އަމިއްލަ ސަަބަބަކާ ހެދި އިންޓަ މިއާމީ ކޯޗުކަން ދޫކޮށްލަން މަޝެރާނޯ ނިންމައިފި

Apr 14, 2026, 11:52 PM
ހަވިއޭ މަޝެރާނޯ: އޭނާ ވަނީ އިންޓަ މިއާމީ ކޯޗުކަމުން ވަކިވާން ނިންމައިފައި.

ހަވިއޭ މަޝެރާނޯ: އޭނާ ވަނީ އިންޓަ މިއާމީ ކޯޗުކަމުން ވަކިވާން ނިންމައިފައި.

މިއާމީ (އޭޕްރީލް 14) - އިންޓަ މިއާމީގެ ކޯޗުގެ މަގާމުގައި ހުރި އާޖެންޓީނާގެ ކުރީގެ ތަރި، ހަވިއޭ މަޝެރާނޯ އަމިއްލަ ސަބަބަކާ ހެދި ޓީމު ދޫކޮށްލަން ނިންމައިފި އެވެ. 

މަޝެރާނޯ، 41، މިއާމީގެ ކޯޗަކަށް ގެނައީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. މަޝެރާނޯގެ ކޯޗުކަމުގައި މިއާމީން ވަނީ މިދިޔަ އަހަރު ބޭއްވި އެމްއެލްއެސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަަ އެވެ. މަޝެރާނޯ އިއުލާނުކޮށްފައިވާ ގޮތުގައި އަމިއްލަ ސަބަބަކާ ހެދި އިންޓަ މިއާމީ ކޯޗުކަން ދޫކޮށްލަން ވނީ ނިންްމައިފަ އެވެ. 

"މި ޓީމާ އެކު މި ހޯދި ފުރަތަމަ ކާމިޔާބީގެ ހަނދާންތައް އަހަންނާ އެކު އަބަދުވެސް ވާނެ،" މަޝެރާނޯ ބުންޏެވެ. 

އިންޓަ މިއާމީގައި މަޝެރާނޯ ވަނީ އޭނާއާ އެކު ކުޅުނު ކުޅުންތެރިންތަކަކަށް ކޯޗުކޮށްދީފަ އެވެ. އެއީ، މަޝެރާނޯއާ އެކު، ބާސެލޯނާ އަށް ކުޅުނު ލިއޮނަލް މެސީ، ސާޖިއޯ ބުސްކެޓްސް، ޖޯޑީ އަލްބާ އަދި ލުއިސް ސުއަރޭޒް އެވެ. 

މަޝެެރާނޯގެ ކޯޗުކަމުަގައި އިންޓަ މިއާމީން ކުޅުނު 67 މެޗުގެ ތެެރެއިން 38 މެޗުން ވަނީ މޮޅުވެފަ އެވެ. މީގެ ތެރެއިން 15 މެޗުން އެއްވަރުވިއިރު، 14 މެޗުން ވަނީ ބަލިވެފަ އެވެ. 

އިންޓަ މިއާމީން ވާދަކުރާ މޭޖަ ލީގު ސޮކާ (އެމްއެލްއެސް) އީސްޓާން ކޮންފަރެންސް ލީގުގައި އެ ޓީމު މި ވަގުތު އޮތީ ތިން ވަަނައިގަ އެވެ. އިންޓަ މިއާމީން އެންމެ ފަހުން ކުޅުނު މެޗުގައި ނިއު ޔޯކް ރެޑްބުލްްސްއާ 2-2 އިން ވީ އެއްވަރެވެ. 

އާޖެންޓީނާ ގައުމީ ޓީމަށް ކުޅެފައިވާ މަޝެރާނޯ ކޯޗިން ކެރިއަރުގައި ކްލަބަކުން ފެނުނު ފުރަތަމަ ފަހަރަކީ އިންޓަ މިއާމީންނެވެ. އޭނާ އަށް އިންޓަ މިއާމީގެ ކޯޗުކަން ދިނީ، އަންނަ އަހަރުގެ އެމްއެލްއެސް ސީޒަނުގެ ނިޔަލަށެވެ. އެކަމަކު، އޭގެ އަހަރެއް ކުރިން އަމިއްލަ އަށް ވަކިވީ އެވެ. 

އިންޓަ މިއާމީގެ ކޯޗަކަށް ހަމަޖެއްސީ އެ ކްލަބްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހުރި ބާސެލޯނާގެ ބީ ޓީމުގައި ކުރިން މަސައްކަތްކުރި ގިލެރްމޯ ހޯޔޯސް އެވެ. 

މަޝެރާނޯގެ ކޯޗިން ކެރިއަރު ފެށުނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވުމަށް ފަހު އެވެ. އެ ޓީމާ އެކު، މަޝެރާނޯ ވަނީ ގިނަ މުބާރާތްތަކެއްގައި މަސައްކަތްކޮށްފަ އެެވެ. އޭގެ ތެރޭގައި، ޕެރިހުގައި 2024 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް، 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް، 2022 ވަނަ އަހަރުގެ ސައުތު އެމެރިކަން ގޭމްސް، 2023 ވަނަ އަހަރުގެ ސައުތު އެެމެރިކާގެ 20 އަހަރުން ދަށުގެ މުބާރާތުގެ އިތުރުން، 2024 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ކުރިން ދެކުނު އެމެރިކާގައި ބޭއްވި ޕްރީ ޓޯނަމަންޓް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox