ގްރީން ސްޓްރީޓްސްގެ މެނޭޖްމަންޓުގެ އެދުމާ އެއްގޮތަށް ނިސްތާރު ކްލަބްގައި މަޑުކުރަން ނިންމުން ބަދަލުކޮށްފި

އެފްއޭއެމުން ބޭއްވި ދިވެހި ޕްރިމިއާ ލީގުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނިސްތާރު.--- ފޮޓޯ: އަދަދު ސްޕޯޓްސް

އެފްއޭއެމުން ބޭއްވި ދިވެހި ޕްރިމިއާ ލީގުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނިސްތާރު.--- ފޮޓޯ: އަދަދު ސްޕޯޓްސް

ހަ އަހަރަށް ފަހު ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވާން ނިންމި، މަޝްހޫރު ކޯޗު، އަލީ ނިސްތާރު މުހައްމަދު، އެ ކްލަބްގައި މަޑުކުރަން ޓީމުގެ މެނޭޖްމަންޓުން އެދުމާ އެކު، އެ ގޮތަށް ނިންމުން ބަދަލުކޮށްފި އެވެ. 

ބީޖީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްގައި އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި، ނިސްތާރު، ގްރީން ސްޓްރީޓްސް އިން އިސްތިއުފާ ދޭން ނިންމިކަން އިއުލާނުކުރީ ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. އޭނާ އެ ކްލަބް ދޫކޮށްލަން ނިންމި މައިގަނޑު ސަބަބަކީ، ކްލަބްގެ މިސްރާބު ދާ ގޮތުންނެވެ.

ހަ އަހަރަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ނިސްތާރު ވަކިވެއްޖެ

ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމުގައި ހުރި އަލީ ނިސްތާރު މުހައްމަދު، ހަ އަހަރަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމައިފިކަން ވަނީ އިއުލާނުކޮށްފައި. ނިސްތާރު، ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ހަވާލުވީ 2020 ވަނަ އަހަރު. އޭނާ ވަނީ މީގެ ކުރިން، އއ. މާޅޮހާއި ށ. ފޯކައިދޫ އަށް ދިވެހި ޕްރިމިއާ ލީގުގައި ކޯޗުކޮށްދީފައި.

އެކަމަކު، ގްރީން ސްޓްރީޓްސްގެ މެނޭޖްމަންޓުން ވަނީ ނިސްތާރު ކްލަބުން ވަކިވާން ނިންމި ނިންމުން ބަދަލުކޮށް، އެކުގައި މަސައްކަތް ކުރަން ކަންކަން ހައްލުކޮށްފަ އެވެ. އެކަން ނިމިގެންދިޔައީ، ދެ ފަރާތުގެ މެދުގައި ބޭއްވުނު ބައްދަލުވުމަކަށް ފަހު އެވެ. 

އެ ގޮތުން، "އަދަދު ސްޕޯޓްސް" އަށް ނިސްތާރު ބުނީ، ގްރީން ސްޓްރީޓްސްގެ ވައިސް ޗެއާޕާސަންގެ މުއާވިޔަތު ހަލީލް (މުއާބެ) އާއި ކްލަބްގެ މެނޭޖްމަންޓާ އެކު ދެކެވުނު ވާހަކަ ތަކަށް ފަހު ކްލަބްގައި މަޑުކޮށް، އިއްޔެ ޕްރެކްޓިސްތައް އަލުން ފަށާފައިވާނެ ކަމަށެވެ.

އަދި، ގްރީން ސްޓްރީޓްސްގެ ސީނިއާ ކުޅުންތެރިން ކަމަށްވާ، ޓީމުގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) ގެ އިތުރުން އަންސަރު އިބްރާހިމް (އަންކޮ) އާއި މުހައްމަދު ޖައިލަމް (އޮގީ) ވެސް ޓްރެއިނިންތަކުގައި ބައިވެރިވެފައިވާ ކަމަށް ނިސްތާރު ފާހަގަކުރިއެވެ. 

ކުރިން، އއ. މާޅޮހާއި ށ. ފޯކައިދޫ އަށް ވެސް ކޯޗުކޮށްދިން ނިސްތާރު ބުނީ، އޭނާ ކޯޗަކަށް މަޑުކުރަން ގްރީން ސްޓްރީޓްސްގެ ކެޕްޓަން، ރިލޭ ވެސް އެދުނު ކަމަށެވެ. އަދި، ގްރީން ސްޓްރީޓްސްގެ މެނޭޖްމަންޓާއި ހާއްސަކޮށް މުއާބެގެ އިތުރުން ކުޅުންތެރިންނާ ދެމެދު އޮންނަ ގާތްގުޅުމުގެ ސަބަބުން ކްލަބްގައި މަޑުކުރާ ގޮތަށް ނިންމުން ބަދަލުކުރުން މުހިންމުކަމަށް ފެނުނީކަން ނިސްތާރު ފާހަގަކުރި އެވެ. 

"ވަރަށް އުނދަގޫވި ނޫނެކޭ ދެން ބުނަން. ދެ ފަހަރެއްގެ މަތިން މަންމަ އާއި ބައްޕަ ބަލިވެ އުޅުނުއިރު، އަހަރެން ވެސް ހޮސްޕިޓަލްގައި އޮންނަން ޖެހުނުއިރު، މުއާބެ ވަރަށް އެހީވި. އެ ކަހަލަ ގާތްކަމާއި އިތުބާރު އޮންނަ ބައެއްގެ ފަރާތުން އަންނަ ކަމަކަށް ނޫނެކޭ ބުނަން އުނދަގޫވާނެ،" 2020 ވަނަ އަހަރުން ފެށިގެން ގްރީން. ސްޓްރީޓްސްގެ ކޯޗުކަން ކުރަމުން އަންނަ ނިސްތާރު ބުންޏެވެ. 

ގްރީން ސްޓްރީޓްސް އިން މިހާރު ތައްޔާރުވަމުން އަންނަނީ ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން އަށެވެ. އެ ގޮތުން، އެ ކޮލިފިކޭޝަންގެ ހަތަރު ޖާގައެއް ވަނީ ޔަގީންވެފަ އެވެ. އެއީ، ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ ޓީސީ ސްޕޯޓްސް ކްލަބާއި އަށް ވަނަ ގްރީން ސްޓްރީޓްސްގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް އާއި ނޯތު ރީޖަންގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. ބާކީ ދެ ޖާގަ ލިބޭނީ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން އާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަނަށެވެ. މި ހަ ޓީމު ކުޅޭ ކޮލިފިކޭޝަން ބުރުން ގަދަ ހަތަރެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.

ގްރީން ސްޓްރީޓްސް އިން ދިވެހި ޕްރިމިއާ ލީގުގައި ކުޅެން އޮތް އެންމެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މެޗަށް ހާޒިރެއްނުވެ އެވެ.އެ ގޮތުން، އެ މެޗަށް ހާޒިރުނުވި މައްސަލައިގައި، އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ގްރީން ސްޓްރީޓްސް 50،000 ރުފިޔާގެ ޖޫރިމަނާކޮށް، ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޓްރާންސްފާ ބޭން އެއް ދޭން އެފްއޭއެމް އިން ނިންމި އެވެ. އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ އެ ނިންމުމާ އެކު، ގްރީން ސްޓްރީޓްސްގެ ޕޮއިންޓެއް އުނިކުރަން ނެތުމުން، ކްލަބް ވެލެންސިއާ ވަނީ ރެލިގޭޓްވެފަ އެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox