މުއިއްޒުއާ ޖެހިވަޑައިގެންނެވި މައްސަލައެއްގައި އިސްތިއުފާ ދެއްވަން އުޅުނު ވާހަކަ ޒަމީރު ދޮގު ކުރައްވައިފި

Apr 13, 2026, 12:20 PM
މާލީ ވަޒީރު މޫސާ ވަޒީރު --

މާލީ ވަޒީރު މޫސާ ވަޒީރު --

ރައީސް މުހައްމަދު މުއިއްޒުއާ ޖެހިވަޑައިގެންނެވި މައްސަލައެއްގައި ކެބިނެޓުން އިސްތިއުފާ ދެއްވަން އުޅުނު ވާހަކަ މާލީ ވަޒީރު މޫސާ ޒަމީރު ދޮގު ކުރައްވައިފި އެވެ.

އަދަދު އާ ވާހަކަ ދެއްކި ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި ޒަމީރު އިސްތިއުފާ ދެއްވަން އުޅުއްވީ، ލޯކަލް ކައުންސިލުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު ބޭއްވި ބައްދަލުވުމެއްގައި ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ. 

ނަމަވެސް އެކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ޒަމީރު އިއްޔެ ވިދާޅުވީ އޭނާ ކެބިނެޓުން އިސްތިއުފާ ދެއްވަން އުޅުނު ވާހަކައަކީ ދޮގެއް ކަމަށެވެ.

"އެއީ ދޮގެއް،" އިނގިރޭސިބަހުން މި ނޫހުގެ ނޫސްވެރިޔަކަށް ފޮނުއްވި މެސެޖެއްގައި ޒަމީރު ވިދާޅުވި އެވެ. 

ޒަމީރު އާއި މުއިއްޒުއާ މައްސަ ޖެހުނީ އިންތިހާބުގެ ބަލިން އިބުރަތެއް ލިބިގަތުން މުހިންމު ކަމަށް އޭނާ ރައީސްއަށް ދެންނެވުމުން ކަމަށް ކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނެ އެވެ. 

އިންތިހާބުގެ ނާކާމިޔާބީއިން ފިލާވަޅެއް ލިބިގަތުމަށް ޒަމީރު ދެންނެވުމުން، އެ ވާހަކަ ގަބޫލު ނުކުރައްވައި، އެއީ ސަރުކާރަށް ލިބުނު ބޮޑު ބައްޔެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު، ޒަމީރަށް ހަރުކަށި ރައްދެއް ދެއްވި ކަމަށް މަސްދަރުތަކުން ބުނެ އެވެ. 

ޒަމީރު އިސްތިއުފާ ނުދެއްވަން ނިންމީ ރައީސް މުއިއްޒު މައާފަށް އެދިވަޑައިގަތުމުން ކަމަށް ވެސް މަސްދަރުތަކުން ޔަގީންކޮށްދެ އެވެ. 

ކުރިން ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި ޒަމީރު ވަނީ މި ސަރުކާރުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ދައުލަތަށް ކޮށްދެއްވައިފަ އެވެ. އެގޮތުން، މުއިއްޒާއި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއަށް ފުރައްސާރަ ކުރުމުން ޖެހުނު މައްސަލަތައް ހައްލު ކުރަން ޒަމީރު އިސް ދައުރެއް އަދާކުރެއްވި އެވެ. 

އޭގެ އިތުރުން، މި ހިނގާ އޭޕްރީލް 2، ގައި ސުކޫކަށް ދައްކަންޖެހުނު 524.68 މިލިއަން އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދެއްކުމުގެ މާސްޓާމައިންޑް އަކީ ވެސް ޒަމީރު ކަމަށް ވަރަށް ގިނަ ބަޔަކު ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox