ނޭޕާލް ފުޓްބޯލް އެސޯސިއޭޝަންގެ 24 އޮފިޝަލުން ފުރުން މަނާކޮށްފި

Apr 27, 2026, 9:28 AM
އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ)އާ ދެކޮޅަށް ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން.

އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ)އާ ދެކޮޅަށް ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން.

ކަތުމަންޑޫ، ނޭޕާލް (އޭޕްރީލް 27) - އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ)ގެ 24 އޮފިޝަަލަކު ގައުމު ދޫކޮށް ފުރުން މަނާކުރަން ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން އެ ގައުމުގެ ސަރުކާރު މެދުވެރިކޮށް އިމިގްރޭޝަނަށް އަންގައިފި އެވެ.

ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނަށް ފޮނުވި 24 މީހުންގެ ލިސްޓުގައި އަންފާގެ ރައީސް، ޕަންކަޖް ބިކްރަމް ނެމްބަަން އާއި ސީނިއާ ނައިބު ރައީސް، ބިރް ބަހާދުރް ކަަޑްކާގެ އިތުރުން އަންފާގެ ހިންގާ ކޮމިޓީގެ 15 އޮފިޝަލުންގެ ތެރެއިން ހަ މެމްބަރެއްގެ ނަން ވަނީ ހިމަނައިފަ އެވެ. 

ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާ ސަސްޕެންޑްކުރަން ނިންމާފައި އޮތް ނިންމުން އުވާލައި، ކަންކަން ހައްލުކުރަން އިތުރު މުހުލަތެއް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ ދާދި ފަހުން ދީފަ އެވެ. އެކަމަކު، ސްޕޯޓްސް ކައުންސިލުން އަދިވެސް އަމަލުކުރަމުން އަންނަނީ ފީފާގެ އިރުޝާދަށް ނުަބަލައި އަމިއްލަ މެންޑޭޓަށް އިސްކަންދީގެންނެވެ. 

Advertisement

އަންނަ މަހުގެ ހަތަރެއްގެ ކުރިން، އަންފާގެ މައްސަލަތަކަށް ހައްލެއް ނުލިބިއްޖެނަަމަ، ނޭޕާލަށް ފީފާގެ ސަސްޕެންޝަނެއް އަންނާނެ އެވެ. 

ފީފާ އިން ނޭޕާލަށް މައްސަލަ ހައްލުކުރަން މިހާރު މި ވަނީ ދެ ވަނަ ފަހަރަށް މުުހުލަތެއް ދީފަ އެވެ. ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން، އަންފާ، ތިން މަހަށް ސަސްޕެންޑްކުރަން ނިންމީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ސަސްޕެންޝަނުގެ ފުރަތަމަ މަސް މީގެ ދެ ދުވަސްކުރިން ވަނީ ހަމަވެފަ އެވެ.

ނޭޕާލް ސްޕޯޓްސް ކައުންސިލް، އަންފާ، ފީފާ އަދި އޭއެފްސީގެ އޮފިޝަލުން ވަނީ މި މަހުގެ 13 ވަނަ ދުވަހު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވައިފަ އެވެ.

ފީފާ އިން މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ، ފީފާ އާއި އޭއެފްސީން ލަފާދީފައިވާ ގޮތަށް، އަންފާ އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ނެތި ކުރިއަށްދިއުމުގެ ފުރުސަތު ދީ، ފުޓްބޯޅަ އިންތިހާބު ކުރިއަށް ގެންދިއުމަށްޓަކައި ޖާގަ ދިނުމަށެވެ. އަދި، އެކަން ކުރުމަށްޓަކައި، ނޭޕާލް ސްޕޯޓްސް ކައުންސިލުން މިހާރު، އަންފާ އަށް ދީފައި އޮތް ސަސްޕެންޝަން އުވާލުމަށް ވެސް ފީފާ އިން ވަނީ އަންގައިފަ އެވެ.

ފީފާ އިން މީގެ ކުރިން، ނޭޕާލް ސްޕޯޓްސް ކައުންސިލަށް ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ފޮނުވި ސިޓީގައި ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެކަމަކު، އެ މުއްދަތު ހަމަވިއިރު ވެސް ނޭޕާލް ސްޕޯޓްސް ކައުންސިލުން ފީފާގެ ނިންމުމަށް އިހުތިރާމްކޮށްފައިނުވެ އެވެ. އެކަމަކު، ފީފާ އިން މި ފަހަރު ދީފައިވާ އިރުޝާދާ އެއްގޮތަށް، ކަންތައްތައް ނުގޮސްފިނަމަ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ފަހުން، ނޭޕާލް ސަސްޕެންޑް ވާނެ ކަަމަށް ރިޕޯޓްތައް ބުނެ އެވެ. 

މީގެ ކުރިން، ބެލެވިފައި އޮތީ، މި މަހު 30 ވަނަ ދުވަހު، ކެނަޑާގެ ވެންކޫވާގައި ކުރިއަށްދާ ފީފާގެ 76 ވަނަ ކޮންގްރެސްގައި ނޭޕާލަށް ސަސްޕެންޝަނެއް އަންނާނެ ކަމަށެވެ. އެކަމަކު، އޭއެފްސީ އާއި ފީފާ އިން ނޭޕާލަށް އިތުރު މުހުލަތެއް ދިނުމާ އެކު، ކޮންގްރެސްގައި ނޭޕާލްގެ ސަސްޕެންޝަނާ މެދު ގޮތެއް ނުނިންމާނެކަން ވަނީ ކަށަވަރުވެފަ އެވެ.

އެކަމަކު، ނޭޕާލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނޭޕާލްގެ ސްޕޯޓްސް ކައުންސިލުން ފީފާގެ ނިންމުމާ އެއްގޮތަށް ކުރިއަށްދިއުމުގެ ފުރުސަތު ފެންނަނީ ކުޑަކޮށެވެ. އަދި، އަންފާގެ މިހާރުގެ ލީޑަޝިޕް ބޭނުންވާ ގޮތަށް، ނޭޕާލްގެ ފުޓްބޯޅައިގެ އިންތިހާބު އަވަހަށް ބާއްވަން ސްޕޯޓްސް ކައުންސިލުން ރުހުމެއް ނުދޭނެ އެވެ. 

ނޭޕާލް ސަރުކާރުން އިސްވެ، އަންފާ އޮފިޝަލުންގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ ބަލަން ފަށައިފަ އެވެ. އޭގެ ތެރޭގައި، އެންމެ ބޮޑަށް ބަލަނީ، އަންފާ އަށް ލިބޭ ފައިސާ ހަރަދުކުރާ ގޮތާއި، އަންފާގެ އޮފިޝަލުންގެ މުއްސަނދި ވަމުން އަންނާތީވެ، އެ މީހުން ފައިސާ ހޯދާ ގޮތްތައް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox