ގިނަ ރައްޔިތުން ތިބޭ ތަންތަނަށް އިސްކަން ދޭނަން: މުއިއްޒު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.،މުހައްމަދު މުއިއްޒު ހދ.ނޮޅިވަރަމަށް ވަޑައިގެންނެވުމުން މަރުހަބާކިޔަން ނުކުތް ބަޔަކާ ސަލާމްކުރައްވަނީ. ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.،މުހައްމަދު މުއިއްޒު ހދ.ނޮޅިވަރަމަށް ވަޑައިގެންނެވުމުން މަރުހަބާކިޔަން ނުކުތް ބަޔަކާ ސަލާމްކުރައްވަނީ. ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް ވާނީ އަދުލުވެރި ސަރުކާރަކަށް ކަމަށާއި އެހެން ނަމަވެސް ގިނައިން ކަންތައްތައް ކޮށްދޭނީ އާބާދީ ބޮޑު ތަންތަނަށް ކަމަށް އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން ޕީޕީއެމް/ޕީއެންސީން ހދ. ނޮޅިވަރަމްގައި މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އަދުލުވެރިވުމަކީ ނިސްބަތުން ކުރެވޭ ކަމެއް ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ރައްޔިތުން އިތުބާރުކޮށް ވެރިކަން ހަވާލުކޮށްފި ނަމަ އެ އަދުލުވެރިކަން ގާއިމްކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއްކަން ގާނޫނުއަސާސީ ކަށަވަރުކޮށްދޭ. އޭގެ އިތުރަށް ގިނަ ރައްޔިތުން ތިބި ތަނަކަށް އިސްކަންދިނުން. އެންމެ ގިނަ މީހުން ތިބި ތަނަކަށް ކޮށްދޭން ޖެހޭ ކަންތައްތަކަށް ދިނުން. މިކަމަކީ ކޮންމެހެން ކޮށްދޭން ޖެހޭނެ ކަމެއް. އަދުލުވެރިވުމަކީ ނިސްބަތުން ކުރެވޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި މުއިއްޒު ނެންގެވީ ގާތްގަނޑަކަށް 3،000 މީހުންގެ އާބާދީއެއް އޮތް ނޮޅިވަރަމެވެ. އޭނާ ވިދާޅުވީ ހދ. އަތޮޅުގައި ކުޅުދުއްފުށި ފިޔަވާ އެންމެ އާބާދީ ބޮޑީ އެރަށުގައި ކަަމަށާއި އެހެންވީމާ ސަރުކާރަކުން ކަންތައްތައް ކޮށްދިނުމުގައި އެރަށަށް ވުރެ އިސްކަން ދޭން ޖެހޭ އެހެން ރަށެއް އޮތް ކަން ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުޅުފުއްފުށި އޭނާ އިސްތިސްނާ ކުރެއްވީ އެއީ ސިޓީއެއް ކަމަށްވާތީ އެވެ.

ނޮޅިވަރަމް މީހުންނާ ހަވާލާދެއްވައި މުއިއްޒު ވިދާޅުވި ގޮތުގައި މިހިނގާ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ އެރަށާ މެދު އިހުމާލުވެފަ އެވެ.

"އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އަޅުގަނޑުމެން ވަރަށް އިހުލާސްތެރިކަމާ އެކީގައި އެކަންކަމަށް، [ތަރައްގީގެ މަޝްރޫއުތައް ހިންގަން ނޮޅިވަރަމް ރައްޔިތުން ކުރާ ކުރާ ޑިމާންޑަށް] އިޖާބަދޭނެ ވާހަކަ،" މުއިއްޒު ވިދާޅުުވި އެވެ.

ނޮޅިވަރަމްގެ މަގުތައް ނުހެދި ހުރި އިރު އެއަށް ވުރެ މާ އާބާދީ މަދު ރަށްތަކުގެ މަގުތައް ސަރުކާރުން ހަދަމުން އަންނަ ކަމަށާއި އެކަމުގައި ތަރުތީބުގެ އޮޅުމެއް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox