ކުލޫ އާއި ޔަސްމަން، ވޯލްޑް އެތުލެޓިކްސްގެ ލެވަލް 2 ކޯޗިން ކޯސް ފުރިހަަމަކުރަނީ

Dec 1, 2024, 10:13 AM
ކުލޫ އާއި ޔަސްމަން، ވޯލްޑް އެތުލެޓިކްސްގެ ލެވަލް 2 ކޯޗިން ކޯސް ފުރިހަަމަކުރަނީ

ދުނިޔޭގެ އެތުލެޓިކްސް ޖަމިއްޔާ، ވޯލްޑް އެތުލެޓިކްސްގެ ކޯޗިން ކޯހުގެ ލެވަލް ދޭއް ފުރިހަމަ ކުރުމުގެ ފުރުސަތު ސާއިދު ސްޕޯޓްސްގެ ކޯޗު އަހުމަދު ހަސަން (ކުލޫ) އާއި ގައުމީ ކޯޗިން ޕޫލުގެ، ފާތިމަތު ޔަސްމަން އަށް ލިބިއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ބުނީ ވޯލްޑް އެތުލެޓިކްސް ލެވެލް 2 ކޯޗިން ކޯހުގައި ބައިވެރިވުމަށް ޔަސްމަން އާއި ކުލޫ، މިއަދު، ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ފުރާފައިވާ ކަމަށެވެ.

އެ ގޮތުން، ގައުމީ ކޯޗިން ޕޫލުގައި އައްޑޫގައި މަސައްކަތްކުރާ ޔަސްމަން، މި ލިބުނު ފުރުސަތުގައި ކޯޗިން ކޯހުގައި ލެވެލް 2 ފުރިހަމަ ކުރާނީ ތުރޯ އިން އިންނެވެ. އަދި، ގައުމީ އެތުލެޓިކްސް ޓީމުގައި ކުރިން ހިމެނި ގިނަ މުބާރާތްތަކެއްގައި ވާދަކުރި، ކުލޫ ލެވަލް ދޭއް ފުރިހަމަކުރާނީ، މިޑްލް އެންޑް ލޯންގް ޑިސްޓެންސް އިންނެވެ.

ޔަސްމަން އާއި ކުލޫގެ ކޯޗުކަމުގައި، ގިނަ އެތުލީޓުންތަކެއް ވަނީ، ނިމިދިޔަ ގައުމީ ޖޫނިއާ އެތުލެޓިކްސް މުބާރާތާއި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ވާދަކޮށްފަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވަނީ، ވޯލްޑް އެތުލެޓިކްސް އިން އެކި ސަރަަހައްދުތަކުގައި ގާއިމްކޮށްފައިވާ ޑިވެލޮޕްމަންޓް ސެންޓަރުތަކުގައި، ކުރިއަށްދާ މި ފަދަ ކޯސްތަކުން ފުރުސަތު ލިބުމާ އެކު، ޝައުގުވެރިވާ ކޯޗުންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ކޯޗުންގެ ސީވީތައް ބެލުމަށް ފަހު، އެންމެ ރަނގަޅު ކޯޗުންނަށް މި ފުރުސަތު ފަހިކޮށްދޭ ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox