އިންޑިއާ އިންތިހާބަށް ފަހު ހަމަނުޖެހުން: ތިން މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފި

May 7, 2026, 10:45 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ވެސްޓް ބެންގޯލްގައި މި ހަފުތާގައި ބޭއްވި އިންތިހާބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން ތިން މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފި އެވެ.

މަރުވި މީހުންގެ ތެރޭގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ލީޑަރެއްގެ އެހީތެރިއަކު ވެސް ހިމެނެ އެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ވެސްޓް ބެންގޯލްގެ ވެރިކަން ކުރައްވަމުން ގެންދަވާ ޗީފް މިނިސްޓަރު މަމަތާ ބެނާޖީގެ ތުރިނަމޫލް ކޮންގްރެސް (ޓީއެމްސީ) ބަލިކޮށް، މި ފަހަރުގެ އިންތިހާބު ކާމިޔާބުކުރީ މޯދީގެ ބީޖޭޕީންނެވެ.

އިންތިހާބުން ބަލިވި ނަމަވެސް، މަގާމުން އިސްތިއުފާ ދެއްވުމަށް މަމަތާ ބެނާޖީ ވަނީ އިންކާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބުން "ބަލިނުވާ" ކަމަށާއި، ބީޖޭޕީން އިންތިހާބު ކާމިޔާބުކުރީ އެ ގައުމުގެ އިލެކްޝަން ކޮމިޝަނާ ގުޅިގެން މަކަރު ހަދައިގެން ކަމަށެވެ.

ވެސްޓް ބެންގޯލްގެ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 200 އަށްވުރެ ގިނަ ޖިނާއީ މައްސަލަ ރަޖިސްޓްރީކޮށް، 433 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ސްޓޭޓްގެ ފުލުހުންގެ ވެރިޔާ ސިދް ނާތު ގުޕްތާ ބުދަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ބީޖޭޕީން ތުހުމަތުކުރާ ގޮތުގައި ޓީއެމްސީން ދަނީ ރޭވުންތެރިކަމާއެކު ވަކި ބަޔަކަށް އަމާޒުކޮށްގެން މީހުން މެރުމުގެ އަމަލުތައް ހިންގަމުންނެވެ.

ނަމަވެސް ޓީއެމްސީން ވަނީ އެ ހަމަނުޖެހުންތައް ކުށްވެރިކޮށްފަ އެވެ. އެ ޕާޓީން ބުނާ ގޮތުގައި އެ އަމަލުތަކަކީ "ބީޖޭޕީގެ މަދަދުލިބޭ ގާނޫނާ ހިލާފު އަމަލުތައް ހިންގާ ބަޔަކު" ކުރަމުންދާ ކަންތައްތަކެކެވެ.

ވެސްޓް ބެންގޯލްއަކީ އިންތިހާބުތަކަށް ފަހު މިފަދަ ހަމަނުޖެހުންތައް ހިނގުމުގެ ތާރީހެއް އޮތް ސްޓޭޓެކެވެ. އެގޮތުން 2021 ވަނަ އަހަރު ބޭއްވި އިންތިހާ ބުގެ ނަތީޖާ އިއުލާން ކުރުމަށްފަހު ސިޔާސީ ޕާޓީތަކުގެ މެދުގައި ހިނގި މިފަދަ ކުރިމަތިލުންތަކެއްގައި ވެސް 12 ވަރަކަށް މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox