އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ މެންބަރުންގެ ތާއީދު މީކާއީލްއަށް
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ 10 މެންބަރަކު ރަސްމީކޮށް ތާއީދު އިއުލާންކޮށްފި އެވެ. މީކާއީލަށް ތާއީދުކުރެއްވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި އޭނާއަކީ ޕާޓީގެ ދިފާއުގައި އަދި މަޖިލީހުގެ ތެރޭގައިވެސް ނަތީޖާ ނެރެދެއްވާ، ސާބިތުކަމާއެކު މަސައްކަތްކުރައްވާ ބޭފުޅެކެވެ.