ބިލްޑް އެކްސްޕޯގައި އެލިއާގެ އުފެއްދުންތައް ތަޖުރިބާ ކުރުމުގެ ފުރުސަތު

އެލިއާ އިން އެތެރެކޮށް ވިއްކާ ޓޯޓަލް ޓޫލްސް ތަޖުރިބާކޮށްލަނީ: ބިލްޑް އެކްސްޕޯގައި އެލިއާގެ ސްޓޯލްއަށް ޒިޔަރާތްކޮށްލައިގެން މި ޓޫލްސްތައް ތަޖުރިބާކޮށްލެވޭނެ -- ފޮޓޯ: އެލިއާ

އެލިއާ އިން އެތެރެކޮށް ވިއްކާ ޓޯޓަލް ޓޫލްސް ތަޖުރިބާކޮށްލަނީ: ބިލްޑް އެކްސްޕޯގައި އެލިއާގެ ސްޓޯލްއަށް ޒިޔަރާތްކޮށްލައިގެން މި ޓޫލްސްތައް ތަޖުރިބާކޮށްލެވޭނެ -- ފޮޓޯ: އެލިއާ

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދުން ފެށިގެން އަދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބިލްޑް އެކްސްޕޯ 2026 ގައި އެލިއާގެ ހާއްސަ ސްޓޯލްއެއް ގާއިމުކޮށް، އެ ކުންފުނިން ވިއްކާ އުފެއްދުންތައް ދައްކާލައި، ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭން ފަށައިފި އެވެ. 

އެލިއާއިން ބުނީ އިމާރާތްކުރުމުގެ ދާއިރާގެ ގިނަ ފަންނީ މާހިރުންނާއި ކުންފުނިތަކުން ބައިވެރިވާ މި އެކްސްޕޯގައި އެލިއާގެ ސްޓޯލްއިން އެލިއާ ސްޓޯރާއި އެލިއާ ސޯމިލުން ފޯރުކޮށްދޭ މުހިންމު ސާމާނުތައް އެއް ފުރާޅެއްގެ ދަށުން ބަލާލެވޭނެ ކަމަށެވެ. 

މި ފަހަރުގެ އެކްސްޕޯގައި އެލިއާގެ ސްޓޯލުން އެންމެ ހާއްސަ އިސްކަމެއް ދީފައިވަނީ ރާއްޖޭގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ޓޯޓަލް ޓޫލްސްގެ އުފެއްދުންތަކަށެވެ. އެލިއާއަކީ ރާއްޖޭގައި ޓޯޓަލް ޓޫލްސްގެ ރަސްމީ އެޖެންޓެވެ.

Advertisement

ޓޯޓަލް ޓޫލްސް ބްރޭންޑަކީ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންނާއި އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދާ ފަރާތްތަކުގެ މެދުގައި އިތުބާރު ހޯދާފައިވާ، އަގުހެޔޮ އަދި އެހާމެ ފެންވަރު ރަނގަޅު ބްރޭންޑެކެވެ.

މީގެ އިތުރުން، އެލިއާ ސޯމިލްގެ ފަރާތުން ފެންވަރު ރަނގަޅު ލަކުޑީގެ ބާވަތްތައް ވެސް މި އެކްސްޕޯގައި ދައްކާލުމަށް ވަނީ ބަހައްޓާފަ އެވެ. ބޮޑެތި މަޝްރޫއުތަކަށާއި އަމިއްލަ އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ވަރުގަދަ ލަކުޑީގެ ބާވަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަކީ އެލިއާގެ މައިގަނޑު އެއް އަމާޒެވެ.

މި އެކްސްޕޯގެ ޒަރީއާއިން ކަސްޓަމަރުންނަށް ބޭނުންވާ ލަކުޑީގެ މައުލޫމާތާއި، އެންމެ އެކަށީގެންވާ ބާވަތްތައް ހިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެލިއާ އިން ބުންޏެވެ. 

ފެންވަރު ރަނގަޅު މެޝިނަރީއާއި، ކަރަންޓު ސާމާނާއި، އިމާރާތްކުރުމަށް ބޭނުންވާ އެކި ބާވަތުގެ އާލާތްތައް ފޯރުކޮށްދިނުމުގައި އެލިއާއިން އަބަދުވެސް އިސްކަންދެނީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށާއި ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. 

ރާއްޖޭގެ ބާޒާރުގައި 60 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ދެމުން އަންނަ އެލިއާއަކީ ލަކުޑިއާއި ހާޑްވެއާގެ ކުޑަ ވިޔަފާރިއަކުން ފެށި ކުންފުންޏެކެވެ. އެ ކުންފުނި އަންނަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. 

ބިލްޑް އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 22:00 ޖެހުމާ ހައަކަށެވެ. މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެލިއާގެ ސްޓޯލުން އާ އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާގައި ހުރި އެންމެ ފަހުގެ ވަސީލަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox