ސްޕޭސް އެކްސް ހިއްސާ ވިއްކަން ފަށަނީ
އިލޮން މަސްކުގެ ސްޕޭސް އެކްސް ކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކުމަށް ހުށަހެޅުމާއެކު، އޭނާއަކީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ. އަންނަ މަހު މި ހިއްސާ ވިއްކަން ފަށާއިރު، ކުންފުނީގެ އަގު 1.25 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ނަމަވެސް، އާންމުކުރި މާލީ ހިސާބުތަކުން ދައްކާގޮތުގައި ކުންފުންޏަށް ބޮޑެތި އާމްދަނީ ލިބުނު ނަމަވެސް، އަދިވެސް ދަނީ ބޮޑެތި ގެއްލުންތަކާއި ދަރަނިތަކާ ކުރިމަތިލަމުންނެވެ.