ސްޕޭސް އެކްސް ހިއްސާގެ ބާޒާރަށް: މަސްކު ފުރަތަމަ ޓްރިލިއަނަރަށް ވުމުގެ ފުރުސަތު

May 21, 2026, 2:30 AM
އީލޮން މަސް

އީލޮން މަސް

އިލޮން މަސްކުގެ ޖައްވީ އިދާރާ، ސްޕޭސް އެކްސް އާންމުކޮށް ހުޅުވާލައިގެން ހިއްސާ ވިއްކުމަށް ނުވަތަ އައިޕީއޯއަކަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.

މި ނިންމުމާއެކު، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި މަސްކަށް ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޓްރިލިއަނަރަކަށް ވުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް މާލީ މާހިރުން ބުނެއެވެ.

ވޯލް ސްޓްރީޓްގެ ތާރީހުގައިވެސް ކުރިމަތިލާ އެންމެ ބޮޑު އައިޕީއޯގެ ގޮތުގައި ބެލެވޭ މި ހިއްސާ ވިއްކުން އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާއިރު، ބާޒާރުގައި މި ކުންފުނި ތަމްސީލުކުރާނީ އެސްޕީސީއެކްސްގެ ނަމުގައެވެ.

Advertisement

ސްޕޭސް އެކްސްއަކީ ރޮކެޓް އުފެއްދުމުގެ އިތުރުން ސްޓާލިންކްގެ ނަމުގައި ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓްގެ ޚިދުމަތް ދޭ ކުންފުންޏެކެވެ. މީގެ އިތުރުން މަސްކުގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އެކްސްއޭއައި ވެސް މިހާރު ހިންގަމުންދަނީ ސްޕޭސް އެކްސްގެ ދަށުންނެވެ.

މި ކުންފުނީގެ އަގު ގާތްގަނޑަކަށް 1.25 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭއިރު، ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަ މަސްކުގެ މިލްކިއްޔާތުގައި ހުރި ހިއްސާގެ އަގު އެކަނިވެސް 600 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެއެވެ.

މިދިޔަ އަހަރު މަސްކު ވަނީ ފަސްސަތޭކަ ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް ހަމަކުރި ފުރަތަމަ މީހާގެ ޝަރަފު ހޯދާފައެވެ. އެހެންކަމުން ސްޕޭސް އެކްސް ބާޒާރަށް ނެރުމުން އޭނާގެ ޖުމްލަ މުއްސަނދިކަން އެއް ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެއެވެ.

މި އައިޕީއޯއާ ގުޅިގެން ހުށަހެޅި ލިޔެކިޔުންތަކުން ސްޕޭސް އެކްސްގެ މާލީ ހާލަތު ފުރަތަމަ ފަހަރަށް ވަނީ އާންމުވެފައެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 18.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، 4.9  ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ވެފައެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު  4.7  ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރިއިރު، 4.3 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަން ލިޔެކިޔުންތަކުން ދައްކައެވެ. ކުންފުނީގެ މިލްކިއްޔާތުގައި 102 ބިލިއަން ޑޮލަރުގެ މުދާ ހުރި ނަމަވެސް، 60.5  ބިލިއަން ޑޮލަރުގެ ދަރަނި އޮތްކަންވެސް ވަނީ ހާމަވެފައެވެ.

މާލީ ގޮންޖެހުންތަކުގެ އިތުރުން، ސްޕޭސް އެކްސްއަށް ގާނޫނީ ގިނަ މައްސަލަތަކެއްވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ގާނޫނީ ހަރަދުތަކަށް އެކަނިވެސް ބައި ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަވާނެ ކަމަށް ކުންފުނިން ލަފާކުރެއެވެ. މީގެ ތެރޭގައި އެކްސްއޭއައިގެ ގްރޮކް ޗެޓްބޮޓް ބޭނުންކޮށްގެން އަންހެނުންނާއި އަންހެން ކުދިންގެ ފޮޓޯތައް ބޭނުންކޮށްގެން ބަދުއަހުލާގީ މަންޒަރުތައް އުފައްދާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ.

މަސްކު ވަނީ އެކްސްއޭއައި އުވާލައި، އޭއައިގެ ހުރިހާ މަސައްކަތެއް ސްޕޭސް އެކްސްގެ ދަށަށް ބަދަލުކުރަން ނިންމާފައެވެ. މީގެ އިތުރުން ކުރިން ޓުވިޓާގެ ނަމުން މަޝްހޫރުވި އެކްސް ސޯޝަލް މީޑިއާ އެޕަކީވެސް މިހާރު ސްޕޭސް އެކްސްގެ ދަށުން ހިންގާ ތަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox