ގުދުރަތީ މާހައުލުގައި 20 މިނެޓު ހޭދަކުރުމަކީ ހަށިގަނޑާއި ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ފަރުވާއެއް!

Apr 27, 2026, 9:38 AM
ގުދުރަތީ މާހައުލުތަކުން ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ.

ގުދުރަތީ މާހައުލުތަކުން ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ.

ޕާކެއްގެ ތެރޭގައި ހިނގާލުމުން ނުވަތަ ގަސްތަކުގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން ހިތަށް ހަމަޖެހުން ލިބޭ ކަމަށް އިހުސާސް ކުރެވޭނަމަ، އެއީ ހަމައެކަނި ހީވާ ހީވުމެއް ނޫނެވެ. އެއީ ސީދާ އިންސާނާގެ ހަށިގަނޑާ ގުޅިފައިވާ ކަމެކެވެ.

ބޭރު ތެރޭގައި ވަގުތު ހޭދަކުރުމަކީ ހަށިގަނޑުގެ އެތެރެއަށް ފާހަގަކުރެވޭ ފަދަ ބަދަލުތަކެއް އަންނަ ކަމެކެވެ. އޭގެ ތެރޭގައި ސްޓްރެސް ހޯމޯންތައް ދަށްވުމާއި، ލޭގެ ޕްރެޝަރު ރަނގަޅުވުމާއި، އަދި ބަނޑާއި ގޮހޮރުގެ ދުޅަހެޔޮކަން އިތުރުވުން ހިމެނެ އެވެ.

މި ފައިދާތައް ހޯދުމަށްޓަކައި އެތައް ގަޑިއިރަކު ހިނގާކަށް ނުޖެހެ އެވެ. އެންމެ ބޮޑު ފައިދާއެއް ކުރަނީ އެންމެ 20 މިނެޓުގެ ވަގުތުކޮޅަކުން ކަމަށްވާތީ، ހަފުތާއަކު މަދު ފަހަރަކު މެންދުރުގެ ކެއުމުގެ ވަގުތުގައި ޕާކަކަށް ގޮސް ބެންޗެއްގައި އިށީނދެލައިގެން އިނުމަކީ ވެސް ހަށިގަނޑަށާއި ސިކުނޑިއަށް ނުހަނު ފައިދާހުރި ކަމެކެވެ.

Advertisement

ތިރީގައި މިވަނީ ގުދުރަތީ މާހައުލެއްގައި ވަގުތު ހޭދަކުރުމުން ސިއްހަތަށް ފައިދާކުރާ ބައެއް ގޮތްތަކެވެ.

ފެހިކަން ގަދަ ގަސްތައް ފެނުމާއި، ފައިން ގަހުގެ ވަސް ދުވުމާއި، ފަތްތައް ހެލޭ އަޑާއި ދޫނި ސޫފާސޫފީގެ މިއުޒިކީ އަޑުތައް އިވުމުން، ހަށިގަނޑުގެ އަމިއްލަ ޒާތުގައި މަސައްކަތްކުރާ ނާރުގެ ނިޒާމު (އޮޓޮނޮމިކް ނާވަސް ސިސްޓަމް) ވަގުތުން އެކަމަށް އިޖާބަދެ އެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ބަޔޯޑައިވާސިޓީ ޕްރޮފެސަރު ބެރޮނެސް ކެތީ ވިލިސް ބީބީސީގެ "ވަޓްސް އަޕް ޑޮކްސް؟" ޕޮޑްކާސްޓުގައި ވިދާޅުވި ގޮތުގައި، ގުދުރަތީ މާހައުލެއްގައި ހުންނައިރު ލޭގެ ޕްރެޝަރު ދަށްވުމާއި، ހިތުގެ ވިންދު ޖަހާ މިންވަރަށް ބަދަލު އައިސް ހިތް މަޑުމަޑުން ވިންދު ޖަހަން ފަށަ އެވެ. މިއީ ހަށިގަނޑު ފިޒިއޮލޮޖިކަލް ގޮތުން ހަމައަކަށް އެޅޭކަމުގެ ނިޝާންތަކެވެ.

އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 20،000 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، ހަފުތާއަކު މަދުވެގެން 120 މިނެޓު ފެހި މާހައުލެއްގައި ހޭދަކުރާ މީހުންގެ ސިއްހަތު ރަނގަޅުވެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

ގުދުރަތީ މާހައުލުން ލިބޭ ފައިދާތައް ކަށަވަރުވާތީ، ބައެއް ސަރަހައްދުތަކުގައި "ގްރީން ސޯޝަލް ޕްރިސްކްރައިބިންގް" ނުވަތަ ގުދުރަތީ މާހައުލާ މީހުން ގުޅުވައިދީގެން ފަރުވާ ދިނުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މީގެ ސަބަބުން މީހާގެ އުފާވެރިކަމާއި ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނަކަން ވަނީ ފާހަގަކުރެވިފަ އެވެ.

ޕްރޮފެސަރު ވިލިސް ވިދާޅުވާ ގޮތުގައި، ބޭރު ތެރޭގައި ވަގުތު ހޭދަކުރުމުން ހަށިގަނޑުގެ އެންޑޯކްރިން ސިސްޓަމް ހަރަކާތްތެރިވެ، ސްޓްރެސްވުމުން ނުވަތަ ހާސްވުމުން އިތުރުވާ ކޯޓިޒޯލް އަދި އެޑްރެނަލިން ފަދަ ހޯމޯންތަކުގެ މިންވަރު ދަށްކޮށްދެ އެވެ.

ޔުނިވާސިޓީ އޮފް އިލިނޯއީގެ ޕްރޮފެސަރު މިންގް ކުއޯ ބީބީސީއަށް ވިދާޅުވި ގޮތުގައި، ގުދުރަތީ މާހައުލަކީ "ހަމައަކަށް އަޅުވަންޖެހޭ ކަންކަން ހަމައަކަށް އަޅުވައި، ވަރުގަދަކުރަންޖެހޭ ކަންކަން ވަރުގަދަކޮށްދޭ" އެއްޗެކެވެ.

"ގުދުރަތީ މާހައުލެއްގައި ހޭދަކުރާ ތިން ދުވަހުގެ ބަންދަކުން ވެސް، ވައިރަސްތަކާ ހަނގުރާމަކުރުމަށް ހަށިގަނޑުގައި ހުންނަ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭ. އަދި އެއް މަސް ފަހުން ވެސް އެ ނިޒާމުގެ ބާރު އާދައިގެ މިންވަރަށްވުރެ 24 އިންސައްތަ އިތުރުވެފައި ހުރެދާނެ،" އޭނާ ވިދާޅުވި އެވެ.

ކުޑަ ވަގުތުކޮޅަކަށް ގުދުރަތީ މާހައުލަށް ނުކުމެލުމުން ވެސް، ކުޑަ ނަމަވެސް ދެމިގެންދާ ފަދަ ފައިދާތަކެއް ކުރާކަން ދިރާސާތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަސްތަކާއި ފަތުން ދުވާ ވަހަކީ ގަސްގަހާގެހިން ބޭރުކުރާ އޯގަނިކް މާއްދާތަކެކެވެ. "އެ ވަސްތައް އެތެރެއަށް ދަމާލުމުން، އޭގައި ހުންނަ ބައެއް މޮލިކިއުލްތައް ލޭގެ ތެރެއަށް ދަތުރުކުރޭ،" ޕްރޮފެސަރު ވިލިސް ވިދާޅުވި އެވެ.

ގޮހޮރަށް ބޭނުންވާ ފައިދާހުރި ބެކްޓީރިއާ ލިބުމުން ސިކުނޑިއަށް ލިބޭ ހަމަޖެހުމުގެ އިތުރުން، ގަސްގަހާގެހީގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކުގެ ސަބަބުން ހަށިގަނޑުގެ މައިކްރޯބަޔޯމް (ގޮހޮރުގައި ހުންނަ ބެކްޓީރިއާގެ ނިޒާމު) ވަރުގަދަކޮށްދެ އެވެ.

"މިއީ އަގުދީފައި ގަންނަ ޕްރޯބަޔޮޓިކްސް ނުވަތަ ބުއިންތަކުގައި ހުންނަ ފަދަ ފައިދާހުރި ބެކްޓީރިއާ،" ވިލިސް ކިޔައިދެއްވި އެވެ.

ޕްރޮފެސަރު މިންގް ކުއޯ ވަނީ ބަލިތަކަށް ހުށަހެޅޭ މިންވަރާއި ނަފްސާނީ ދުޅަހެޔޮކަމަށް މިކަމުން ކުރާ އަސަރުތައް ދިރާސާކުރައްވާފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ބައެއް ކަހަލަ ބެކްޓީރިއާތަކަށް ނޭވާލުމުން މީހާގެ މޫޑު ރަނގަޅުކޮށްދެ އެވެ. އަދި ގަސްތަކުން ބޭރުކުރާ 'ފައިޓޮންސައިޑްސް' ކިޔާ ކެމިކަލްތަކަކީ ބަލިތަކާ ހަނގުރާމަކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox