ކޯރަމް ހަމަނުވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާއެއް ނުފެށުނު
ވެރިކަން ކުރާ ޕީއެންސީގެ ގިނަ މެންބަރުން މަޖިލީހަށް ހާޒިރުނުވުމުގެ ސަބަބުން، ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށޭގޮތް ވަނީ ނުވެފައެވެ. މީގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލާފައިވާއިރު، ފުލުހުން އޭނާގެ މައްޗަށް ސީރިއަސް ޖިނާއީ ތުހުމަތުތަކެއް ކުރާ ކަމުގެ މައުލޫމާތު ވަނީ ފެންމަތިވެފައެވެ.