ތިން ރައީސުންނަކީ ފޭލިވެފައިވާ މީހުން، ޒިންމާދާރު އިދިކޮޅެއް ހޯދަން ދުއާކުރަންޖެހޭ: މުއިއްޒު

Photo: PNC

Photo: PNC

ކުރީގެ ތިން ރައީސުންނަކީ ސިޔާސީ ގޮތުން ފޭލިވެފައިވާ ބޭފުޅުން ކަމަށް ސިފަކުރައްވައި، ގައުމުގެ ކުރިއެރުމަށްޓަކައި ޒިންމާދާރު އިދިކޮޅު ފަރާތެއް ހޯދުމަށް ދުއާކުރަންޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި މުއިއްޒު ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ތިން ބޭފުޅުން ފުރަތަމަ ފަހަރަށް މަޝްވަރާއަށް އެއް މޭޒަކަށް ވަޑައިގަންނަވާ ތާރީހީ ބައްދަލުވުން މިރޭ ބޭއްވުމަށް އިއްޔެ އިއުލާނުކޮށްފައި ވާއިރު، މުއިއްޒު ރޭ ވިދާޅުވީ، މިހާރު ފެންނަނީ އެކަކު އަނެކެއްގެ ކަރުގައި ހިފައިގެން އަދި ބުރަކަށީގައި ވަޅި ޖަހައިގެން ތިބި ބަޔަކު އެއްވެގެން ގައުމުގެ ވާހަކަ ދައްކާ މަންޒަރު ކަމަށެވެ.

"ސިޔާސީ މަސައްކަތްކުރަން މިތަނަށް ޒިންމާދާރު އޮޕޮޒިޝަނެއް އަޅުގަނޑުމެން ބޭނުންވޭ. އަޅުގަނޑުމެން އެންމެން ދުއާކުރަންވީ މިތަނަށް ޒިންމާދާރު އޮޕޮޒިޝަނެއް އަންނާނެ ދުވަހަކަށް،" މުއިއްޒު ވިދާޅުވި އެވެ. 

"މިއުޅޭ ބަތް ކައްކާ ކުޅޭ މިގޮތަށް ސަކަރާތްޖަހާ، ދެއުޅެއް ނުވާ ފަރާތްތަކަށް މިތާ އޮޕޮޒިޝަންގެ ގޮތުގައި އޮވެގެން ގައުމަށް ވާނެ ފައިދާއެއް ނެތް. އެކަކު އަނެކެއްގެ ކަރުގައި ހިފައިގެން ތިބި އެކަކު އަނެކެއްގެ ބުރަކަށްޓަށް ވަޅި ޖަހާފަ ތިބި ފަރާތްތައް އެއްވެގެން ގައުމޭ ކިޔައިގެން ވާހަކަ ދައްކާއިރު ހުސް ފޭލިއަރުން މިތިބީ. ހުސް ފޭލިއަރުން ނުކުމެ ގައުމުގެ ވާހަކަ ވާހަކަ ދެއްކީމަ އަޅުގަނޑު ހިތުން އަޅުގަނޑުމެން ޒުވާންކުދިން މިކަން އެނަލައިޒްކޮށްލާއިރު ދޭއާ ވެރީ ޑިޕްރެސްޑް."

ތިން ރައީސުން މިރޭ މާލޭގައި ބައްދަލު މިކުރަނީ ނޫސްވެރިންގެ ދިފާއުގައި ކުރެވޭނެ ކަމާއި، ގައުމުގެ އިސްލާހު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާ ކުރުމަށެވެ. މި ބައްދަލުވުން ފަށާނީ މިރޭ 8:00 ގަ އެވެ. އެއަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރާނެ ކަމަށް މައުލޫމާތު ލިބެފައިވެ އެވެ.

ތިން ރައީސުންގެ ތާރީހީ ބައްދަލުވުން މާދަމާ ރޭ ބާއްވަނީ

ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދު، ޔާމީން އަދި ސޯލިހު ގައުމީ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މާދަމާ ރޭ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ނޫސްވެރިންގެ ދިފާއުގައާއި، ސަރުކާރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނާ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރުމެވެ. މިއީ ތަފާތު ސިޔާސީ ފިކުރުގެ މި ތިން ރައީސުން މިފަދަ މަޝްވަރާއަކަށް އެއް މޭޒަކަށް އަރާވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މުއިއްޒުގެ ފާޑުކިޔުން ނަޝީދު، ޔާމީން އަދި ސޯލިހަށް

ކުރީގެ ދައުރުތަކުގައި ސިޔާސީ ވެރިން ޖަލަށްލުމަކީ އާންމު ކަމަކަށް ވެފައި އޮތް ނަމަވެސް، އެ ބަދަލުހިފުމުގެ ސަގާފަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ލީޑަރުން ބޭނުންވަނީ އަނެއްކާވެސް އެ ބަދަލުހިފުމުގެ ކަންކަން އިޔާދަކުރަން ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ވެރިކަމަށް ވަޑައިގަތުމާ ހަމައަށްޔާމީނަށް އިންތިހާއަށް ތައުރީފު ކުރެއްވި، އަދި ޔާމީނަށް ކޮށްފައިވާ ހުކުމަކީ ހަރާން ހުކުމެއް ކަމަށާއި އެ މަނިކުފާނުގެ ޒައާމަތުގައި ގޯސް ކަމެއް ކޮށްފައި ނެތް ކަމަށް މުއިއްޒު ކުރިން ވިދާޅުވި ނަމަވެސް، ތިން ރައީސުންގެ ބައްދަލުވުން އިއުލާނުކުރުމާއެކު މުއިއްޒުގެ ރާގު ބަދަލުވެ، ޔާމީނަކީ ހިޔާނާތްތެރި އަދި އަނިޔާވެރިއެއް ކަމަށް ވިދާޅުވި އެވެ. 

"މީގެ ކުރީގައި ސިޔާސީ މީހަކު ކިރިޔާ ވެސް އެއްޗެއް ބުނާއިރަށް ވެސް ޖަލަށްލީ ދުވަސް ހިނގެއްޖެ. ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ހިންގި،" ކޔާމީނަށް ނިސްބަތް ކުރައްވައި މުއިއްޒު ވިދާޅުވި އެވެ. 

"ތަރައްގީކުރިޔަސް ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސިޔާސީ ހުރިހާ އެންމެން ޖަލުގައި އެއީ ގައިމު ވެސް ފެންނަން ހުރި ހަގީގަތް. އެހެންވީމަ ޓްރެކް ރެކޯޑު މިއޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭވެފައި ހުރިހާ ފަރާތްތަކެއްގެ ވެސް. މިއީ އަންޑޫ ކުރެވޭނެ ކަންކަމެއް ނޫން. ފަހަތަކަށް ނުދެވޭނެ. އެއީ ފަސްއެޅޭނެ އެއްޗިއްސެއް ނޫން،. އެއީ ފެންނަން ހުރި ހަގީގަތް. އެއީ ތިމަންނަމެއް ނެތް ނޫނޭ ބުނެ ކާކަށްތޯ އޮޅުވާލެވޭނީ. އަމިއްލަ ނަފުސަށްވެސް އޮޅުވާނުލެވޭނެ ކަންކަން." 

އެމްޑީޕީގެ ވެރިކަންތަކަކީ ދީނާ ދެކޮޅު ސިޔާސަތު ގެންގުޅޭފައިވާ ސަރުކާރުތައް ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބިނާކޮށް ބައެއް ވާހަކަތައް ދެއްކެވި އެވެ. އޭގެެތެރޭގައި ސާކް ސަމިޓުތެރޭގައި އިންޑިއާއިން ހަދިޔާކުރި މޮނިއުމެންޓުގައި ސިންގާއެއް އިނުމުން އެއީ ބުދެއް ކަމަށް އޭރު ދެކެވުނު ވާހަކަ މުއިއްޒު ރޭ ތަކުރާރުކުރި އެވެ. 

ނަޝީދަށް ފާޑުކިޔުުން އަމާޒުވެފައި އޮތް "އޯލްޓަނޭޓިވް ނެރޭޓިވް"ގެ ވާހަކަ އާއި ސޯލިހުގެ ވެރިކަމަށް ފާޑުކިޔާފައިވާ އެމްޑީއޭ ރިޕޯޓުގެ ވާހަކައިގެ އިތުރުން، ވެންޓިލޭޓަރު ހިޔާނާތުގެ ވާހަކަ ވެސް މުއިއްޒު ފާހަގަ ކުރިއެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox