އެމްއޭސީއެލްގެ ޑީއެމްޑީކަމުން ލައްމާން އިސްތިއުފާ ދެއްވައި ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކޮށްފި

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން އިސްތިއުފާދެއްވި ލައްމާން: އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ވަނީ ދޮގުކޮށްފަިއ -- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން އިސްތިއުފާދެއްވި ލައްމާން: އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ވަނީ ދޮގުކޮށްފަިއ -- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލައްމާން އިސްތިއުފާ ދެއްވައި އޭނާގެ މައްޗަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކޮށްފި އެވެ. 

ލައްމާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއޭސީއެލްގައި ހޭދަކުރި މުއްދަތުގައި އެއްވެސް ވައްކަމެއް ހިންގާފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް އަމާޒުވެފައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރާ ކަމަށެވެ. 

"އެމްއޭސީއެލްގައި ހޭދަކުރި މުއްދަތުގައި ކުރެވުނު މަސައްކަތާ މެދު ފަހުރުވެރިވޭ އަދި އެކަން ގިނަ މީހުންނަށް ފެންނާނެ. ކުރި މަސައްކަތަކީ ވައްކަންކުރުމޭ ބުންޏަސް ހެޔޮ، އެކަމަކު އެ ހުރިހާ ތުހުމަތެއް އަހަރެން ދޮގުކުރަން،" އޭނާ ވިދާޅުވި އެވެ. 

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލައްމާން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އެމްއޭސީއެލްގެ ގުދަނުގައި ހުރި ކޭބަލްތަކެއް އަމިއްލަ ކުންފުނިތަކަށް ވިއްކުން ހިމެނެ އެވެ. 

މީގެއިތުރުން ޗެނަލް 13 ލައްމާން ހިންގި ދުވަސްވަރު އެތަނުގެ ފައިބާ ކޭބަލް ގަތުމަށް ޖަމާކުރި ފައިސާ އަމިއްލަ ވިޔަފާރިއަށް ބޭނުންކޮށްފައިވާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފަ އެވެ. 

މައުލޫމާތު ލިބޭ ގޮތުގަިއ ލައްމާން އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ އެހެން މަގާމަކަށް އައްޔަންކުރާތީ އެވެ. ނަމަވެސް އޭނާގެ ބަހެއް މިކަމުގައި ލިބިފައިނުވާތީ އެކަން ކަށަވަރެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox