ބޯޑަރު ބެލެހެއްޓުން ދޯހަޅިވެ ގޮތް ނޭނގޭ ދެ ބޯޓެއް ވަގަށް ވަދެފައިވާކަން ސިފައިންނަށް އެނގުނީ ހަފުތާއެއް ފަހުން

May 5, 2026, 12:39 PM
މާލޭ ވިޔަފާރި ބަނދަރު

މާލޭ ވިޔަފާރި ބަނދަރު

ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މާލެ ކައިރީގައި ދެ އުޅަނދެއް ބަނދަރުކޮށްގެން އޮންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ބޯޑަރު ބަލަހައްޓާ އެއްވެސް މުއައްސަސާއަކަށް ހިލަމެއް ވެސް ނުވިކަން އެނގިއްޖެ އެވެ. 

އިތުބާރުކުރެވޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ މި ދެ އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އޭޕްރީލް 26، ގަ އެވެ. 

މި ދެ އުޅަނދު ރާއްޖެއަށް ވަދެފައިވަނީ ކަމާބެހޭ އެއްވެސް އިދާރާއަކަށް ކުރިން އެންގުމަކާ ނުލައެވެ. މިހާރު މާލޭ ސަރަހައްދުގައި ބަނދަރުކޮށްފައި އޮތް ދެ އުޅަނޑުގެ ތެރެއިން  އޭއެލް 1 އަކީ އައިއެމްއޯ ނަންބަރެއް ނެތް އުޅަނދެކެވެ.

Advertisement

މި އުޅަނދުތައް އެންމެ ފަހުން ބަނދަރުކޮށްފައިވަނީ އޮމާންގެ ޝިނާސްގަ އެވެ. އަދި ދަތުރުކުރުމަށް ހަމަޖެހިފައި އޮތީ އިންޑިއާގެ ކަންޑްލާއަށެވެ. ދެ ބޯޓުގައި ވެސް އިންޑިއާ ކެޕްޓަނުން ތިބިއިރު، އެމްޓީ ކޭޖީ 1 ގައި ތިބީ ނުވަ ފަޅުވެރިންނެވެ. އަދި އޭއެލް 1 ގައި ތިބީ  11 ފަޅުވެރިން އެވެ. 

އަދަދު ނޫހަށް މައުލޫމާތު ދިން މަސްދަރުން ބުނީ މި އުޅަނދުތަކާ ގުޅޭ މައުލޫމާތު އެނގުނީ ބަނދަރުކުރިތާ ހަފުތާއެއްގެ ފަހުން މެއި މަހުގެ 3، ވަނަ ދުވަހު އެވެ. 

"މިއީ ވަރަށް ބޮޑު މައްސަލައެއް. ކްރިމިނަލް އިންވެސްޓިގޭޝަންއެއް ވެސް ގިންގަންޖެހޭ،" ސެކިއުރިޓީ ދާއިރާގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ. 

"ކޮބާ ޕެޓްރޯލްކުރުން، ކޮބާ އަގުބޮޑުކޮށް ގެނައި ޑްރޯންތައް."

މި ދެ ބޯޓުގެ މައްސަލަ ސަމާލުކަމަށް އައުމާއެކު، މެއި މަހުގެ 3 ވަނަ ދުވަހު ކަސްޓަމްސް އާއި އެމްއެންޑީއެފްގެ ޓީމަކުން އެ އުޅަނދުތަކަށް  ގޮސް އަރައި ފާސްކުރި އެވެ. 

މި ދެ އުޅަނދުގެ މައްސަލައާ ގުޅޭ މައުލޫމާތު ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox