އެލިއާ ރޯދަ ޕްރޮމޯޝަންތައް ފަށައިފި، ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް

އެލިއާ ރޯދަ ޕްރޮމޯޝަންތައް ފަށައިފި، ކޮންމެ ހަފުތާއަކު އަގުހުރި އިނާމުތަކެއް

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް "ރަމަޟާން ޝޮޕް އެންޑް ވިން" ގެ ނަމުގައި އެލިއާ ސްޓޯރުން ވަރަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހުގެ އުފަލުގައި ކަސްޓަމަރުން ބައިވެރިކުރުވުމުގެ ގޮތުން އެލިއާއިން ބާއްވަމުން އަންނަ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ.

މި ޕްރޮމޯޝަނުގެ ދަށުން، އެލިއާ ސްޓޯރުން ކުރައްވާ 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް، ހަފުތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ނަސީބުވެރި ފަރާތަށް ބަދިގޭގައި ގެންގުޅޭ ސާމާނުގެ ފުރިހަމަ ސެޓެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީން މާޗު 28 ގެ ނިޔަލަށެވެ.

ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލިއާ ސްޓޯރުގެ ޝޯރޫމަށް ޒިޔާރަތްކޮށް ނުވަތަ 3322835 އަށް ގުޅުއްވުމުން އިތުރު ތަފުސީލު ލިބިވަޑައިގަންނަވާނެއެވެ.

އިތުރަށް ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ ތެރޭގައި "އަބަދުވެސް ޔަމަހާ ރޯދަ ޕްރޮމޯ" ހިމެނެ އެވެ. މި ޕްރޮމޯޝަނަކީ ޔަމަހާ ސައިކަލާއި، އައުޓްބޯޑް އިންޖީނު އަދި ވޭވް ރަނާ އަށް ޚާއްސަ ޕްރޮމޯޝަންތަކެކެވެ.

ރިފަރަލް ޕްރޮމޯޝަން

މި ޕްރޮމޯޝަނުގެ ދަށުން ޔަމަހާ ސައިކަލުތަކަށް ހާއްސަ "ރިފަރަލް ޕްރޮމޯޝަން" އެއް ފަށާފައިވާއިރު، ސައިކަލެއް ގަންނަން ބޭނުންވާ ފަރާތެއްގެ ނަން ހުށަހަޅައި، އެ ފަރާތުން ސައިކަލު ގަނެ ނިންމުމުން، ނަން ހުށަހެޅި ފަރާތަށް 1,500ރ. ގެ އެލިއާ ވައުޗަރެއް ލިބެއެވެ.

މި ވައުޗަރު އެލިއާގެ ކޮންމެ ވިޔަފާރިއަކުންވެސް ބޭނުންކޮށްލެވޭނެއެވެ. މީގެ އިތުރުން އަލަށް ސައިކަލު ގަންނަ ކަސްޓަމަރަށް މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ސާވިސް ހިލޭ ލބިގެންދެއެވެ. ޔަމަހާ ސައިކަލު އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށާއި އަދި މަހުން މަހަށް ފައިސާ ދައްކާ އަގު ހަމަކުރާ އުސޫލުން ސައިކަލު ބައްލަވައިގަންނަވާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަން ހުޅުވާލެވިފައިވާކަން އެލިއާއިން ހާމަ ކުރެއެވެ.

އައުޓްބޯޑު އިންޖީނުތަކަށް ހާއްސަ ޕްރޮމޯޝަން

ޔަމަހާ އިންޖީނުތަކަކީ ދިވެހީންގެ އިތުބާރު ހޯދާފައިވާ ރާއްޖޭގެ ކަނޑުތަކަށް ހެޔޮވަރު އައުޓްބޯޑު އިންޖީނު ބްރޭންޑެކެވެ. މި އިންޖީނުތަކަށް ޙާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައިވާއިރު، އެންމެ ކުޑަ ހޯސްޕަވަރުން ފެށިގެން އެންމެ މަތީ ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނުތަކަށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބުމުގެ އިތުރުން 175 ހޯސްޕަވަރުން ދަށުގެ އިންޖީނުތައް 24 މަސްދުވަހަށް އިންސްޓޯލްމަންޓް މުއްދަތު ބަހާލެވޭނެ ލުއި ޕްލޭންތަކެއް ލިބޭނެ އެވެ.

އެލިއާއިން ކުރިޔަށް މިގެންދާ ޕްރޮމޯޝަންތައް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުން ގަޔާވާ ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން، ވަނީ ޙާއްސަކޮށް ރޯދަ މަހަށް އަމާޒުކޮށްގެން އުމްރާއެއް ކުރުމުގެ ނަސީބު ލިބިގެންދާ ލަކީޑްރޯ ޕްރޮމޯޝަނެއްވެސް ފަށާފައެވެ.

މިގޮތުން ޖެނުއަރީ 20 އިން ފެށިގެން މާޗު 26ގެ ނިޔަލަށް، ޔަމަހާ ބްރޭންޑުގެ އައުޓްބޯޑް އިންޖީނު، ސައިކަލު ނުވަތަ ވޭވްރަނާ ގަންނަ ހުރިހާ ފަރާތްތަކަށްވެސް މި ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ލަކީޑްރޯގެ ގުރުއަތުލުން މާޗު 28 ގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ނަގާނެ އެވެ،

މި ޕްރޮމޯޝަންތަކާއި ގުޅޭ އިތުރު ތަފުސީލު ހޯއްދުމަށް އެލިއާގެ ޝޯރޫމަށް ޒިޔާރަތްކޮށް ނުވަތަ 3009797 އަށް ގުޅުއްވައިގެން ވެސް އިތުރު މަޢުލޫމާތު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox