ކަސެމީރޯ ގެންދަން އިންޓަ މިއާމީން މަސައްކަތްކުރަނީ

May 3, 2026, 12:26 AM
މެންޗެސްޓާ ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ކަސެމީރޯ އުފާފާޅުކުރަނީ.

މެންޗެސްޓާ ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ކަސެމީރޯ އުފާފާޅުކުރަނީ.

ލަންޑަން (މެއި 3) - މި ސީޒަނަށް ފަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާނެކަން އިއުލާނުކޮށްފައިވާ ބްރެޒިލްގެ މިޑްފީލްޑަރު، ކަސެމީރޯ ގެންދަން އެމެރިކާ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ އިންޓަ މިއާމީ އެފްސީން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ކަސެމީރޯ، ޔުނައިޓެޑާ ގުޅުނީ 2022 ވަނަ އަހަރު 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.

ހަތަރު އަހަރު މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރުމަށް ފަހު، ކަސެމީރޯ، 34، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެކަން މީޑިއާގައި އިއުލާނުކުރިއިރު، އޭނާ ލައްވައި އާ ކޮންޓްރެކްޓެއް ހަދަން ޔުނައިޓެޑުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވެ އެވެ.

Advertisement

އެކަމަކު، މި ސީޒަނަކީ ކަސެމީރޯ، ޔުނައިޓެޑްގެ ޖޯޒީގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަހަރެވެ. އެ ގޮތުން، ކަސެމީރޯ ވަނީ ސީޒަނުގެ މިހާތަނަށް ކުޅުނު 33 މެޗުން ނުވަ ގޯލު ޖަަހައި، ދެ ގޯލު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅޭ އިންޓަ މިއާމީން ކަސެމީރޯ ގެންދިއުމުގެ މަސައްކަަތް ކުރަމުން އަންނަނީ، އެ ޓީމުގެ އެއް ހިއްސާދާރު ޔުނައިޓެޑްގެ ކުރީގެ ތަރި، ޑޭވިޑް ބެކަމްގެ އިރުޝާދުގެ ދަށުންނެވެ.

އެ ގޮތުން، އިންޓަ މިއާމީ އަށް ކުޅެމުން އައި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު، ސްޕެއިނުގެ ސާޖިއޯ ބުސްކެޓްސް، ފުޓްބޯޅައިން ރިޓަޔާކުރަން މިދިޔަ އަހަރު ނިންމުމާ އެކު، އެ ޖާގަ އަށް ދުނިޔޭގެ ފުޓްބޯޅަ އަށް ފަރިތަ ތަޖުރިބާކާރު ކުޅުންތެރިއަކު ހޯދަން އިންޓަ މިއާމީން މަސައްކަތް ފެށިއިރު، އެ މަގާމަށް އެންމެ އެކަށޭނެ ކުޅުންތެރިއެއް ގޮތަށް، އިންޓަ މިއާމީގެ ޓެކްނިކަލް ޓީމަށް ގަބޫލުކުރެވުނީ ކަސެމީރޯ ކަމަށެވެ. 

ރެއާލް މެޑްރިޑާއި ޕޯޓޯ އަށް ކުރިން ކުޅުނު ކަސެމީރޯ އަށް ޔޫރަޕާއި ސައުދީ އަރަބިއްޔާ އަދި ބްރެޒިލްގެ ކްލަބްތަކުގެ ހުށަހެޅުންތަކެއް ވަނީ ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox