ސާވޭ ދެ ގަޑިއިރަށް ވުރެން އަވަހަށް މެރަތަން އެއް ދުވެ ދުނިޔޭގެ ރެކޯޑް މުގުރާލައިފި

Apr 26, 2026, 6:43 PM
ކެންޏާގެ ދުވުންތެރިޔާ، ސަބެސްޓިއަން ސާވޭ

ކެންޏާގެ ދުވުންތެރިޔާ، ސަބެސްޓިއަން ސާވޭ

ލަންޑަން (އޭޕްރީލް 26) - ކެންޏާގެ ދުވުންތެރިޔާ، ސަބެސްޓިއަން ސާވޭ، ދެ ގަޑިއިރަށް ވުރެން އަވަހަށް މެރަތަން އެއް ނިންމައި، ދުނިޔޭގެ ރެކޯޑް މުގުރާލައިފި އެވެ.

އުމުރުން 30 އަހަރުގެ ސާވޭ، 1 ގަޑިއިރު، 59:30 އިން މެރަތަން (ގާތްގަނޑަކަށް 42 ކިލޯމީޓަރުގެ ރޭސް) ނިންމިއިރު، އޭނާ އަކީ ދެ  ގަޑިއިރަށް ވުރެން އަވަހަށް މެރަތަން އެއް ނިންމި ފުރަތަމަ އެތުލީޓެވެ.

އެންމެ ފަހުން، މެރަތަންގެ ރެކޯޑް އޮތީ މިދިޔަ އަހަރު އެކްސިޑެންޓެއްގައި ނިޔާވި ކެލްވިން ކިޕްޓަމް އަތުގަ އެވެ. އެއީ، 2023 ވަނަ އަހަރު، ދެ ގަޑިއިރު، 00:35 އިން މެރަތަން ދުވެގެން ހަދާފައި އޮތް ރެކޯޑެކެވެ. 

ކެންޏާގެ އެތުލީޓު، އެލިއޫޑް ކިޕްޗޯގޭ ވަނީ 2019 ވަނަ އަހަރު ދެ ގަޑިއިރަށް ވުރެން އަަވަހަށް މެރަތަން އެއް ދުވެފަ އެވެ. އެކަމަކު، އެ ރެކޯޑް ބަލައިނުގަތީ، ކޮންޓްރޯލް ކުރެވޭ ހާލަތެއްގައި އޮތް ރޭހެއް ކަމަށްވާތީ އެވެ. އޮސްޓްރިއާގެ ވިއޭނާގައި ކުރިއަށްދިޔަ އެ ރޭހަކީ، އޯޕަން މުބާރާތަކަށް ނުވުމުގެ އިތުރުން، ކިޕްޗޯގޭ ދުވުނީ ރޮޓޭޓިން ޕޭސްމޭކާސްގެ އެހީގަ އެވެ. 

ކެންޏާގެ ދުވުންތެރިޔާ، ސަބެސްޓިއަން ސާވޭ: ރޭސް ނިންމި ވަގުތު.
ކެންޏާގެ ދުވުންތެރިޔާ، ސަބެސްޓިއަން ސާވޭ: ރޭސް ނިންމި ވަގުތު.

ބީބީސީ އަށް ދިން އިންޓަވިއުގައި، ސާވޭ ބުނީ، މިއީ ކުރިން ހަމައެކަނި ދެކުނު ހުވަފެނެއް ކަމަށާއި ހަގީގަތަކަށް ހެދުމާ އެކު، ހުރިހާ ކަމެއް ހާސިލްވި ދުވަހެއްގެ ގޮތުގައި މި ދުވަސް މުޅި އުމުރަށް ހަނދާނުގައި ހުންނާނެ ކަމަށެވެ. 

"މިއީ އަހަރެންގެ ދުވަހެއް. މުޅި އުމުރަށް ހަނދާނުގައި ހުންނާނެ،" ސާވޭ ބުންޏެވެ. 

ލަންޑަން މެރަަތަންގައި ސާވޭ ދުނިޔޭގެ ރެކޯޑް މުގުރާލި ރެކޯޑް ހެދިއިރު، އޭނާ ތަފާތު ދައްކާފައިވަނީ، ފަހު 10 ކިލޯމީޓަރުގަ އެވެ. އެއާ އެކު، އޭނާ ވަނީ ދެ ވަނައިގައި ނިންމި އިތިއޯޕިއާގެ ޔޮމީފް ކެޖެލްޗާ ފަހަތަށް ޖައްސާލައިފަ އެެވެ. ސާވޭގެ އިތުރުން ކެޖެލްޗާ އަށް ވެސް ވަނީ ދެ ގަޑިއިރަށް ވުރެން އަވަހަށް ވާދަވެރި މެރަތަން ރޭހެއް ނިންމުމުގެ ޝަރަފް ލިބިފަ އެވެ. އޭނާ ވަނީ، 1 ގަޑިއިރު، 59:41 އިން ރޭސް ނިންމައިފަ އެވެ.

އަދި، މީގެ އިތުރުން، ދުނިޔޭގެ ހާފް މެރަތަން ރެކޯޑް ހޯލްޑަރު، ޔޫގާންޑާގެ ޖޭކަބް ކިޕްލީމޯ ވެސް ވަނީ ކުރިން މެރަތަންގެ އޮފިޝަލް ރެކޯޑް އޮތް ކިޕްޓަމް އަށް ވުރެން އަވަހަށްނިންމައިފަ އެވެ. ކިޕްލީމޯ، ލަންޑަން މެރަތަން ރޭސް ނިންމީ، ދެ ގަޑިއިރު، 00:28 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox