ކާމިޔާބު ހަތް އަހަރަށްފަހު އަވަސް ރައިޑްގެ ހިދުމަތް އަވަސް އެޕަށް

އަވަސް ރައިޑް އަވަސް އެޕަށް ބަދަލުވުން

އަވަސް ރައިޑް އަވަސް އެޕަށް ބަދަލުވުން

2019 ވަނަ އަހަރުން ފެށިގެން ޓެކްސީގެ ހިދުމަތް ދެމުން އަންނަ ދިވެހި ރާއްޖޭގެ އެއްވަނަ ޓެކްސީ އެޕްލިކޭޝަން އަވަސް ރައިޑްގެ ހިދުމަތް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަރުމާ ކުރެވިފައިވާ އެ ކުންފުނީގެ ސުޕަ އެޕް "އަވަސްއެޕް" އަށް ބަަދަލު ކޮށްފި އެވެ. 

އަވަސް އެޕުން ބުނީ އެ އެޕްލިކޭޝަން މެދުވެރިކޮށް ކުރެވޭ ދަތުރުތަކަކީ ކަސްޓަމަރުންނަށް އަމާން އަދި ރައްކާތެރި ދަތުރުތަކަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ. ގޮތުން ދަތުރު ކުރެވޭ ތަނާއި، ދަތުރު ކުރެވޭ ޑްރައިވަރުގެ މައުލޫމާތާއި ދަތުރުގެ ދިގުމިނާއި ނިންމޭނެ ވަގުތު ކުރިން އަންދާޒާ ކުރެވޭ ކަމަށްވެސް ބުންޏެވެ. 

ޒަމާނަށް އައި ބަދަލު ތަކާއި އެކު ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރިކަމާއި އެކު ބެލެހެއްޓުމަކީ އަވަސްއެޕުން އިސްކަންދޭ ކަމެއް ކަމަށާއި ކަސްޓަމަރުންގެ ފޯނުނަންބަރާއި ކަސްޓަމަރުންގެ އެހެނިހެން މައުލޫމާތު ދަތުރު ނިމުމަށްފަހު ނުފެންނަގޮތަށް ރައްކާ ކުރެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަވަސް އެޕްގެ އެމްޑީ  މުހައްމަދު ޔާނިއު ރަމީޒް ވިދާޅުވީ އަވަސް ރައިޑް އެޕްލިކޭޝަން އަވަސް އެޕަށް ބަދަލުކުރަން ޖެހުނީ އަވަސް ރައިޑް އެޕްލިކޭޝަނަކީ ކުންފުނީގެ އަމިއްލަ ޓެކްނޮލޮޖީއަކަށް ނުވާތީ ބަދަލުތަކެއް ގެންނަން ހުރަސްތަކެއް ދިމާވެފައިވާތީ ކަމަށެވެ. 

 "އަޅުގަނޑުމެން ފެށިއިރު ބޭރުގެ އެޕެއް ބޭނުންކުރީ، އެ ދުވަސްވަރު ގިނަ ބަޔަކު ގަބޫލުކުރަން ދެކޮޅުހެދި މި ހިޔާލަކީ ކާމިޔާބު ކުރެވިދާނެ ކަމެއްކަން ސާބިތުކޮށްދިނުމަށް. އެކަން ކާމިޔާބުވި، ނަމަވެސް އެއީ އަޅުގަނޑުމެންގެ އަމިއްލަ ޓެކްނޮލޮޖީއަކަށް ނުވާތީ، އެޕަށް ބަދަލުތައް ގެނައުމުގައި ދަތިތަކެއް ހުރި،" އޭނާ ވިދާޅުވި އެވެ. 

އަވަސް އެޕްގެ ހިދުމަތް ފުޅާކޮށް ގްރޭޓާ މާލޭގެ ޓެކްސީ ހިދުމަތުގެ 80 ޕަސެންޓް ކަވަރު ކުރާ ޓެކްސީ އެޕްލިކޭޝަން ދިވެހި އަމިއްލަ އެޕްލިކޭޝަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާތާ ދެ އަހަރު ހޭދަވިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި މި އެޕްލިކޭޝަނުން ޓެކްސީގެ އިތުރުން ޕިކަޕް އަދި ސައިކަލްވެސް ބުކް ކުރެވެ އެވެ. 

"އިންޝޫރަންސް ވެސް ނަގަން ފަސޭހަވާނެ. ކަސްޓަމަރުނގެ ރައްކާތެރިކަމަށްޓަކައި ޕިންކޯޑު ޖެހުމާއި ދަތުރު އެހެން މީހަކާއި ޝެއާ ކުރުން ފީޗާސް ހުނާނެ. މިސާލަކަށް ކުއްޖަކު އެކަނި ޓެކްސީ އަށްލާފަ ބެލެނިވެރިޔާއަށް ދަތުރު ކުރަމުންދާ ގޮތް ބެލޭނެ. ފައިސާ ދައްކަން ވެސް ފަސޭހަވާނެ، ކޭޝްލެސް އޮޕްޝަން ހުންނާނެ،" އޭނާ ވިދާޅުވި އެވެ. 

100 ޕަސަންޓު ޒުވާނުންގެ އުފެއްދުމެއް ކަމަށްވާ އަވަސް އެޕުން ޓެކްސީ ހިދުމަތުގެ އިތުރުން އިންޝުއަރަންސްގެ ހިދުމަތް މިހާރު ފަސޭހަ ކަމާއެކު ލިބެން ހުންނައިރު، ޕާރުސަލް ޑެލިވަރީ ހިދުމަތާއި ކާއެއްޗިހި ޑެލިވަރީ ކުރުމުގެ ހިދުމަތް ފެއްޓުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.

އަވަސްއެޕަކީ މިހާރު މާލެ ސަރަހައްދުގެ އެންމެ ގިނަ ޑްރައިވަރުންނާއި އެންމެ ގިނަ ކަސްޓަމަރުން ބޭނުން ކުރާ އެޕްލިކޭޝަނެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox