ވެރިކަން ކުރާ ޕާޓީއަށް މުރައިދޫ ކައުންސިލު ލިބުން ކުލަގަދަކޮށް ފާހަގަކޮށްފި

Apr 17, 2026, 12:19 AM
މިރޭގެ ޖަލްސާގައި ވަޒީރު ޝިޔާމް ވާހަކަ ދައްކަވަނީ: ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީއިން -- ފޮޓޯ: ޕީއެންސީ

މިރޭގެ ޖަލްސާގައި ވަޒީރު ޝިޔާމް ވާހަކަ ދައްކަވަނީ: ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީއިން -- ފޮޓޯ: ޕީއެންސީ

ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހއ. މުރައިދޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތައް ވެރިކަން ކުރާ ޕާޓީއަށް ލިބުން ކުލަގަދަކޮށް މިރޭ ފާހަގަކޮށްފި އެވެ. 

ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 700 އަށް ނާރާ މުރައިދޫ ރަށު ކައުންސިލަށް ތިން މެންބަރަކު އިންތިހާބު ކުރި އެވެ.  ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ހިމަނައިގެން އެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. 

އޭގެ އިތުރުން މުރައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ޕީއެންސީ އެވެ. އޭގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެވެ. 

ވެރިކަން ކުރާ މާލޭގެ އާޓިފިޝަލް ބީޗު ކުރިމަތީގައި ޕީއެންސީ އިން ހިންގާ މައި ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ސަރުކާރުގެ ވަރަށް ގިނަ އޮފިޝަލުންނާއި މުރައިދޫ ކައުންސިލަށް އިންތިހާބުވި ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ. 

މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް އާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހިމެނިވަޑައިގަންނަވަ އެވެ. 

އޭގެ އިތުރުން، ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް އާއި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު އާއި މާލޭގެ ކުރިގެ މޭޔަރު އާދަމް މަނިކު (ސަރަނގު) އާއި ނިމިދިޔަ އިންތިހާބުގައި މާލޭގެ މޭޔަރުގެ މަގާމަށް ވާދަކޮށް ނާކާމިޔާބުވި މޫސާ އަލީ ޖަލީލު ވެސް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ. 

މިރޭގެ ޖަލްސާގައި ޕީއެންސީގެ މެންބަރުން ވަނީ ނިމިދިޔަ އިންތިހާބުން މޮޅުވީ ޕީއެންސީ ކަމަށް ދައްކަން މަސައްކަތްކޮށްފަ އެވެ. އެގޮތަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރޭގައި ސުޖާއު ހިމެނެ އެވެ. 

"ރައްޔިތުން އަޅުގަނޑުމެންގެ ގާތުގައި ވިދާޅުވީ، އަޅުގަނޑުމެންނަށް ދެއްވި މެސެޖަކީ، ރައްޔިތުން ބުނެދިނީ އަޅުގަނޑުމެންނަށް މި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ތާއީދު އެބަ އޮތޭ،" އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވި އެވެ. 

ސުޖާއު އެހެން ވިދާޅުވި ނަމަވެސް، އޭޕްރީލް 4، ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި އެ ސިޓީތަކުގެ މެޖޯރިޓީ ލިބުނީ އެމްޑީޕީއަށެވެ. އަދި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ އާއި ކައުންސިލް ރައީސްގެ މަގާމު ވެސް ކާމިޔާބު ކުރީ އެމްޑީޕީ އެވެ. 

ޕީއެންސީގެ ކާމިޔާބު ލިބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުންނެވެ. އެ އިންތިހާބުގައި ވަރަށް ގިނަ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓުން ވާދައެއް ނުކުރެ އެވެ. ކައުންސިލް އިންތިހާބުގެ ގިނަ ދާއިރާތައް އެމްޑީޕީ އިން ނެގިއިރު ވެސް ކެންޑިޑޭޓުން ނެރުނީ ޕީއެންސީއަށްވުރެ މަދުންނެވެ. 

އޭގެ އިތުރުން، ސަރުކާރުން ވަކާލާތު ކުރި ގޮތަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ވެސް އޭޕްރީލް 4، ގައި ރައްޔިތުން ވޯޓު ދިނެވެ. 

ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް 148،859 މީހުން ވޯޓުދިނެވެ. އެއީ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބިވަޑައިގެންނެވި 129،159 ވޯޓަށް ވުރެ 19،700 އިތުރު އަދަދެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox