ސިޔާސީ މުވައްޒަފުން 700 ގައި ހިފެހެއްޓުމަކީ ވައުދެއް ނޫން
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ ރިޔާސީ ވައުދެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އިންތިގާލީ މަރުހަލާގައި ކަނޑައެޅި އަމާޒެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސިޔާސީ މަގާމުތަކުން މީހުން ވަކިކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް، މިހާރު ތިބި މުވައްޒަފުންގެ ޖުމްލަ އަދަދު ސަރުކާރުން ހާމައެއް ނުކުރެއެވެ.