އޮސްކާގައި އޭއައި އެކްޓަރުންނަށް ފުރުސަތެއް ނެތް
އޮސްކާ އެވޯޑަށް ނޮމިނޭޓް ކުރެވޭނީ ހަމައެކަނި އިންސާނުން ކުރާ މަސައްކަތްތަކަށް ކަމަށް ކަނޑައަޅައި، އޭއައި ބޭނުންކޮށްގެން އުފައްދާ އެކްޓިންއާއި ލިޔުންތަކަށް އެވޯޑު ނުދޭން އެކަޑަމީން ނިންމައިފިއެވެ. މި ބަދަލު ގެނައީ ފިލްމީ ދާއިރާގައި އޭއައިގެ ބޭނުން ހިފާ މިންވަރު އިތުރުވެ، އިންސާނުންގެ އުފެއްދުންތެރިކަމާއި ކޮޕީރައިޓް ރައްކާތެރިކުރުމުގެ މަގުސަދުގައެވެ. މިއީ އޮސްކާގެ ތާރީޚުގައި އޭއައިއާ ދެކޮޅަށް އެޅި ވަރުގަދަ ފިޔަވަޅެކެވެ.