ސެމްސަންގް ކުންފުނިން 15 މިލިއަން ޑޮލަރު ހޯދަން ދުއާ ލިޕާ ދައުވާކޮށްފި

May 12, 2026, 8:40 AM
ސެމްސަންގް ޓީވީގެ ފޮށިގަނޑުގައި ދުއާ ލީޕާގެ ފޮޓޯ ބޭނުންކޮށްފައި -- ފޮޓޯ: ޔޫއެސް ޑިސްޓްރިކްޓް ކޯޓް ފޯ ދަ ސެންޓްރަލް ޑިސްޓްރިކްޓް އޮފް ކެލިފޯނިއާ

ސެމްސަންގް ޓީވީގެ ފޮށިގަނޑުގައި ދުއާ ލީޕާގެ ފޮޓޯ ބޭނުންކޮށްފައި -- ފޮޓޯ: ޔޫއެސް ޑިސްޓްރިކްޓް ކޯޓް ފޯ ދަ ސެންޓްރަލް ޑިސްޓްރިކްޓް އޮފް ކެލިފޯނިއާ

މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާގެ ފޮޓޯއެއް، އެމެރިކާގައި ޓީވީ ވިއްކުމަށްޓަކައި ގާނޫނާ ހިލާފަށް ބޭނުންކުރި ކަމަށް ބުނެ، ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުންޏާ ދެކޮޅަށް އޭނާ ދައުވާކޮށްފި އެވެ.

ދުއާ ލިޕާގެ ވަކީލުން މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކެލިފޯނިއާގެ ކޯޓަކަށް ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ، ސެމްސަންގް ކުންފުނިން ޓީވީ ބަންދުކޮށްފައި ހުންނަ ކާޑުބޯޑު ފޮށިތަކުގައި، އޭނާގެ ތަަސްވީރާއި ސިފަ، ހުއްދައަކާ ނުލައި ވިޔަފާރީގެ މަންފާއަށްޓަކައި ބޭނުންކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ސެމްސަންގް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ހިލޭ ސްޓްރީމިން ހިދުމަތް ކަމަށްވާ "ސެމްސަންގް ޓީވީ ޕްލަސް" އަށް ކޮންޓެންޓް ފޯރުކޮށްދޭ ތިންވަނަ ފަރާތަކުން އެ ލަވަކިޔުންތެރިޔާގެ ފޮޓޯ އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ.

Advertisement

އެ ފޮޓޯ ބޭނުންކުރީ، ޓީވީ ފޮށިތަކުގައި ބޭނުންކުރުމުގެ ހުއްދަ ހިމެނޭހެން، ހުރިހާ ހުއްދައެއް ލިބިފައިވާ ކަމުގެ ފުރިހަމަ ޔަގީންކަން ކޮންޓެންޓް ޕާޓްނަރުގެ ފަރާތުން ލިބުމުން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ދުއާ ލިޕާގެ ޓީމާއެކު ވާހަކަދައްކައިގެން މި މައްސަލައަށް ބިނާކުރަނިވި ހައްލެއް ހޯދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި، ހައި ޑެފިނިޝަން (އެޗްޑީ) ޓީވީއެއް ބަންދުކޮށްފައިވާ ފޮށީގެ ފޮޓޯއެއް ހިމަނާފައިވެ އެވެ. އެ ފޮށީގައިވާ ޓީވީ ސްކްރީނުން ފެންނަ ފޮޓޯތަކުގެ ތެރެއިން އެންމެ ބޮޑަށް ފެންނަން ހުރީ ދުއާ ލިޕާގެ މޫނުގެ ބައެކެވެ.

"ދުއާ ލިޕާ - ބެކްސްޓޭޖް އެޓް އޮސްޓިން ސިޓީ ލިމިޓްސް، 2024" ގެ ނަމުން ނަންދީފައިވާ މި ފޮޓޯއަކީ އެމެރިކާގެ ކޮޕީރައިޓް އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ، ދުއާ ލިޕާގެ އަމިއްލަ މިލްކެއް ކަމަށް ދައުވާގައި ބަޔާންކޮށްފައިވެ އެވެ.

މި ދައުވާގައި ދުއާ ލިޕާ މިހާރު ވެސް ކުރިއަށްގެންދާ ވިޔަފާރީގެ ބޮޑެތި އެއްބަސްވުންތައް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕޫމާގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރުކަމާއި، ވާސާޗޭ އަދި އީވް ސަން ލޯރެންޓް ފަދަ ބްރޭންޑްތަކުގެ ކެމްޕޭންތަކުގެ އިތުރުން ޕޯޝޭ، އެޕަލް، ޝެނެލް، ނެސްޕްރެސޯ، ބަލްގަރީ އަދި ޓިފަނީ އެންޑް ކޯ ފަދަ މަޝްހޫރު ކުންފުނިތަކާއެކު އޭނާ ކުރާ މަސައްކަތްތައް ހިމެނެ އެވެ.

ދުއާ ލިޕާއަކީ ވިޔަފާރީގެ ބައިވެރިން އިޚްތިޔާރުކުރުމުގައި ވަރަށް ބޮޑަށް ބަލާ ފަރާތެއް ކަމަށާއި، އޭނާގެ ބްރޭންޑް ކުރިއަރުވަނީ ވަރަށް ފެންވަރު މަތީ ސްޕޮންސަޝިޕްތަކުގެ ޒަރީއާއިން ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އަދި އޭނާ ގެންގުޅޭ މި ސިޔާސަތުގެ ދަށުން، ސެމްސަންގްގެ މި އުފެއްދުންތައް އިޝްތިހާރު ކުރުމަށް އޭނާގެ ނަމާއި ސިފަ ބޭނުންކުރުމުގެ ހުއްދަ އެއްވެސް ހާލެއްގައި ނުދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ދައުވާގައި ދުއާ ލިޕާ އެދިފައި ވަނީ ސެމްސަންގުން އޭނާގެ ފޮޓޯ ބޭނުންކުރުން ދާއިމީކޮށް ހުއްޓުވައިދިނުމަށާއި، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މަދުވެގެން 15 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox