ފެން ބުއިމުން ހަށިގަނޑަށް އަންނަ ބަދަލުތައް

Apr 21, 2026, 5:58 AM
ތާޒާ ފެން ތައްޓަކަށް އަޅަނީ

ތާޒާ ފެން ތައްޓަކަށް އަޅަނީ

އިންސާނާގެ ހަށިގަނޑުގެ ބޮޑު ބައެއް ހިއްސާކުރަނީ ފެނެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު ފިރިހެނަކަށް ނަމަ 15 ތަށި އަދި އަންހެނަކަށް ނަމަ 11 ތަށި ފެން ބޭނުންވެއެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި އެހެނިހެން ބުއިންތަކުން ހަށިގަނޑަށް ލިބޭ ފެންވެސް ހިމެނެއެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ލިބުމުން ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތްތައް ހަލުވިވެ، ދުޅަހެޔޮކަން އިތުރުވެއެވެ. އެގޮތުން ފެން ބުއިމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވެ، ބަނޑުހަރުވުމުގެ މައްސަލައިން ސަލާމަތްކޮށްދެއެވެ. ބަނޑުހަރުވުމަކީ ފެން މަދުވުމުގެ އިތުރުން ކަސްރަތު ނުކުރުމާއި ނަފުސާނީ ބަލިތަކުގެ ސަބަބުންވެސް ދިމާވާ ކަމެކެވެ. ނަމަވެސް، ހަފުތާއަކަށްވުރެ ގިނަ ދުވަހު ބަނޑުހަރުވެފައި ހުރުމާއި، ބަނޑުގައި ރިއްސުން ނުވަތަ ބޮލަށް އެނބުރުން އެރުން ފަދަ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ.

ހުޅުތަކުގެ ދުޅަހެޔޮކަމަށް ބަލާއިރު، ހުޅުތަކުގައި ހުންނަ މަޑު ކަށިތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ފެނެވެ. ފެން ބުއިމުން ހުޅުތަކުގެ ހަރަކާތްތައް ރަނގަލުވެ، ހުޅުތަކުގައި ރިއްސުމާއި ދުޅަވުމުން ރައްކާތެރިކޮށްދެއެވެ.

Advertisement

ހަށިގަނޑުން ދާހިއްލުމަކީ ހަށިގަނޑު ފިނިކޮށްދޭ ކަމަކަށްވާއިރު، ކަސްރަތު ކުރާއިރު ގަވާއިދުން ފެން ބުއިމަކީ ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ހަށިގަނޑުން ފެން މަދުވުމުން ކަރުހިއްކުމާއި، ކުޑަކަމުދާ ތަކެތި މަދުވުމާއި، ބޮލަށް އެނބުރުން އެރުން ފަދަ ކަންކަން މެދުވެރިވެއެވެ.

ގުރުދާ ނުވަތަ ކިޑްނީގެ މަސައްކަތްތަކަށް ބަލާއިރު، ލޭގައި ހުންނަ ބޭކާރު މާއްދާތައް ބޭރުކުރުމަށް ފެން އެހީތެރިވެދެއެވެ. ފެން މަދުވުމުގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުމާއި ކުޑަކަމުދާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ހަމައެހެންމެ، ސިކުނޑީގެ މަސައްކަތްތައް ހަލުވިކުރުމަށާއި، ހަނދާން ގަދަކުރުމަށާއި، ކަންކަމަށް ސަމާލުކަން ދިނުމަށްވެސް ފެން ބުއިން މުހިންމެވެ. ކުޑަ މިންވަރަކަށް ފެން މަދުވުމަކީވެސް ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރާފާނެ ކަމެކެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް ފެނަކީ ވަރަށް މުހިންމު އެއްޗެކެވެ. ދުވާލަކު އިތުރަށް ދެތިން ތަށި ފެން ބޯ މީހުންގެ ހަށިގަނޑުގައި ހަކުރާއި ސަރުބީ އަދި ކެލޮރީ ހުންނަ މިންވަރު މަދުވާކަން ފާހަގަކުރެވެއެވެ. ފެން ބުއިމުން ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވި، ކެވޭ މިންވަރު މަދުވެއެވެ. މީގެ އިތުރުން، ހިތުގެ މަސައްކަތްތައް ފަސޭހަކޮށްދީ، ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށްވެސް ފެން އެހީތެރިވެދެއެވެ.

ނަމަވެސް، މާ ގިނައިން ފެން ބުއިމަކީވެސް ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. މާ ގިނައިން ފެން ބުއިމުން ލޭގައި ހުންނަ ލޮނުގެ މިންވަރު މަދުވެ، ބަލިވާގޮތް މެދުވެރިވެއެވެ.

އެހެންކަމުން، ކުޑަކަމުދާ ތަކެތީގެ ކުލަ މާ ބޮޑަށް ހުދުނުވާނެހެން، ރީނދޫ ކުލައިގެ ކުޑަ އަސަރެއް ހުންނަ މިންވަރަށް ފެން ބުއިމަކީ އެންމެ ރަނގަޅު ގޮތެވެ. ވަކި ހާއްސަ ބަލިތަކަކަށް ބޭސްކުރާ ފަރާތްތަކުން ފެން ބޯންޖެހޭ މިންވަރާ މެދު ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ބުއްދިވެރި ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox