މެސީ، ސްޕެއިނުގެ ފަސް ވަނަ ޑިވިޝަނުގެ ކްލަބެއް ގަނެފި

Apr 17, 2026, 9:45 AM
އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ

އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ

ބާސެލޯނާ (އޭޕްރީލް 17) - މަޝްހޫރު ފުޓްބޯޅަ ތަރި، ލިއޮނަލް މެސީ، ސްޕެއިނުގެ ފަސް ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބެއް ކަމަށްވާ ޔޫޑީ ކޯނޭޔާގެ މެޖޯރިޓީ ހިއްސާ ގަނެފި އެވެ. 

މެސީގެ ކުރީގެ ކްލަބް، ބާސެލޯނާ ވެސް ނިސްބަތްވާ ކަޓަލޫނިއާ ސަރަހައްދުގެ ކްލަބް، ކޯނޭޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ލެޖެންޑަރީ ތަރި މެސީ އަކީ އެ ކްލަބްގެ ވެރިއެއް ކަމަށެވެ. އަދި، އެ ކަމަށް ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތަކުގެ މަރުހަލާ ވެސް ނިމިފައިވާ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

މެސީ، 38، މި ވަގުތު ކުޅެމުން އަންނަނީ އެމެރިކާގެ ކްލަބް، އިންޓަ މިއާމީ އަށެވެ. ބާސެލޯނާ ސަރަަހައްދުގެ ކްލަބެއް ގަންނަން މެސީ ނިންމުމަކީ މުސްތަގުބަލުގައި އެ ސަރަަހައްދުގައި ދިރިއުޅެން ގަސްދުކުރާތީ އައި ނިންމުމެއް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

އުމުރުން 13 އަހަރުގައި އުފަން ގައުމު އާޖެންޓީނާ ދޫކޮށް މެސީ، އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރީ ބާސެލޯނާގަ އެވެ. ބާސެލޯނާގެ ސީނިއާ ޓީމަށް އުމުރުން 17 އަހަރުގައި ކުޅެން ފެށި މެސީ، އެންމެ ފުރަތަމަ އެ ކްލަބަށް ސީނިއާ ލެވަލްގައި މެޗެއް ކުޅުނީ 2004 ވަނަ އަހަރު އެވެ. ބާސެލޯނާ އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު މެސީ އެ ކްލަބް ދޫކޮށްލީ 2021 ވަނަ އަހަރު އެވެ. އެ ފަަހަރު، ޕީއެސްޖީ އަށް ބަދަލުވެ، ދެ ސީޒަން އެ ޓީމަށް ކުޅެދިނުމަށް ފަހު، އިންޓަ މިއާމީ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ފަަހަރު މެސީ، އެނބުރި ބާސެލޯނާ އަށް އައުމުގެ ވާހަކަ ތަކެއް ދެެކެވުނު ނަމަވެސް ހަގީގަތަކަށް ނުވި އެެވެ.  

ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބް، އަލްމެރިއާގެ ހިއްސާއެއް، މަޝްހޫރު ފުޓްބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުންފުނިން CR7 ސްޕޯޓްސް އިންވެސްޓްމަންޓްސް ކޮމްޕެނީން މިދިޔަ ފެބްރުއަރީ މަހު ވަނީ ގަނެފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox