ފެނަކައިން ހިދުމަތް ދެމުން އައި ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ސްޓެލްކޯގެ ދަަށަށް

Apr 23, 2026, 9:54 PM
ފެނަކައިގެ ޔުޓިލިޓީ ހިދުމަތާ ސްޓެލްކޯއިން ހަވާލުވަނީ: މިއީ ކުއްލިއަކަށް ސަރުކާރުން އަންގައިގެން ގެނައި ބަދަލެއް --- ފޮޓޯ: ސްޓެލްކޯ

ފެނަކައިގެ ޔުޓިލިޓީ ހިދުމަތާ ސްޓެލްކޯއިން ހަވާލުވަނީ: މިއީ ކުއްލިއަކަށް ސަރުކާރުން އަންގައިގެން ގެނައި ބަދަލެއް --- ފޮޓޯ: ސްޓެލްކޯ

މާލީ ގޮތުން ހުރި ހުރަސްތަކާ ހެދި ހިންގަން ދަތިވާ ހިސާބަށް ގޮސްފައިވާ ފެނަކައިން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އައި ތިން އަތޮޅެއްގައި ހިދުމަތްތައް ދިނުމާ ސްޓެލްކޯއިން މިއަދު ހަވާލުވެއްޖެ އެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މިއީ ސަރުކާރުން ހިދުމަތްތައް ދިނުމާއި ހިދުމަތްތައް ތަރައްގީކުރުމުގެ ނިޒާމަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން، ރައީސް މުހައްމަދު މުއިއްޒު ނިންމަވައިގެން ގެނައި ބަދަލެއް ކަމަށެވެ. މި ބަދަލާއެކީ ބ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކުގެ ހުރިހާ ޔުޓިލިޓީ ހިދުމަތެއް ދޭނީ ސްޓެލްކޯއިންނެވެ.

އެ ގޮތުން ފެނަކައިން ހިދުމަތް ދެމުން އައި އަތޮޅުތަކުގެ ތެރެއިން ބ. އަތޮޅާއި ޅ. އަތޮޅާއި މ. އަތޮޅުގެ 25 ރަށުގެ ޔުޓިލިޓީ ހިދުމަތާ ސްޓެލްކޯއިން ހަވާލުވާން ވަނީ އެއްބަސްވެފަ އެވެ. މިއާ އެކީ އެ ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ އަދަދު 61 އަށް އަރާނެ އެވެ.  

Advertisement

ސަރުކާރުން ކުއްލިއަކަށް މި ބަދަލު ގެނައިއިރު، ފެނަކައަކީ މި ސަރުކާރުން ރިފޯމް ކުރާ ލިސްޓުގެ އެންމެ ކުރިއަށް ލައިގެން އުޅުނު ކުންފުންޏެވެ. ފުރަތަމަ އުޅުނީ އެސްޓީއޯގެ ދަށަށް އެ ކުންފުނި ބަދަލުކުރާށެވެ. 

މި ޕްލޭން ދޫކޮށްލާފައި ސަރުކާރުން ދެން ބުނީ "ސިނާޖީ" ހޯދުމުގެ ގޮތުން ސްޓެލްކޯ ކަހަލަ އެއް ގޮތް މަސައްކަތް ކުރާ ކުންފުންޏަކާ އެއްކޮށްލާނީ ކަމަށެވެ. އެކަމަކު މިއިން އެއްވެސް ކަމެއް ނުކުރެ އެވެ. އަދި ފެނެކައިގެ ހިންގުން ވެސް ރަނގަޅެއް ނުކުރެވުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox