ހަގީގަތާ ކުރިމަތިނުލައި އުންްމީދުތައް މަތިނުކުރެވޭނެ: އުރްބާނީ

Mar 26, 2026, 6:01 AM
ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އުރްބާނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އުރްބާނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ކުއްލިއަކަށް ބޮޑު ކާމިޔާބަކަށް އުންމީދުކުރުމުގެ ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތްގޮތުގެ ހަގީގަތާ ކުރިމަތިލައި ކަންކަން ތަރުތީބުގެ މަގުން ގެންދިއުން މާ މުހިންމު ކަމަށް ގައުމީ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި 3-2 އިން ސްރީ ލަންކާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ބޫޓާނާ ދެކޮޅަށް ރޭ ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. މުބާރާތުގެ ފުރަތަމަ ދެ މެޗުގެ ނަތީޖާ ނުކުތް ގޮތުން، ރާއްޖެ އަށް ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ. ރާއްޖޭން ޖެހޭނީ ގްރޫޕްގެ ފަހު މެޗުގައި ނޭޕާލް ބަލިކޮށް، ދެން ކުޅޭ މެޗުން ސްރީ ލަންކާ އާއި ބޫޓާންގެ ކުރިމަތިލުމުން ނަތީޖާ ނުކުންނަ ގޮތެއް ބަލަން ތިބޭށެވެ.

ސެމީ ފައިނަލަށް ދިއުމަށްޓަކައި، މެތަމެޓިކަލް ހަނި ފުރުސަތެއް ރާއްޖެ އަށް އޮތްއިރު، އެ އަށް އުންމީދު ކުރެވިދާނެތޯ ސުވާލުކުރުމުން، ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ބުނީ، ކާމިޔާބު ހޯދުމުގެ އުންމީދުތަކެއްގެ ވާހަކަ ދެއްކުމުގެ ކުރިން، ކުރަން ޖެހޭ އިތުރު ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އަހަންނަށް ނުވިސްނުނު ކޮންބަަަޔަކު ކަމެއް ޓީމާ މެދު ބޮޑެތި އެކްސްޕެކްޓޭޝަންތަކެއް މި ގެންނަނީ؟ ސޯޝަލް މީޑީއާއިން ތޯ، ކުރިމަގުގެ ރަން ޖީލޭ މި އިޝާރާތް ކުރަނީ، ޔަގީންކަމެއް، އަހަރެމެންގެ ތިބީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން، ޑިވެލޮޕް ކުރަން ޖެހޭ. އަހަރެން ފުރަތަމަ ވެސް ބުނިން ހަމައެކަނި ހުނަރު ހުރެގެން ނުވާނެއޭ، ހުނަރު ޖެހޭނީ ސާބިތުކޮށްދޭށޭ." އުރްބާނީ ބުންޏެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ ޒިންމާ ވެސް އުފުލަމުން އަންނަ އުރްބާނީ ބުނީ، ސިސްޓަމެޓިކް ގޮތެއްގައި ފުޓްބޯޅަ ރަނގަޅަށް ހިނގައިގަނެ، ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅަ އާއި ފުޓްބޯޅައިގެ ބޭރުން ވެސް ކަންކަން ބުނެދީގެން ނޫނީ ރޭވިގެން ނޫން ގޮތަކަށް މިހާރު މި އޮތް ފުޓްބޯޅައިގައި ކާމިޔާބުގެ ވާހަކަ ނޫނީ އުންމީދުތަކެއްގެ ވާހަކަ ދައްކަން ރަނގަޅުނުވާނެ ކަމަށެވެ.

"މި ކަންކަން ރަނގަޅަށް ސިސްޓަމެއްގެ ތެރެއިން ހިނގައިގަތުމަށް ފަހު އުންމީދުތަކެއް ކުރަންވީ. އުންމީދެއް ކުރެވޭނީ އެއްޗެއް ދަސްވާ ވަރަށް ފުޓްބޯޅަ އައިކިޔޫ ރަނގަޅުވާނެ މިންވަރަށް މެޗު ކުޅެގެން. ހަމައެކަނި، ސިންގަޕޫރަށް ގޮސް ދެ މެޗެއް ކުޅެލާއިރަށް (ބޮޑެތި ކާމިޔާބީތައް ކުއްލިއަކަށް ހޯދަން) އުންމީދެއް ނުކުރެވޭނެ." އުރްބާނީ ބުންޏެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތްތައް ރޯދަ މަހު ކުރިއަށްގެންދިއުމުގެ ސަބަބުން އެ ކުރިމަތިވާނެ ޗެެލެންޖުތައް ފުރަތަމަ ދެ މެޗަށް ފަހު ފެންނަން ފަށާފައިވާ ކަމަށް އުރްބާނީ ވަނީ ފާހަގަކޮށްފަ އެވެ. އެއްވެސް ވަރަކަށް ވާދަވެރި ގިނަ މެޗުތަކެއް ކުޅެފައި ނެތް ޓީމެއް ކުއްލިއަކަށް ނަތީޖާ ނެރެން ޖެހޭ މެޗުތަކެއް ގާތްގާތުގައި ކުޅެން ޖެހުމުން، ޕްރެޝަރު ހާލަތެއްގައި ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ނުކުޅެވޭނެކަން ވިސްނޭ ކަމަށް ވެސް އުރްބާނީ ވަނީ ބުނެފަ އެވެ. އަމުދުން، ކުއްލިއަކަށް ފުރަތަމަ ފަހަރަށް އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅެން ޖެހުމުން ނަތީޖާއެއް ހޯދަން އެ އޮތް ޕްރެޝަރަށް ވެސް މި ކުޅުންތެރިން އާ ވާނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ކުޅުންތެރިންގެ ފިޓްނަސްއާ މެދު ސުވާލު އުފައްދާ ފަރާތްތަކަށް ވެސް އުރްބާނީ ވަނީ ޖަވާބެއް ދީފަ އެވެ.

"އަހަރެމެންނަށް ބުނެދެވިދާނެތަ ކުޅުންތެރިންގެ ފިޒިކަލް ކަންކަމަށް އޮންނަ އުސޫލާ އެއްގޮތަށް ހޭދަކުރާ ވަގުތު އަހަރެމެންގެ ކުޅުންތެރިންގެ ކެއުމުގެ ކަންކަން ހުންނަ ގޮތުގެ ކަންކަން ހުރި ގޮތާ މެދު ވިސްނާލެވޭނެތަ. އެ ކަންކަމަށް ވިސްނާއިރު ހަގީގަތުގައި އަހަރެން ހައިރާންވޭ ކުޅުންތެރިންނަށް (މި މުބާރާތުގައި އެ ކުޅޭ ޓީމުތަކާ ދެކޮޅަށް) މެޗު ނިމެންދެން ކުޅެވޭތީ ވެސް،" އާ ޖީލެއް އުފައްދާއިރު، ރަނގަޅު ޑައިޓް ޕްލޭނެއް ވެސް މުހިންމުކަން ފާހަގަކޮށް އުރްބާނީ ބުންޏެވެ.

އޭނާ އަކީ ވެސް ހަވާލުވެ ހުންނަ ޓީމެއް މޮޅުވުމަށްޓަކައި، ވަރަށް މަސައްކަތް ކުރާ ކޯޗެއްކަން ފާހަގަކޮށް އުރްބާނީ ބުނީ، ހަގީގަތުގައި، ރާއްޖެ އަށް ރޭ ކުޅުނު ބޫޓާން މެޗު އުނދަގޫ ވެގެންދިޔައީ، ފުރަތަމަ މެޗު ދިޔަ ގޮތުން ކަމަށެވެ. އާންމު އުސޫލުން ބުނާ ކަމަށްވާނަމަ، ފުރަތަމަ ހާފެއް ދެ ގޯލުން ކުރީގައި އޮވެ، ނިންމާލުމަށް ފަހު، އެ މެޗު ގެއްލިގެން ދިއުމަކީ ދެން އޮތް މެޗަށް ޕްރެޝަރުތަކެއް އަންނާނެ ސަަބަބެއް ކަމަށެވެ. އެ ގޮތަށް ވިސްނާއިރު، ސްރީ ލަންކާގެ މެޗުގެ ކަންކަން ދިޔަ ގޮތުގެ އަސަރު ބޫޓާން މެޗަށް ސައިކޮލޮޖިކަލީ ތައްޔާރުވާއިރު ކުރާނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.

ހުކުރު ދުވަހު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ރާއްޖެ އަށް ވަރަށް މުހިންމު މެޗެއް ކަމަށާއި ފުރަތަމަ ދެ މެޗަށް ވުރެން ރަނގަޅަށް އެ މެޗުގައި ރާއްޖޭގެ ކުޅުންތެރިން ކުޅޭނެ ކަމަށް އުންމީދުކުރާ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox