މުއިއްޒު ވައުދުތައް އުވާލައި ހުދުމުހުތާރުވެއްޖެ، މި ވެރިކަން ވަގުތުން ބަދަލުކުރަން ޖެހޭ: ސޯލިހު

May 18, 2026, 11:31 PM
ތިން ރައީސުންގެ ބައްދަލުވުން —— ފޮޓޯ: މުހައްމަދު ޝަރުހާން

ތިން ރައީސުންގެ ބައްދަލުވުން —— ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މި ވެރިކަން ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ޖަލްސާގައި ސޯލިހު ވިދާޅުވީ، 2023 ވަނަ އަހަރު ރައްޔިތުން އާ ވެރިޔަކު ހޮވީ އޭރަށް ވުރެ ރަނގަޅު ގޮތްތަކެއް ހޯދައި، އުފާވެރި މާދަމައެއް ބިނާކުރުމަށް ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ ދިނީ ވެސް ވެފައިވާ ވައުދުތައް ފުއްދުމުގެ ފުރުސަތު ދިނުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ވެރިކަމަށް ދެ އަހަރާ ބައި ވެގެންދާއިރު ގައުމު އޮތް ހާލަތު ކޮންމެ މީހަކަށް ވެސް ވަޒަންކުރެވޭނެ ކަމަށާއި، ސަރުކާރުން ވީ އެއްވެސް ވައުދެއް ފުއްދަމުން ނުދާއިރު، ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވެފައިވާ ކަމަށެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރެންޑަމްގެ ނަތީޖާއަށް އިޝާރާތް ކުރައްވައި ސޯލިހު ވިދާޅުވީ، ރައްޔިތުން މިހާރު ތިބީ މި ސަރުކާރު ބޭނުންވެގެން ނޫން ކަމަށެވެ. މިއީ ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައިވާ ސަރުކާރެއް ކަމަށާއި، އިތުރަށް ފުރުސަތު ދިން ވަރަކަށް ގައުމު ދާނީ ހަލާކުގެ ތެރެއަށް ކަމަށް އެމަނިކުފާނު އިންޒާރު ދެއްވި އެވެ.

"މިއީ ބަދަލުކުރަން ޖެހިފައި ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައި އޮތް ސަރުކާރެއް. މިއީ މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ. އެ ނޫން އެއްވެސް ކަމެއް މިއަދަކު ނެތް އަޅުގަނޑުމެން ކުރަންޖެހޭ. އިތުރަށް ފުރުސަތު ދިން ވަރަކަށް މި ގައުމު ދާނީ ހަލާކުގެ ތެރެއަށް. މިނިވަންކަން ދާނީ ގެއްލިގެން،" ސޯލިހު ވިދާޅުވި އެވެ. 

ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ސޯލިހު ވިދާޅުވި ފަހުން މިރޭގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލު ކުރާނެ ކަމަށާއި އެކަން ކުރާނީ މަޖިލީހުގެ ތެރެއިން މުއިއްޒު އަޒުލުކޮށްގެން ކަމަށެވެ. 

މިއަހަރު ނިމުމުގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލުކުރާނަން: ނަޝީދު

މިއަހަރު ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ވެރިކަން ބަދަލުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މި މަސައްކަތުގައި ރައީސް ޔާމީނާއި ޕީއެންސީގެ ބައެއް މެންބަރުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު މިކަމަށް ހޯއްދަވާނެ ކަމަށެވެ.

ރާއްޖޭގެ ވެރިކަން މިހާރު ބަދަލުވެފައިވަނީ ހުދުމުހުތާރު ވެރިކަމަކަށް ކަމަށާއި މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އަސާސީ ހައްގުތަކާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން މުޅިން ހަނިކޮށްފައިވާ ކަމަށާއި، މަޖިލީހުގެ ބާރު ކަނޑުވާލައި، ސަރުކާރާ ދެކޮޅަށް ބަސްބުނާ މީހުން ޖަލަށްލަމުންދާ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މިހާރު ހައްޔަރުކޮށްފައި ތިބި ނޫސްވެރިންނާއި، އިހުތިޖާޖުތަކުން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް މުއިއްޒަށް ގޮވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައީސް އޮފީހުގެ ތެރޭގައި ހިނގާ ކަންކަމުގެ ހަބަރު ފެތުރުމަކީ މިހާރު ކުށަކަށް ވެފައިވާ ކަމަށާއި، ނަމަވެސް އެތަނުގައި ހިނގާ ކޮންމެ ކަމެއް ރައްޔިތުންނަށް ސާފުކޮށް އެނގެންޖެހޭނެއެވެ.

"އެއީ އެތާ ހުންނަ ސޯފާއެއް ކަމަށް ވިޔަސް، ދިގުގޮނޑިއެއް ކަމަށް ވިޔަސް، ވަށް މޭޒެއް ކަމަށް ވިޔަސް އެ ވާހަކަތައް ހާމަވާންޖެހޭނެ،" ސޯލިހު ވިދާޅުވި އެވެ. 

ސޯލިހު ވަނީ އަބްދުﷲ ސޯދިގު އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އޭނާއަކީ މަޖިލީހަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށާއި، އޭނާއަކީ އައްޑޫގެ ތަރައްގީގެ މޭސްތެރިޔާ ކަމަށް ސޯލިހު ވިދާޅުވިއެވެ.

އަބްދުﷲ ސޯދިގު މަޖިލީހަށް އިންތިހާބުވުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ. މި މަސައްކަތުގައި އެމަނިކުފާނާއި ރައީސް ނަޝީދު އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox