ފާސްކުރި ބަޖެޓަށް ވުރެ ރައީސް އޮފީހުގެ ހަރަދު 36 މިލިއަން އިތުރު
2024 ވަނަ އަހަރަށް ރައީސް އޮފީހަށް މަޖިލީހުން ފާސްކުރި 204 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 36 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. ބަޖެޓަށް ވުރެ ހަރަދު އިތުރުވި މައިގަނޑު ސަބަބުތަކަކީ މުވައްޒަފުންގެ އުޖޫރައާއި، ދަތުރުފަތުރުގެ ހަރަދުތަކާއި، އޮފީސް ހިންގުމުގެ ހަރަދުތައް ބޮޑުވުމެވެ.