ރޮބީނިއޯގެ ދަރިފުޅު ގައިގައި ޖެހުނީތީ ނޭމާ މާފަށް އެދެފި

May 7, 2026, 10:31 AM
ސަންޓޯސްގެ މެޗެއްގެ ތެރެއިން، ނޭމާ (ކ) އާއި ރޮބީނިއޯ ޖޫނިއާ (މ).

ސަންޓޯސްގެ މެޗެއްގެ ތެރެއިން، ނޭމާ (ކ) އާއި ރޮބީނިއޯ ޖޫނިއާ (މ).

ރިއޯ ޑި ޖަނެއިރޯ (މެއި 7) - ބްރެޒިލްގެ ކުރީގެ މަޝްހޫރު ތަރި ރޮބީނިއޯގެ ދަރިފުޅު، ރޮބީނިއޯ ޖޫނިއާ ގައިގައި ޖެނުތީ އެކަމާ އަމިއްލަ އަށް ދެރަވާ ކަމަށާއި އެ ކަންކުރެވުނީތީވެ، މާފަށް އެދޭ ކަމަށް ސަންޓޯސްގެ ތަރި، ނޭމާ ބުނެފި އެވެ. 

ސަންޓޯސްގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން، އުމުރުން 18 އަހަރުގެ ރޮބީނިއޯ ޖޫނިއާ ޖޫނިއާ ވަނީ ނޭމާ ކައިރިން ނައްޓާފައި ގޮސްފަ އެެވެ. އެ ވަގުތު ކަންތައްތައް ހިނގައިދިޔަ ގޮތުން ނޭމާ ރުޅިގަދަވެ، ރޮބީނިއޯ ޖޫނިއާ މޫނުމަތީގައި ޖަހާފައިވެ އެވެ. 

މިދިޔަ އާދިއްތަ ދުވަހު ހިނގައިދިޔަ މި ކަންތައްތަކަށް ފަހު، ސަންޓޯސް އިން ވަނީ ނޭމާ، 34، ގެ މައްސަލަ ބަލަން ފަށައިފަ އެވެ. އެކަމަކު، މިދިޔަ އަންގާރަ ދުވަހު، ސަންޓޯސްގެ ރެއި ޕެލޭ ޓްރެއިނިން ސެންޓަރުގައި، ނޭމާ ވަނީ މި މައްސަލަ ހައްލުކޮށްފަ އެވެ. 

"މީޑިއާ ކުރިމަތީގައި އަހަރެން މި ކަމުގައި މާފަށް އެދެންޖެހޭ ކަމަށް ފެންނަންޏާ. މިއީ އެ ވަގުތު. އަހަންނަށް އޯވަރިއެކްޓް ކުރެވުނީ. އަހަންނަށް ރިއެކްޓްކުރެވުނު ގޮތް ޔަގީނުން ވެސް އެ އަށް ވުރެން ރަނގަޅު ކުރެވޭނެ. އެކަމަކު، އަހަންނަށް ގޯސްކޮށް ކަންކަން ކުރެވުނީ، މާފަށް އެދެން،" ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ނޭމާ ބުންޏެވެ.

"ކޮންމެ މީހަކަށް ވެސް ގޯސް ހެދޭނެ، މި ފަހަރު އެކަން ކުރެވިފައި އެ އޮތީ އަހަންނަށް،" 

ރޮބީނިއޯ ޖޫނިއާ ބުނީ، ނޭމާ އަށް އެކަން ކުރެވުމާ އެކު، ހެދުނީ ގޯހެއް ކަމުގެ އިހުސާސް ކުރެވުނުކަން އެނގޭ ކަމަށެވެ. އަދި، އެ ކަމާ ނޭމާ ވަނީ ތަކުރާރުކޮށް އެތައް ފަހަރަކު މާފަށް އެދިފައި ކަމަށް ރޮބީނިއޯ ޖޫނިއާ ވަނީ ބުނެފަ އެވެ. 

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox