ބައެއް މީހުން މުސްކުޅިވާ މިންވަރު ލަސްވަނީ ކީއްވެ؟

Apr 16, 2026, 6:15 AM
އިންސާނާގެ ޒުވާންކަމާއި މުސްކުޅިކަން

އިންސާނާގެ ޒުވާންކަމާއި މުސްކުޅިކަން

އިންސާނާ މުސްކުޅިވުމުގެ ދުވެލި އެކި މީހުންގެ ކިބައިގައި ތަފާތުވަނީ ކޮން ސަބަބުތަކާ ހުރެ ހެއްޔެވެ؟ ބައެއް މީހުން އަވަހަށް މުސްކުޅިވާއިރު، އަނެއް ބަޔަކު ގިނަ ދުވަސްތަކެއް ވަންދެން ޒުވާންކަންމަތީ ތިބޭ ސަބަބަކީ އެތައް އަހަރެއް ވަންދެން ސައިންސްވެރިންނަށް ހޯދަމުންދާ ޖަވާބެކެވެ. 

ސްޓެންފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ވަނީ މި ސުވާލަށް ޖަވާބެއް ހޯދައިދީފައެވެ. އެމީހުން ބުނާ ގޮތުގައި، މުސްކުޅިވުމަކީ އެންމެންނަށް އެއްގޮތަކަށް ހިނގާ ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް މުސްކުޅިވަނީ މައިގަނޑު ހަތަރު "ބަޔޮލޮޖިކަލް މަގަކުން" ކުރެ މަގަކުންނެވެ. މިއަށް ސައިންސްވެރިން ދީފައިވާ ނަމަކީ "އޭޖްއޯޓައިޕްސް" އެވެ.

ޕްރޮފެސަ މައިކަލް ސްނައިޑަ އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ މި ދިރާސާގައި، އުމުރުން 34 އަހަރާއި 68 އަހަރާ ދެމެދުގެ 43 މީހެއްގެ ހަށިގަނޑުގެ މޮލިކިއުލާ ބަދަލުތައް ދެ އަހަރު ދުވަސް ވަންދެން ބަލާފައިވެ އެވެ. ސައިސްވެރިންނަށް ފެނުނީ އަންތަރީސްވާ ފަދަ ކަމެކެވެ. އިންސާނާގެ ހަށިގަނޑު މުސްކުޅިވާން ފަށަނީ ތަފާތު ހަތަރު މަގަކުންނެވެ.

Advertisement

ޕްރޮފެސަ ސްނައިޑަ އާއި އޭނާގެ ޓީމުން ކުރިއަށް ގެންދިޔަ މި ދިރާސާގައި، އުމުރުން 34 އަހަރާއި 68 އަހަރާ ދެމެދުގެ 43 މީހަކު ދެ އަހަރު ދުވަސް ވަންދެން ބައިވެރިކުރިއެވެ. މި މުއްދަތުގައި އެމީހުންގެ ހަށިގަނޑަށް އަންނަ މޮލިކިއުލާ ބަދަލުތައް ވަރަށް ގާތުން ބަލަމުން ދިޔައެވެ.

މި ދިރާސާއިން ފާހަގަވި ހަތަރު "އޭޖްއޯޓައިޕް" އަކީ؛

  • މެޓަބޮލިކް: މި ގިންތީގެ މީހުން މުސްކުޅިވަނީ ކާނާ އާއި ހަކަތަ ބޭނުންކުރާ ނިޒާމުގެ ތެރެއިންނެވެ. މީގެ މާނައަކީ އުމުރުން ދުވަސްވާއިރު ހަކުރު ބައްޔާއި ބަރުދަން އިތުރުވުމުގެ ފުރުސަތު މި މީހުންނަށް ބޮޑެވެ.
  • އިމިއުން: މިއީ ދިފާއީ ނިޒާމު މުސްކުޅިވާ މީހުންނެވެ. މި މީހުންނަށް އުމުރުން ދުވަސްވާއިރު ބަލިބައްޔަށް ހުށަހެޅުމާއި، ހަށިގަނޑުގައި އިންފްލެމޭޝަން އިތުރުވުމުގެ ނުރައްކާ އޮވެއެވެ.
  • ހެޕަޓިކް: މި މީހުންގެ މުސްކުޅިވުން ގުޅިފައިވަނީ ފުރަމޭއާއެވެ. ފުރަމޭގެ މަސައްކަތްތައް ދަށްވުމަކީ މި ގިންތީގެ މީހުންނަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.
  • ނެފްރޮޓިކް: މިއީ ކިޑްނީ ނުވަތަ ގުރުދާއާ ގުޅުންހުރި މުސްކުޅިވުމެވެ. މި ގިންތީގެ މީހުންގެ ކިޑްނީގެ މަސައްކަތްތައް ވަގުތާއެކު ދަަށްވަމުންދެއެވެ.

މިގޮތަށް މީހުން ބަހާލުމުން، އުމުރުން ދުވަސްވާއިރު ވަކިވަކި މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ކުރިއާލާ ދެނެގަތުމަށް ފަސޭހަވެގެންދެއެވެ.

މި ދިރާސާގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ މުސްކުޅިވުމަކީ އެކަމުގެ ސްޕީޑު ދަށް ނުކުރެވޭނެ ކަމެއް ނޫން ކަމެވެ. މުސްކުޅިވުމުގެ މަރުހަލާތަކަކީ ހަމައެކަނި "ވަން-ވޭ" ދަތުރެއް ނޫނެވެ. ދިރާސާގެ ބައެއް ބައިވެރިންގެ ހަށިގަނޑުން ފެނުނު މުސްކުޅިވުމުގެ ނިޝާންތައް، ދިރާސާ ނިމުނުއިރު ވަނީ ދަށްވެފައެވެ.

މީގެ ސިއްރަކީ ދިރިއުޅުމުގެ އާދަތަކެވެ. ކެއިންބުއިމަށް ގެނައި ހެޔޮ ބަދަލުތަކާއި ކަސްރަތުގެ ސަބަބުން، ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑި މަޑުޖައްސާލެވިދާނެކަން މިވަނީ ސާބިތުވެފައެވެ.

ޕްރޮފެސަ ސްނައިޑަ ވެސް ވަނީ އޭނާގެ އަމިއްލަ އޭޖްއޯޓައިޕް ދެނެގަތުމަށްފަހު، ބަރު އުފުލުމުގެ ކަސްރަތުތައް ފަށައި، އޭނާގެ މުސްކުޅިވުމުގެ ދުވެއްޔަށް ހެޔޮ ބަދަލެއް ގެނެސްފައެވެ.

ޕްރޮފެސަ ސްނައިޑަ ވިދާޅުވާ ގޮތުގައި، "އޭޖްއޯޓައިޕް" އަކީ ހަމައެކަނި ނަމެއް ނޫނެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ ސިއްހީ ނުރައްކާތައް ދެނެގަނެ، އެކަމަށް ދުރާލާ ތައްޔާރުވުމަށް ލިބޭ ފުރުސަތެކެވެ.

މީގެ ސަބަބުން ބަލިވުމުން ފަރުވާ ހޯދުމުގެ ބަދަލުގައި، ބަލިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަގުފަހިވެއެވެ.

މި ދިރާސާއަކީ މުސްކުޅިވުމާ ގުޅޭގޮތުން ކުރެވުނު ވަރަށް މުހިންމު މަސައްކަތެކެވެ. މިއީ ކުރިއަށް އޮތް ޖީލުތަކަށް އުމުރު ދިގު، ދުޅަހެޔޮ، އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox