އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ އަގުލަބިއްޔަތު މެންބަރުން މީކާއީލްއަށް ތާއީދުކޮށްފި

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބޭއްވި ޕްރެސް ބްރީފިންގ ގެ ތެރެއިން

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބޭއްވި ޕްރެސް ބްރީފިންގ ގެ ތެރެއިން

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ބޮޑު ތާއީދެއް އޮތްކަން މިއަދު ހާމަކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ 10 މެންބަރަކު ވަނީ މީކާއީލަށް ފުރިހަމައަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ.

މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ އިތުރުން މަޖިލީހުގެ އިސް މެންބަރުންތަކެއް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް، މާވަށް ދާއިރާގެ މެންބަރު އަހުމަދު ޝާކިރު، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.

Advertisement

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، 19 ވަނަ މަޖިލީހާއި 20 ވަނަ މަޖިލީހުގައިވެސް މީކާއީލާއެކު ވަރަށް ގާތުން މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައާއި ޕާޓީގެ އެކި މަސައްކަތްތަކުގައި މީކާއީލަކީ އަބަދުވެސް އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ބައިވެރިޔާކަން ނާޒިލް ފާހަގަކުރެއްވި އެވެ. ނާޒިލް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މެންބަރުންނަށް މަޖިލީހުގެ ތެރެއިން ކުރެވުނު މަސައްކަތުގެ ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށާއި، އެ ހުރިހާ މަސައްކަތެއްގައިވެސް މީކާއީލަކީ އޭނާގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ޕާޓީ އިދިކޮޅުގައި އޮތް ދަނޑިވަޅުތަކުގައި މީކާއީލް ދެއްކެވި ސާބިތުކަމާއި ކުރެއްވި ހިތްވަރުގަދަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. މައުރޫފު ވިދާޅުވި ގޮތުގައި ޕާޓީއަށް ދިމާވި ކޮންމެ ގޮންޖެހުމެއްގައިވެސް މީކާއީލް ހުންނެވީ ސާބިތުކަމާއެކު ޕާޓީގެ ދިފާއުގަ އެވެ.

އޭގެ އިތުރުން، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ ކެމްޕޭންގެ ތެރޭގައި މީކާއީލް ވަނީ ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށަށް ދަތުރުކުރައްވައި، އާންމު މެންބަރުންގެ ހާލަތު ބައްލަވައި އެ މެންބަރުންގެ އަޑު އައްސަވާފަ އެވެ. މިއީ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭނެ މުހިންމު ސިފައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، މީކާއީލްގެ ކެމްޕޭން ޓީމުން ބުނަނީ ޕާޓީގެ އާންމު މެންބަރުންގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox