އޮސްކާ އެވޯޑުގެ އާ ގަވާއިދު: އޭއައި އެކްޓަރުންނާއި ލިޔުންތެރިންނަށް ފުރުސަތެއް ނެތް

އޮސްކާ އެވޯޑްސް

އޮސްކާ އެވޯޑްސް

އެމެރިކާގެ ފިލްމީ ސިނާއަތުގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާ އެވޯޑު ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން އުފައްދާ އެކްޓިންއާއި ލިޔުންތަކަށް އެވޯޑު ނުދޭން އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް އިން ނިންމައިފިއެވެ.

އެކަޑަމީން އާންމުކުރި އާ ގަވާއިދުތަކުގައިވާ ގޮތުން، އޮސްކާ އެވޯޑަށް ނޮމިނޭޓް ކުރެވޭނީ ހަމައެކަނި އިންސާނުން ކޮށްފައިވާ މަސައްކަތްތަކަށެވެ.

އެކަޑަމީން ބުނި ގޮތުގައި ފިލްމުތަކާއި ޑޮކިއުމެންޓްރީތަކުގައި އޭއައިގެ ބޭނުން ހިފާ މިންވަރު އިތުރުވަމުންދާތީ، އެވޯޑަށް ޝަރުތުހަމަވާ މަސައްކަތްތައް ކަނޑައެޅުމަށްޓަކައި އާ އުސޫލުތަކެއް އެކުލަވައިލުން މިހާރު ވަނީ މަޖުބޫރުވެފައެވެ. މިގޮތުން، އެކްޓިންގެ ދާއިރާއިން އެވޯޑަކަށް ނޮމިނޭޓް ކުރެވޭނީ އެއީ އިންސާނަކު ކޮށްފައިވާ އެކްޓިންއެއްކަން ސާފުކޮށް އެނގެން އޮންނަ މަސައްކަތްތަކަށެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ނުވަތަ ލިޔުންތެރިކަމުގެ ބައިން އެވޯޑު ދެވޭނީ އިންސާނަކު ލިޔެފައިވާ ލިޔުންތަކަށް އެކަނި ކަމަށްވެސް އެކަޑަމީން ވަނީ ކަނޑައަޅާފައެވެ.

މިއީ އޮސްކާގެ ތާރީހުގައި ގެނައި ވަރަށް މުހިންމު ބަދަލެއްގެ ގޮތުގައި އެކަޑަމީން ސިފަކުރެއެވެ. ފާއިތުވި މަސްތަކުގައި އިންސާނުންގެ މަސައްކަތުގެ ބަދަލުގައި އޭއައި ބޭނުންކޮށްގެން ތަފާތު އުފެއްދުންތައް އުފެއްދުން ވަނީ އާންމުވެފައެވެ. މިސާލަކަށް، 2025 ގައި މަރުވި މަޝްހޫރު އެކްޓަރު ވެލް ކިލްމާގެ ސިފަ އޭއައި މެދުވެރިކޮށް އަލުން އުފައްދައި، ކުރިއަށް އޮތް ފިލްމެއްގެ މައި ރޯލު ކުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން، ލަންޑަނަށް ނިސްބަތްވާ އެކްޓަރު އެލީން ވަން ޑަ ވެލްޑަން ވަނީ އޭއައި ބޭނުންކޮށްގެން މުޅިން އާ އެކްޓަރަކު އުފައްދައި، އެއީ ދުނިޔޭގެ ފެންވަރުގެ ތަރިއަކަށް ހަދާނެ ކަމަށް ބުނެފައެވެ.

ހޮލީވުޑްގެ ލިޔުންތެރިން މީގެ ދެ އަހަރު ކުރިން ކުރި އިހުތިޖާޖުތަކުގެ މައިގަނޑު އެއް ސަބަބަކީވެސް ފިލްމު ކުންފުނިތަކުން ސްކްރިޕްޓް ލިޔުމަށް އޭއައި ބޭނުންކުރަން ފެށުމެވެ. އޭއައި ޓޫލްތަކަކީ އިންސާނުން މީގެ ކުރިން ލިޔެފައިވާ ލިޔުންތަކާއި، ކުރަހާފައިވާ ކުރެހުންތަކާއި، އުފައްދާފައިވާ ވީޑިއޯތަކުގެ އެހީގައި ތަމްރީނުކޮށްފައިވާ ވަސީލަތްތަކެކެވެ. މީގެ ސަބަބުން ކޮޕީރައިޓްގެ މައްސަލަތައް ކުރިމަތިވެ، ގިނަ އަދަދެއްގެ ލިޔުންތެރިންނާއި އެކްޓަރުން ދަނީ އޭއައި ކުންފުނިތަކާ ދެކޮޅަށް ދައުވާ ކުރަމުންނެވެ.

ނަމަވެސް، އެކަޑަމީން ފިލްމުތަކުގައި އޭއައި ބޭނުންކުރުން މުޅިން މަނައެއް ނުކުރެއެވެ. އެކްޓިންއާއި ލިޔުންތެރިކަން ފިޔަވައި އެހެން ދާއިރާތަކުގައި އޭއައި ބޭނުންކުރުމަކީ އެވޯޑަށް ނޮމިނޭޓްވުމަށް އޮތް ހުރަހެއް ނޫން ކަމަށް އެކަޑަމީން ބުނެއެވެ. އެކަޑަމީން ބުނި ގޮތުގައި ކޮންމެ ދާއިރާއަކުންވެސް އެވޯޑު ދިނުމުގައި ބަލާނީ އެ މަސައްކަތެއްގެ އަސްލަކީ އިންސާނެއްގެ އުފެއްދުންތެރިކަން ކަމުގައިވާ މިންވަރަށެވެ. އަދި އޭއައި ބޭނުންކޮށްފައިވާ ގޮތާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ އިޚުތިޔާރު އެކަޑަމީއަށް އޮންނާނެއެވެ.

ފިލްމު އުފެއްދުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަކީ އާ ކަމެއް ނޫނެވެ. ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ސީޖީއައި ނުވަތަ ކޮމްޕިއުޓާ ޖެނެރޭޓެޑް އިމޭޖަރީ ދަނީ ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންނެވެ. އެހެންނަމަވެސް، ސީޖީއައި އަކީ އިންސާނުންގެ ބުރަ މަސައްކަތުން ފުރިހަމަކުރާ ކަމަކަށް ވާއިރު، އޭއައި އަކީ އިންސާނުންދޭ ކުޑަ އިރުޝާދަކުން މުޅި މަސައްކަތް އަމިއްލައަށް ނިންމާލާ ވަސީލަތެކެވެ. އެހެންކަމުން، އޮސްކާގެ އާ އުސޫލުތަކުގެ މަގުސަދަކީ ފިލްމީ ދާއިރާގައި އިންސާނުންގެ ހުނަރާއި އުފެއްދުންތެރިކަމަށް އޮތް ގަދަރު ދެމެހެއްޓުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox