވަރުވުމާ އެކު ބަންގްލަދޭޝް ކެޓީ އެވެ. އަދި، އަފްގާނިސްތާން ފައިނަލަށް ދަތުރުކުރީ އެެވެ.

ބަންގްލަދޭޝާ އެއްވަރުވެ ރާއްޖެ ފުލަށް، ކުޅިބަލަން ތިބި އަފްގާނިސްތާން ފައިނަލަށް

ޑައިމަންޑް ޖުބިލީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާއި ބަންގްލަދޭޝް 1-1 އިން އެއްވަރުވުމުން، މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ލިބުނީ، އަފްގާނިސްތާނަށް. ފަހު މެޗުގެ ނަތީޖާއާ އެކު ބަންގްލަދޭޝް މުބާރާތުން ކެޓިއިރު، ތިން މެޗުން އެންމެ ޕޮއިންޓަކާއެކު ރާއްޖެ ނިންމާލީ ތާވަލުގެ ފުލުގައި

ފުރަތަމަ ދެ މެޗުން، އަފްގާނިސްތާން އަތުން 1-0 އިން ބަލިވެ، ދެ ވަނަ މެޗުން ޕާކިސްތާން އަތުން 3-0 އިން ބަލިވި ރާއްޖެ އަށް މިރޭގެ މެޗަށް ނުކުތްއިރު ވެސް އޮތީ ފައިނަލުގެ ދޮރު ބަންދުވެފަ އެވެ. 

ޑައިމަންޑް ޖުބިލީ މުބާރާތުގެ ލީގު ބުރުގެ ކުޅުން ނިމުނުއިރު، ރާއްޖެ ދިޔައީ ފުލަށެވެ. އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު ޕާކިސްތާން އެވެ. ދެ ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އަފްގާނިސްތާން އެވެ. ތިން ވަނަ އަށް ތިން ޕޮއިންޓާ އެކު، ބަންގްލަދޭޝް ދިޔައިރު، ފުލުގައި ނިންމި ރާއްޖެ އަށް ލިބުނީ ޕޮއިންޓެކެވެ. 

މިރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފުލް ބުނީ، ގޮވައިގެން އައީ ޒުވާން ޓީމެއް ކަމުގައި ވިޔަސް ފުރަތަމަ ދުވަހުން ފެށިގެން ބުނަމުން އައީ މިއީ ތަޖުރިބާ ހޯދަން އައި މުބާރާތެއް ނޫން ކަމަށާއި ބޭނުންވަނީ ފައިނަލަށް ގޮސް ތަށި ހޯދުމަށް ކަމަށެވެ. 

"އަހަރެން އަމިއްލަ ވިސްނުމުގައި ހަގީގަތަށް ދެކޭ ގޮތް ހިއްސާކުރާނަމަ ބުނާނީ ބަންގްލަދޭޝަކީއޭ ޗެމްޕިއަނުންނަކީ، އެއީ، ރެފްރީކަން ގޯސްކޮށް ކުރުމާއި ގޯސް ނިންމުންތައް ނިންމުން ފުރަތަމަ މެޗުން ފެށިގެން ފެންނަން ފަށައިފި، ޕާކިސްތާން މެޗުން ދެން ޖެހިގެން އައި މެޗުން ވެސް. މުޅިން ރެފްރީ އަހަރެމެން ދަށްކޮށްލީ، އަހަންނަށް ގަބޫލުކުރެވެނީ އެއީ ހަމަ ގަސްދުގައޭ،" ހިތްހަމަނުޖެހިފައި ހުރެ މައުރޫފުލް ބުންޏެވެ. 

އޭނާ ބުނީ ދެން، އޭނާ އަށް ވިސްނާލެވުނު ކަމަކީ ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދާ ސަބަބާ  މެދު ކަމަށެވެ. 

"މިހެން ބުނަން ޖެހޭތީ ވެސް މާފަށް އެދެން. އެކަމަކު އަހަންނަށް ފެންނަ ގޮތް މިއީ. އަހަރެން ދެކޭ ގޮތުގައި މިއަދު އަސްލު ރާއްޖޭން މި މެޗުގައި އަސްލު ޓެސްޓާ ކުރިމަތިލިނަމަ، ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ފައިދާކުރިސް. އަހަންނަށް ވަރަށް ރަނގަޅަށް ސާފްގެ ފުޓްބޯޅަ އެނގޭ، ރާއްޖެ ދަށަށް ދާ ކަން ވެސް އެނގޭ. މިއީ، އޭގެއިން އެއް ސަބަބު ދަށަށް ދާ. އަސްލު ޗެލެންޖާ، އަސްލު ޓެސްޓާ ރާއްޖެ ކުރިމަތިލާން އެބަޖެހޭ،" ބަންގްލަދޭޝްގެ ފުޓްބޯޅައިގައި ގިނަ އަހަރުތަކެއް މަސައްކަތްކުރި މައުރޫފުލް ބުންޏެވެ. 

އިތުރުަ ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓް ތެރޭގައި ވެސް ލަނޑެއް ޖެހޭގޮތެއްނުވިއިރު، ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އެވެ. އެ ގޮތުން، ލައިންސްމަން ކައިރިއަށް ގޮސް ހިތްހަަމަނުޖެހުން ފާޅުކުރި ގޮތުން، ބަދަލަަކަށް ފައިބައި ހުރި މިރާޖުލް އަށް ރަތް ކާޑެއް ދެއްކިއިރު، އެކަމާ ބެހޭގޮތުން އެޕީލްކުރަން ދިޔަ ބަންގްލަދޭޝްގެ އަލް އަމީން ރެފްރީ ގައިގައި އަތްއަޅައި ދުރަށް ކޮށްޕާލުމުން، އޭނާ އަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. 

އޭގެ ފަހުން، ރާއްޖޭގެ ނައްސާހު އިބްރާހިމް ނާސިރު އާއި ބަންގްލަދޭޝްގެ ޑިފެންޑަރަކު ބޯޅަ އަށް އެޓެމްޕްޓް ކުރި ވަގުތު އެ ތަނުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، ސަޕޯޓަރުން ވެސް ދަނޑަށް އަރައި، މާރާމާރީ ހިންގި އެވެ. އަދި، ހަަމަނުޖެހުން ބޮޑުވެ އެކަން ކޮންޓްރޯލް ކުރަން ފުުލުހުން ދަނޑަށް އެރި އެވެ. އިރުކޮޅަކަށް ފަހު މެޗު ނިންމާލަން ރެފްރީ ނިންމުމާ އެކު، ބަންގްލަދޭޝް ކުޅުންެތެރިން ވަނީ ރެފްރީ ވަށާލައި، އެޕީލްކުރަން ފަށައިފަ އެވެ، މެޗުގެ ރެފްރީން ދަނޑުން ބޭލީ ސެކިއުރިޓީންގެ އެހީގަ އެވެ. 

ބަންގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު: އޭނާ ވަނީ ނާއިންސާފުން އެ ޓީމާ ދެކޮޅަށް ގިނަ ކަންަތައްތަކެއް ޑައިމަންޑް ޖޫބިލީ މުބާރާތުގައި ފެނިގެންދިޔަ ކަމަށް ބުނެފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ
ބަންގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު: އޭނާ ވަނީ ނާއިންސާފުން އެ ޓީމާ ދެކޮޅަށް ގިނަ ކަންަތައްތަކެއް ޑައިމަންޑް ޖޫބިލީ މުބާރާތުގައި ފެނިގެންދިޔަ ކަމަށް ބުނެފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ

"މިއީ ފުޓްބޯޅަ، އަހަރެން ވަރަށް ހިތާމަކުރަން ފަހުން އެ ހިނގައިދިޔަ ކަންތައްތަކާ މެދު. އެއީ ދަނޑުމަތީގައި ހިނގައިގެންވާނެ ވަރުގެ ކަމެއް ނޫން. އެ ހިނގައިދިޔަ ހަމަނުޖެހުންތަަކަކީ ކަންކަން ހޫނުވެެގެންދިއުމުގެ އަސަރުގެ ތެރޭގައި ހިނގި ކަންކަން. އެކަމާ މާފަށް އެދެން،" މައުރޫފުލް ބުންޏެވެ. 

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ ވަނީ، އެ ހަމަނުޖެހުންތަކަކީ އެއްގޮތަކަށް ވެސް ވެގެންވާނެ ކަންތައްތަކެއް ނޫން ކަމަށާއި ރާއްޖޭގެ ޓީމުގެ ފަރާތުން ކުޅުންތެރިންނާއި އޮފިޝަލުން ވެސް ހިމެނޭހެން ފެނުނު ބައެއް ކަންތައްތައް ބަލައިނުގަންނަ ކަމަށް ބުނެފަ އެެވެ. 

މީގެ ކުރިން މައުރޫފުލް ހައްގު ވަނީ ބަންގްލަދޭޝްގެ ސީނިއާ ޓީމު ގޮވައިގެން ރާއްޖެއާ ވާދަކޮށްފަ އެވެ. އެ ގޮތުން، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މައުރޫފުލް ހައްގު ކޯޗުކޮށްދިން ބަންގްލަދޭޝްގެ ސީނިއާ ޓީމު އަތުން ރާއްޖެ ވަނީ 3-1 އިން މޮޅުވެފަ އެވެ. 

އޭނާ ވަނީ އެ ފަހަރު އޮތް ރާއްޖޭގެ ޓީމަކީ މިހާރު އޮތް ޓީމަށް ވުރެން މެޗުގެ އެޕްރޯޗާއި ފިޓްނަސް އާއި ވިސްނުންތެރިކަމުގެ އިތުރުން ޓެކްނިކަލީ އާއި ޓެކްޓިކަލީ ވެސް މާ ރަނގަޅު ޓީމެއް ކަމަށް ބުނެފަ އެވެ. އަދި، މިހާރު އޮތް ޓީމުގައި ތިބީ އޭރު ސްކޮޑުގައި ތިބި ދެތިން ކުޅުންތެރިއެއް ކަން ވެސް މައުރޫފުލް ފާހަގަކުރި އެވެ. 

ޒުވާން ޓީމެއް ގޮވައިގެން އައިސް ބަންގްލަދޭޝް އިން ޑައިމަންޑް ޖުބިލީ މުބާރާތުގައި މި ކުރި މަަސައްކަތުގައި ހާސިލްވި ތަޖުރިބާއިން މި ކުޅުންތެރިންނަށް މުސްތަގުބަލުގައި ބޭނުންކުރެވޭނެ ކަަމަށް މައުރޫފުލް ވަނީ ބުނެފަ އެވެ. 

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފަައިނަލުގައި އަފްގާނިސްތާނާއި ޕާކިސްތާން ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހުގެރޭގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox