އަންހެން ކުއްޖަކު ބްލެކްމެއިލް ކުރަން ޕީއެންސީގެ މެންބަރަކު އެދުނު: އައްބާސް

May 16, 2026, 8:19 AM
Velidhoo MP Mohamed Abbas. -- Photo: People's Majlis

Velidhoo MP Mohamed Abbas. -- Photo: People's Majlis

އަންހެން ކުއްޖަކު ބްލެކްމެއިލް ކުރުމަށްޓަކައި އެ ކުއްޖާގެ ފޮޓޯ އާއި ވީޑިއޯ ހޯދައިދިނުމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މެންބަރަކު އެދުނު ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ. 

އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ޕީއެންސީގެ މެންބަރަކު އޭނާއަށް ގުޅުއްވައި، ވަކި އަންހެން ކުއްޖަކު ދިރިއުޅޭ އެޕާޓްމަންޓް ބިލްޑިންގާއި އުޅޭ ފްލޯ އެނގޭތޯ ސުވާލު ކުރި އެވެ.

އެ ސުވާލުގެ ޖަވާބުގައި އެކަން ނޭނގޭ ކަމަށާއި އެއީ ކާކު ބުނެގެން ކުރާ ކަމެއްތޯ އައްބާސް ސުވާލު ކުރެއްވުމުން،  އެއީ އޭނާގެ އަންހެނުން ބުނެގެން ބަލާލީ ކަމަށް ބުނި ކަމަށެވެ.

އެ ގުޅި މީހާ އިތުރަށް އެދިވަޑައިގަތީ އެ އަންހެން ކުއްޖާ ބްލެކްމެއިލް ކުރުމަށްޓަކައި ބޭނުންވާނެ ފޮޓޯ ނުވަތަ ވީޑިއޯއެއް ހޯދައިދިނުމަށް ކަމަށް އައްބާސް ވިދާޅުވިއެވެ.

އެކަމަށް ބޭނުންވާނެ ހުރިހާ އާލާތްތަކާއި ފަންޑު ވެސް ހަމަޖައްސައިދޭނެ ކަމަށް ބުނި ކަމަށާއި ނަމަވެސް އެއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އެކަމަށް އިންކާރު ކުރެއްވި ކަމަށް އައްބާސް ވިދާޅުވިއެވެ.

އެމަންޖެ ދިރިއުޅޭ އެޕާޓްމަންޓު ބިލިޑިންގް އާ އުޅޭ ފުލޯ އެގޭތޯ ބަލަން މިދިޔަ ރަމަޟާން މަހުގެ ތެރޭގައި މެޖޯރިޓީ ޕާޓީގެ މަޖުލީސް މެންބަރަކު އަޅުގަނޑަށް ގުޅުއްވާ އެއްސެވ. ޖަވާބުގައި އަޅުގަނޑު ބުނިން އަޅުގަނޑަށް ނޭނގޭ ވާހަކައާ ކިހިނެތްވީތޯ ކާކު ބުނުއްވައިގެންތޯ. ޖަވާބުގައި ވިދާޅުވި އޭނަގެ އަންހެނުން ބުނެގެން ބަލަނީކަމަށް. އޭގެ ފަހުގައި މެންބަރު އަޅުގަނޑު ކައިރީގައި އެއްސެވީ އެމަންޖެ ބުލެކްމެއިލް ކޮށްލުމަށް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ހޯދައި ދިނުމަށް. އެކަމަށް ބޭނުންވާނެ އާލާތްތަކާ ފަންޑު ދެއްވާނެ ކަމަށް ވިދާޅުވި. ޖަވާބުގައި އަޅުގަނޑު ބުނިން އަޅުގަނޑަކަށް ނުވާނޭ. އެބޭފުޅަކާ އެވާހަކަތައް އަޅުގަނޑު ދެއްކިއިރު އަޅުގަނޑުގެ އަބިމީހާ އަޅުގަނޑު ކައިރީގައި އިންނާނެ. އެމީހުން އެކަމުން ސަލާމަތްވާން ނުވަތަ އޭނަ ކުރި މުޑުދާރު ކަންތައް ސިއްރު ކުރުމަށް އެމަންޖެ ބުލެކްމެއިލް ކުރަން އުޅޭކަން އެމަންޖެއަށް އެވަގުތު ގުޅާ އަޅުގަނޑު އަންގާފައި ވާނީ. އޭނަ ނުކުރާ ކަމެއްނަމަ ކޮންތެޅުމެއް އެތެޅުނީ؟
މުހައްމަދު އައްބާސް

އައްބާސް އިތުރަށް ވިދާޅުވީ މި މުއާމަލާތް ހިނގި ވަގުތު އޭނާގެ އަނބިމީހާ ވެސް ކައިރީގައި އިިން ކަމަށެވެ. އަދި އެ މީޙުން ރަން އުޅޭ ކަންތައްތަކުން ސަލާމަތްވުމަށާއި، އެ މީހުން ކުރި "މުޑުދާރު" ކަންތައްތައް ސިއްރު ކުރުމަށްޓަކައި އެ އަންހެން ކުއްޖާ ބްލެކްމެއިލް ކުރަން އުޅޭކަން އެ ވަގުތުން ވަގުތަށް އެ ކުއްޖާއަށް ގުޅައި ކިޔައިދީފައިވާނެ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން އަންހެން ކުއްޖެއްކަން އައްބާސް ވުދާޅެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox